ނާޒިމް ސައްތާރު: އޭނާގެ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން. -- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
25 ޖޫން 2022 - 13:18
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ތުހުމަތުކުރާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވެ، ފުލުހުން ހިންގާ ތަހުގީގާ ގުޅިގެން އޭނާގެ ޕާސްޕޯޓް މިއަދު ހިފަހައްޓައިފި އެވެ.
ފުލުހުން ބުނީ އެ އިދާރާ އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.
ނާޒިމާއި ބިދޭސީ ފިރިހެނަކު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި އެވެ.
އެ ވީޑިއޯ އާންމުވުމާ އެކު، ނޫސްވެރިން ސުވާލުކުރަން ފެށުމުން ފުލުހުން ބުނީ، އެ ވީޑިއޯގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކަށް ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ނާޒިމް ފުލުހުންގެ އިދާރާ އަށް އިއްޔެ ހާޒިރުކޮށް ސުވާލުކުރިޔަސް، އެކަމާ ގުޅޭ ގޮތުން ފުލުހުން އަދި މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ. އެހެންވެ، އޭނާއާ ސުވާލުކުރީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ކަމެއް ނުވަތަ ބަޔަކު އެ ވީޑިއޯ އާންމުކޮށް ނާޒިމް ބްލެކްމެއިލްވި މައްސަލައިގައި ކަމެއް ވެސް އަދި ސާފެއްނުވެ އެވެ.
އެ ވީޑިއޯއާ ގުޅިގެން ނާޒިމް ކުރެއްވި ޓުވީޓެއްގައި ވަނީ ވީޑިއޯގައި ފެންނަނީ އޭނާ ކަމަށް އިންކާރުކުރައްވައިފަ އެވެ. އަދި ފުލުސް އޮފީހަށް ރޭ ހާޒިރުކޮށްފައި ވަނިކޮށް މިއަދު ވަނީ އޭނާގެ ޓުވިޓާ އެކައުންޓް ޑީއެކްޓިވޭޓްކޮށްފަ އެވެ.
ވީޑީއޯ އިން ފެންނަނީ އޭނާ ކަމަށް ނާޒިމް އިންކާރުކުރިޔަސް އެތައް ބަޔަކު ދަނީ އޭނާ ހައްޔަރުކުރަން ގޮވައިލަމުންނެެވެ. ސިޔާސީ ނުފޫޒު ހުރި މީހުންނާ ޖެހުމުން ސަރުކާރުން އެފަދަ މައްސަލަތަކާ އަޅައިނުލާ ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފުލުހުން ބުނީ އެ ވީޑިއޯގައި ހިމެނޭ ދެ މީހުންގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި ތަހުގީގުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
26 June 2022
ވީޑިއޯ މައްސަލާގައިތަ؟ ނޫނީ އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލާގައިތަ؟
ރައްދު
26 June 2022
އޮރިޔާންކާޑު ހުއްދަވީބާ...?! އެންމެން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އާއި ޒިނޭގެ ވީޑިއޯ ބަލަމުން އޭގެ ވާހަކަ ދައްކަމުން މިހިނގަނީ...ދީނީ ސޭކުން ވެސް ހިމެނިގެން...!!
ވިދުރި
25 June 2022
ޕާސްޕޯޓް ހިފެހެއްޓީ ދާންވީތަނަށް ގޮސް ނިމުނީމަތޯ. އޭރުން އޮންނާނީ ސަރާސަރު އަލިމަގެއް ފެނިފައެވެ. އެތާ އެތަށް އަހަރަކު ގަރާރުވެގެން އޮވެފަ ބިތައް ތެޅިޔަސް ފަސާދަ ނުވައެއް ނުދާނެއެވެ.
އަސްތަޣްފިރުﷲ
25 June 2022
ދީނީ ޢިލްމުވެރިން ޝިރުކާ ދެކޮޅަށް އަޑު އުފުލީމައި އެމީހުންގެ ދީނީ އިރުޝާދު ދިނުމުގެ ހުއްދަ ސަސްޕެންޑު ކުރަންޔާ މިފަދަ ވިޔާނުދާ މީހުުންގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ކީއްވެ ވަގުތުން ވަގުތަށް ސަސްޕެންޑު ނުކުރެވެންވީ؟ މި ދިވެހި ފަސްގަނޑަށް އުފަން، ދިވެހި ދެ މީހަަކަށް އުފަން ދިވެއްސެއް މިފަދަ ބޮޑު ނުބައި ކަމެއް ކުރީމަ ހަމަ ބަލަން ތިބެންވީތަ؟ ހެޔޮވާނެތަ؟ އަސްތަޣްފިރުﷲ. މާތް ﷲ މި ޤައުމު މި ހިނގާ ނުބައި ފަސާދަތަކުން ސަލާމަތް ކުރައްވާށި.
ކޮރަލް
25 June 2022
އަންނި ގެ ނުފޫޒު ބޭނުން ކޮށްގެން އިންޑިޔާއިން މީނަ ސަލާމަތް ކުރަން މީގެ ތެރެ އަށް ނުވަދެފި ނަމަ ރަނގަޅެވެ . ސަރުކާރުން ވ ބޮޑެތި ލޯން އިންޑިޔާ އަށް ދައްކަ އެބަ އޮތެވެ . ވީމާ އެމީހުންނަށް ސަރުކާރަށް ޕްރެޝަރު ކުރެވިދާނެ އެވެ .
