ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން، އޭނާގެ މަންމަ އަދި ކުރީގެ ބަތަލާ އަމްރިތާ ސިންގްއާ ވައްތަރުވެގެން އެ ވާހަކަ ކިޔަނީ ހަމައެކަނި ސަޕޯޓަރުންނެއް ނޫނެވެ. އެމީހުންގެ ގޭގައި ވެސް ދައްކާ އެއް ވާހަކަ އަކީ އެއީ ކަމަށް ސާރާ ބުންޏެވެ.
ސާރާ އަމްރިތާއާ ވަރަށް ވައްތަރުއިރު، އޭނާގެ ކޮއްކޮ އިބްރާހިމް އަލީ ޚާން ވައްތަރީ ސައިފްއާ އެވެ. އެ ދެމީހުން މައިންބަފައިންނާ ވައްތަރުވެގެން އެ ވާހަކަ ސަޕޯޓަރުން ދައްކާއިރު، ސާރާ ބުނީ އެންމެން އެއްވެއްޖެ ނަމަ، އެމީހުންގެ ގޭގައި ވެސް އޮންނަ މައިގަނޑު މައުލޫއަކީ އެއީ ކަމަށެވެ.
ސާރާ އާއި އިބްރާހިމް ކުޑައިރު، އެމީހުންގެ މައިންބަފައިން ވަކިވެފައި ވާތީ، އެ ދެމީހުން ބޮޑުވީ މަންމަގެ ގާތުގަ އެވެ. އެކަމަކު ބައްޕައާ އޮންނަ ގުޅުން ގޯހެއް ނޫނެވެ.
"ކެދަރްނާތު" އިން ބޮލީވުޑަށް ނިކުތް ޒުވާން ތަރި، ސާރާ ބުނީ އޭނާ މަންމައާ ވައްތަރަސް، އޭނާގެ ހުންނަނީ ބައްޕަގެ އުޅުން ކަމަށެވެ. އަދި އިބްރާހިމްގެ އުޅުން ހުންނަނީ މަންމަގެ ހުންނަ ގޮތަށް ކަމަށާއި ވަރަށް މަޑުމައިތިރިވާނެ ކަމަށް އޭނާ ބުންޏެވެ.
ޒުވާނުންގެ މެދުގައި މަގުބޫލު އުމުރުން 26 އަހަރުގެ ސާރާ، މިހާތަނަށް ހަތަރު ފިލްމެއް ކުޅެފައިވެ އެވެ. އޭނާގެ ކުރިއަށް ވެސް ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ.