28 މާޗް 2022 - 13:07
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުވަތަ އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅު ހެއްދެވި ކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވައިގެން ބެލުމަށް ފާހެއް ނުވި އެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ މިދިޔަ މަހު 17 ގައި ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ތެރޭގަ އާއި އެހެން އިދާރާތަކުގައި ވެސް ގަސްތުގައި ގޯސް ހަދާ މީހުން ތިބި ކަމަށް ރިއްފަތު ވިދާޅުވި ކަމަށާއި ނަމަވެސް މަޖިލީހުގެ ތަޅުމުގައި އެކަމާ ބެހޭ ގޮތުން އިމްރާނާ ސުވާލުކުރުމުން، ގަސްތުގައި އެފަދަ ކަމެއް ކުރާ ފުލުހުން ނޫޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށެވެ.
އިމްރާން ނުވަތަ ރިއްފަތު މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށާއި އެ ބޭފުޅަކު ދެނެގަނެ އެ ފަރާތަކާ މެދު ފިޔަވަޅު އެޅުމަށް އާދަމް ޝަރީފް ހުށަހެޅުއްވި އެވެ.
މައްސަލަ ބަލައިގަނެ ބަހުސްކުރަން އެމްޑީޕީ މެމްބަރުން ހިމެނޭ ގޮތަށް 18 މެމްބަރުންގެ ވޯޓާއެކު މިއަދު ފާސްވި އެވެ. ނަމަވެސް އެ މައްސަލަ ކޮމިޓީ އަކަށް ފޮނުވައިގެން މަޖިލީހުން ބެލުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހަޅުއްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތާއީދުކުރެއްވި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ނުވަ މެމްބަރެވެ. އަދި އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް 13 މެމްބަރަކު ވޯޓު ދިނެވެ.
އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި މަޖިލީހުގައި އިތުރުފުޅު ހެއްދެވީ އިމްރާނެވެ.
އެމްޑީޕީ އާއި ޕީޕީއެމްގެ މެމްބަރުން ވަނީ އިމްރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެވަރުގެ ބޮޑު ކަމެއްގައި އެޓާނީ ޖެނަރަލް މަޖިލީހަށް އޮޅުވައި ނުލާނެ ކަމަށް އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފުން
29 March 2022
މިއީ އެމްޑީޕީ އެ ވިދާޅުވާ އެޖެންޑާ 19ގެ އަދުލު އިންސާފު. މަޖިލީހުން ފާސްކޮށްފަ މި އޮންނަނީ މަޖިލީހަށް ދޮގު މަޢުލޫމާތު ދިނުމަކީ ކުށެކޭ. ދެ ވަޒީރުން ދެ ގޮތަށް ބުނީމަ ކޮންމެވެސް އެއް ބޭފުޅަކު ދޮގު ހެއްދެވިކަން %100 ސާބިތުވޭ. މިއީ ސަރުކާރު ފަޅީގެ ބޭފުޅުންނަށް ވީމަ އެއްކަލަ "ބޮޑު" އިންސާފުން އިންސާފު މި ލިބުނީ. މިއަށް ކިޔާ އުޅެނީ "އަންދާ ޤާނޫނު".
ދިއްދޫ ހަންދަރު ޙަސަނު
28 March 2022
ދެ ވަޒީރު ބޭފުޅުން ވާހަކަފުޅު ދައްކަވާފަ ވަނީ ޤައުމަށް ދުޅަހެއުކަމާ ލާބަޔާ މަންފާ ކުރަނިވި މަގުން ހެއު އެދިވަޑައިގެން އިޚްލާޞްތެރިކަމާއި އެކު ހެއު ނިޔަތުގައި އެހެންވެ މީގައި ބަލަންޖެހޭ އެއްވެސް ކަމެއް ނެތް
ޢިބޫ
28 March 2022
އެމްޑީޕީއާ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގަ މިހާ ކޮރަޕްޓް މެންބަރުންނެއް ނުދެކެން،
ރަދީފްއޮފިޝަލް
28 March 2022
8 މެމްބަރުން ގޮވައިގެން މަޖްލިހުގަ ކިންގް ހެދިފަ އުޅޭ ބޭފުޅާއަށް އަނެއްކާވެސް ލިބުނު ނާކާމިޔާބީއެކޭ ނުބުނަން މަމެން ނެތިން.ހެހެހެހެހެހެ.ވ.ވ.ެދުން
ޓިކެޓް
28 March 2022
އެމްޑީޕީ އަކީ ބަހުސް ކުރަން ދަންނަ ބައެއް. ޕީޕީއެމުން ހުށަހެޅިޔަސް އެކުވެރިކަމާއެކު އެ ވާހަކަ ދައްކައި އިހްތިރާމް ކުރިކަން މަަށަށް ދޭހަވީ. ޔޫވޭ މެން ތިއުޅެނީ އަދިވެސް މަޖިލިސް ރައީސްއާއި ދެކޮޅަށް އެއްޗެއް ބުނެވެން އޮތިއްޔާ އެކަމުގައި. ވެދުން.
ާއުނިމާ
28 March 2022
މީތަ ޑިމޮކްރަސީއޭ ޙައްޤުތަކޭ، އިންސާފޭކިޔައިގެން ވެރިކަމަށް އައިސް މަޖްލިސް މެޖޯރިޓީއޮތް ސަރުކާރުން ކަންތައްކުރަންޖެހޭ ގޮތަކީ، ނަންވަނީ ކުރީ ސަރުކާރު! ބަލަ އިންސޯފު ޤާއިމްކުރަން ފުރުޟަތު ލިބުނީމާ އިންސޯފު ޤާއިމްކޮށްބަލަ! ދެން އިންސާފޭ ކިޔާ އެމްޑިޕާއަށް އަގަ ހުޅުވާ ވާހަކަދެއްކޭކަށް ނެތް!
އިމަނާ
28 March 2022
ފާހެއްނުވާނެއޭ. ތިކަމަކީ ސަރުކާރުންނާ، އެމް.ޑީ.ޕީގެ މެމްބަރުން ރާވައިގެން ހިންގާ ބޮޑުޖަރީމާއެކޭ.