އާދަންބޭ
25 June 2022
ޤިޔާމަތް ދުވަހުން އޮންނާނީ ނަފްސީ ނަފްސީ. އިސްލާމް ދީނުގައި އެމީހަކު ކުޅަ ޢަމަލަކަށް ޖަވާބުދާރީވާންޖެހޭނީ އެމީހަކު. ރައީސް ނަޝީދުގެ ނަން މި ޢަމަލާ ގުޅުވައިގެން ނުވާނެ.
ޏަސީދު
25 June 2022
ދެން އާ ޕާސްޕޯޓެއް ހައްދާ އަވަހަށް
ނައިކް
25 June 2022
ނާތަހުޒީބު ވިޔަސް ތިޔަ ދެން ފުކެއް ބޮޑުވަރު.. ބަލަ ޕާސްޕޯޓަކީ ހިފެހެއްޓިޔަސް އެމީހެއްގެ އަތުގަ އޮންނަ އެއްޗެއް.. ހިފެހެއްޓުމަކީ ސިސްޓަމުން ލޮކްކޮށްލުން. ހިފަހަށްޓާފަ އޮއްވާ ގެއްލިގެން ނޫނީ އެހެންކަމެއްވެގެން އަލުން ހެއްދިޔަސް ސިސްޓަމުން ލޮކްވެފަ އޮންނާނީ.. ވާނުވާ ނޭނގުނަސް އަނގަކޮށްޕާލާތި
މީމު
25 June 2022
ކީއްވެބާ ނާޒިމް ގެ ނަން ކިޔާ ކޮންމެފަހަރަކު ނާޒިމްގެ ބޭބެއެއްގެ ނަމާއެކީ ކިޔަން މިޖެހެނީ...?! ހާދަ ހީވޭ ބޮޑައް ބަދުނާމު ކުރަން މީޑިއާތަކުން މިއުޅެނީ ރައީސް ނަޝީދު ހެން... އަދި ފާހަގަ ކުރެވުނު ހަމަ މިޒާތުގެ މައްސަލައެއްގަ އަނދުން ހުސެންގެ ނަން އަންނައިރު ހުސެން ކަމައް ބެލެވޭ މީހަކު ކަމައް ބުނާއިރު ނާޒިމްގެ ނަން 0 ޔަގީން ކަމާއެކު ބުނާކަން...ވަރައްސަލާމް
ބުއްޅަ
25 June 2022
ހެހެހެ.. ވަރަށް ކަޑަވޭދޯ މިގޮތަށް ކަލޭމެންގެ ހަގީގަތް ހާމަވާތީ.. މަ ނަމަވެސް ކަޑަވާނެ.
ކެނެޑީ
25 June 2022
ހަނދާންވޭތަ މައުމޫނޭ މައުމޫނު އާއީލާއޭ ކިޔައިގެން މުޅި ރާއްޖެ ފަސާދަކުރި ހަނދާން، ވީމާ ކަރްމާ ތިޔަހުރީ ރަނގަޅަށް އައިސްފަ
ކާފު
25 June 2022
އަދުން ހުސެއިންގެ ގެންގުޅެނީ ފޮޓޯއެއް. އަނެއްމީހާގެ އެއީ ވީޑިއޯއެއް. ބަލާމީހުންނަށް ޝައްކެއްނެތި ޔަގީންވާނެ އެވީޑިއޯ އެއީ އަސްލެއްކަން. ބަޔަކު ކޮންމެ އެއްޗެއްްކިޔަސް ވީޑިއޯ ބެލި މީހަކު ވިއްޔާ އޭގެ އަސްލުކަމަށް ޝައްކެއް ނުކުރާނެ. ދެން ބައެއް މީހުން ތިބޭނެ ވަކި މީހަކާ ބެހޭގޮތުން ނުވަތަ އޭނަގެ އާއިލާއާ ބެހޭގޮތުން ކިތަންމެ ބޮޑު ތެދެއް ބުންޏަސް ގަބޫލުނުކުރާނެ ބައެއް. އޭގެ އެކަކު ތިއީ.
އެމްސް
25 June 2022
ޤާނޫނު ހަދާ މަޖިލިހަކީވެސް އަބުރުވެރި ތަނަކަށް ވާންޖެހޭ! ޝަރުޢީ ދާއިރާ ރަގަނޅުނުވާހާ ދުވަހަކު ޢަދުލުވެރިންނެއްވެސް ނުތިބޭނެ!
ްާއަސް
25 June 2022
މިފަދަ މީހުން ޒިންމާދާރުކުރަންޖެހޭ! މިފަދަ މީހުންގެ މިކަހަލަ ވިޔާނުދާ ޢަމަލުތައް ޢާންމުންނަށް ފަލީހަތްވީމައި ދަޢުލަތުގެ މަތީ މަޤާމުތަކުގެ ރައްޔިތުންގެ ލާރިން މުސާރަ ދީފައި ބޭތިއްބިގެން ނުވާނެ. ޤައުމަށްވެސް ކުރިއަށް ތިބި ޖީލުތަކަށް ހުތުރެއް. ދެވޭ ވަރަށް ނުބައި މެސެޖެއް އެއީ. މިފަދަ މީހުން ކުށަށް އިޢުތިރާފްވެ އިސްތިޢުފާދީފައި ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭ
ޒައިކް
25 June 2022
ކޮބާހޭ ޝިފާމެން ހަމަ އެ އުޅެނީ މިނިވަންކަންމަތީ.. ޕާސްޕޯޓު ކީއްކުރަން އައިޑީކާޑުވެސް ނުހިފަހަށްