ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ---ފޮޓޯ: މަޖިލިސް
21 މާޗް 2022 - 12:23
ފުލުހުން ގަސްތުގައި ރާވައިގެން ގޯސް ހަދަމުންދާ ކަމަށް ބުނެ އެ މުއައްސަސާ ބަދުނާމް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ނިޒާމް ރަނގަޅަށް އެނގިގެން އެ ނިޒާމުގެ ލޫޕް ހޯލްތައް ގަސްތުގައި ބޭނުން ކޮށްގެން ގޯސް ހަދާ މީހުން ފުލުހުންގެ ތެރޭގައި އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ވިދާޅުވެފައި ވަނިކޮށެވެ.
އެފަދަ ފަރާތްތަކާ މެދު އަޅަނީ ކޮން ފިޔަވަޅެއްތޯ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ސުވާލު ކުރެއްވުމުން އިމްރާން ވިދާޅުވީ ސީދާ ވަކި ފުލުހަކު އެނގި ހުރެގެން ގަސްދުގައި އެފަދަ އަމަލެއް ހިންގި މައްސަލައެއް މިހާތަނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށެވެ.
ފުލުހުންގެ މުއައްސަސާ އަށް ނިސްބަތްކޮށް އެފަދަ ގޮތަކަށް ބަސްތައް ބޭނުން ކުރުމާއި އެ މުއައްސަސާ އާ ބެހޭ ގޮތުން އެފަދަ ވާހަކަ ދެއްކުމަކީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އޭނާ ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އިމްރާން ފުލުހުން ދިފާއު ކުރެއްވި އެވެ.
"ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމާއި ޒިންމާދާރު ކުރުމަށް އަދި ފުލުހަކާ މެދުގައި ތުހުމަތެއް އުފެދިއްޖެ ކަމަށް ވާނަމަ އެކަމެއް އެކަށީގެންވާ ރަނގަޅުގޮތުގައި ބަލައި އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރުން ވަނީ ވަރަށް ބޮޑުތަނުން ހަރުދަނާ ކޮށްފައި،" ނަޝީދު ވިދާޅުވި އެވެ.
ގޯސް ހަދާ ކަމުގެ ތުހުމަތެއް އެއްވެސް ފުލުހަކަށް ކުރެވިއްޖެ ނަމަ ފިޔަވަޅު އަޅާފައި ވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. މިދިޔަ އަހަރު ވެސް ބައެއް އޮފިސަރުންނާ ދޭތެރޭގައި ފިޔަވަޅު އަޅާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އެހެން ނަމަވެސް ސީދާ އެނގިތިބެ ފުލުހުން ގަސްތުގައި މިކަން މިގޮތަށް ކުރެއޭ ނުވަތަ ގަޑުބަޑު ކުރޭ ބުނުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑަކަށް ދަންނަވާކަށް ނުކެރޭނެ،" އިމްރާން ވިދާޅުވި އެވެ.
ފުލުހުން ގޯސް ހަދާ ކަމަށް ރިޕޯޓް ކޮށްފައި ނެތް ކަމަށް އިމްރާން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަންޑާރަނައިބު ހުވާ މަތީ ހުންނަވައިގެން މަޖިލީހަށް ވަޑައިގަނެ އެކަން ހިނގާ ކަމަށް ވިދާޅުވުމަކީ ހުރިހާ މުއައްސަސާތަކަށް ރިޕޯޓް ކުރުން ކަމަށެވެ.
"އެ މައްސަލަަ ރިޕޯޓް ނުކުރެވި، ސިޓީއަކުން ފޮނުވައި ރިޕޯޓް ނުކުރެވުމުން، އަމަލު ނުކުރައްވާ ހުންނެވުމަކީ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ފުލުހުންގެ ތެރޭގައި މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުނުވާ ކަމަށެވެ. ނަމަވެސް ރާވައިގެން އެނގިތިބެ ލޫޕް ހޯލްތައް ބަލައިގެން ގަޑުބަޑު އުފައްދަން މަސައްކަތް ކުރާ ވާހަކަ އިމްރާން ގަބޫލެއް ނުކުރައްވަ އެވެ.
"ފުލުހުންގެ ހިދުމަތުގައި ހުރި މައްސަލަތައް ދެނެގަނެ ރަނގަޅު ކުރުމަކީ އެންމެން ވެސް ކުރަންވީ ކަމެއް. މުޅި މުއައްސަސާ އަށް ގެއްލުންވާ ގޮތަށް ވާހަކަ ދެއްކުމަކީ ފައިދާ އަށް ވުރެ ގެއްލުން ބޮޑު ވާނެ ކަމެއް،" އިމްރާން ވިދާޅުވި އެވެ.
އިމްރާންގެ އެ ވާހަކައާ މެދު ވެސް ހިތްހަމަޖެހިވަޑައިނުގެން ނަޝީދު ވިދާޅުވީ މަޖިލީހުގެ އެއްވެސް މެމްބަރަކު ފުލުހުންގެ މުޅި މުއައްސަސާ ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަވާފައި ނުވާ ކަމަށެވެ.
މިދިޔަ މަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ރިފްއަތު ވިދާޅުވީ ކޯޓުތަކުން ބޮޑެތި ކުށްވެރިން ދޫވަނީ މައިގަނޑު ދެ ސަބަބަކާ ހެދި ކަމަށެވެ. އެއް ސަބަބަކީ ފުލުހުންނާއި ތަހުގީގީ އިދާރާތަކުގެ ތެރޭގައި ނުވަތަ ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކުގައި ވެސް ރޭވި އިންތިޒާމް ވެގެން ގޯސް ހަދާ މީހުން ތިބޭތީ ކަމަށާއި ދެވަނަ މައްސަލައަކީ އެކަށީގެންވާ ގާނޫނުތައް ހަދާފައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
22 March 2022
އިމުރާނައް ހަމަ ރަނގަޅައް އެނގިވަޑައިންނަވާނެ އެކަން ކުރީ މި ހާރު ސަރުކާރު ހިންގަން ތިބިމީ ހުންކަން ސިފައިންނާ ދިމާލައް ފިނދަނަޔޭ ބުނީ މާރިޔާ ދީދީ ކަން ފެބްރުއަރީ 8 ވަނަދުވަ ހު ފުލު ހުންގެ މުއައްސަސާ ތަކުގަ ހުޅުޖެ ހީ އިމުރާނު ވެސް އެކަމުގަ ހުރެގެންކަން ވީމާ މުނާފިގުން ދައްކާ ޒާތުގެ ވާ ހަކަ ތިމަގާމުގަ ހުރެ ނުދައްކާ
ކަމީނާގެ.
22 March 2022
ފުލުހުންގެ މުސާރަ ބޮޑުކޮއްދީފަ، އިތުރައް 3000 ކުދިން ވައްދާ! ގރ 7 ގެ ފެންވަރު ރަގަޅުވާނެ!
ލޯންޑުރީ ބޯއީ
22 March 2022
ރައްޔިތުންނައް އެނގޭ ވާނުވާމިހާރު ފުލުހުންބަދްނާމުކުރަނީ ސަރުކާރުގެ ކޯލީޝަން އަސްލު ބަދްނާމްވަނީ ސަރުކާރުކަން ރައްޔިތުން އަތުންވޯޓް ހޯދައިގެން ވެރިކަމުގެ ހުވާކުރަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށާއި އިސްލާމްދީނަށާއި ރައްޔިތުން ގެހައްގުތައް ހިމާޔަތް ކުރަން އިންސާފް ލިބިދިނުމަށް ހަމަހަމަކަމާއެކު ހުރިހާރައްޔިތުންނަށް އެކަމަކު ވަކިބަޔަކު ކުއްކުރީމަ ދޫކޮއްލަނީ ވަކިބަޔަކުބަދްނާމްކޮއް ކޮންމެވެސްބަޔަކުގެބޮލުގައި އަސްލު ޒިންމާވާންޖެހެނީ ވެރިމީހާގެ މަސްއލ
1828
21 March 2022
ރައްޔިތުންނަށް ބޮޑަށް ފާހަގަ ކުރެވޭނީ ފުލުހުންގެ ކުރާ ގޯސްކަންކަން. ރައްޔިތުން އެކަންކަން ފާހަގަ ކުރީމައި އެކަންކަން ރަނގަޅު ކުރީމައި ހުންނާނީ ރަނގަޅަށް. ކޯޓުން ކުރާ އަމުރުގައި އޮންނަނީ މައްސަލަ ސާބިތުނުވީ ފުލުހުން ޤާނޫނާއި ޚިލާފަށް ހެކި ހޯދުމުގެ ސަބަބުންނޭ. ދެން އެކަމުގައި ރައްޔިތުން އިތުރަށް ބުނާނެ ބަހެއް އެބައޮތް ތޯ؟ އިތުރު މައްސަލައެއް ސާބިތު ނުވީ ކުރިން މިބުނިކަންތައް އެގޮތަށް އޮވެގެންކަމަށް ވަނީނަމަ އެއީ ގަސްތުގައި ހިންގި ޖަރީމާއެއް.
ކަނބިލި
21 March 2022
އަމާންކަން ކަށަވަރުކުރެވޭނީ ޑުރަގު ލޯޑުންތައް ސައިޒުކުރެވިގެން. މިކަންކުރުމުގެ ގަޓު ހުރީ އުމަރު ނަސީރުގެ އެކަނި. ފުލުހުން ވެސް ދެންތިބި ބަޔަކުވެސް ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައި. މި ބިރު ފިލާ ދާންޖެހޭ. ޑުރަގު ލޯޑުންނަށް ސިޔާސީ ވެރިންގެ ހިމާޔަތް ލިބިފައި އޮންނަ ހިނދަކު ރައްކާތެރި މާހައުލެއް ރައްޔިތުންނަށް ލިބުމަކީ މުސްތަހީލުކަމެއް.
މަހަލްދީބް ވާ
21 March 2022
ފުލުހުން ވެސް މިހާރު އޮންނަނީ ގަޑި ހަމަކޮށްލުން ސިވިލް މުވައްޒަފުން ގޮތަށް. ކުރި ހުވާ އޮޔާ ގޮސް ގެއްލިއްޖެ. ޓް ޕްރޮޓެކްޓް އެންޑް ސާރވް ( މައި ފެމެލީ އެންޑް ފްރެންޑްސް) މި ގޮތަށް ވެހިކަލް ތަކުގަ ޖަހާލަން ފެނޭ. އޭރުން ރައްޔިތުންނަށް ވެސް ތަންކޮޅެއް ސާފުވާނެ ކަންކަން ކުރަން ވީ ގޮތް ދޯ. ވެދުން
މަހަލްދީބް
21 March 2022
ފުލުހުންގެ މުއަސަސާއަކީ ހަމަ ރަގަޅަށް ފެއިލްވެފަ އޮތް ތަނެއް. ޕްރޮޓެކްޓް އެންޑް ސާރވް ޖަހަައިގެން ވެހިކަލް ދުއްވީމަ ނިމުނީތަ. ޑްރަގްގެ މައްސަލަ އެހަން ބާއްވަމާ، މަގުމަތީގެ ރައްކާތެރިކަންވެސް ހޯދައި ނުދެވެ. ކަންމަތީ ކުދިއްކޮޅު ބޭނުން ވައްތަރަކަށް ދުއްވާ ނަގަނީ ހިނގާ މީހަކަށް ދުއްވާ އެހެން އެއްޗަކަށް މީހަކަށް ބަލާލަނީ އެއް ނޫން. ކެރެއްޔާ ހުއްޓުވާ ބަލާ، ކޯޓު އަމުރެއް ބޭނުން ވޭތަ އެކަމަށް ވެސް. ދެން މާދަމާ ނިކުމެ ސްޓިކާ ޖެހީމަ އެ ނިމުނީ …..
ވީލް
21 March 2022
ބަދުނާމު އެބަ ކުރޭތަ؟؟؟ ބޮޑެތި ކުށްތަކުގައި އަދި ޚާއްސަކޮށް ޑްރަގް މައްސަލަތަކުގައި މަތީ މަޤާމުތަކުގެ ފުލުހުންގެ ބައިވެރިވާކަން އެއީ ބޮޑު ސިއްރެއް.
ޝަފީރު
21 March 2022
ފުލުހުންގެ މުއައްސަސާ އަށް ނިސްބަތްކޮށް އެފަދަ ގޮތަކަށް ބަސްތައް ބޭނުން ކުރުމާއި އެ މުއައްސަސާ އާ ބެހޭ ގޮތުން އެފަދަ ވާހަކަ ދެއްކުމަކީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އޭނާ ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އިމްރާން ފުލުހުން ދިފާއު ކުރެއްވި އެވެ. ## މަޤާމުގެ ހައްޤުގައި ފުލުހުންކުރާ ކޮންމެ ކަމެއް ސިއްރު ކޮށްފާނެ ކަމަށް މިބުނަނީ. އަމިއްލަ އެދުމުން ފުރިފައިހުރި މީހެއް.
ރާއްޖެ
21 March 2022
ކިތާބީ ހެކި ހާމަ ކޮއްގެން ވާނީ ފާއިދާ: އަހަރެން.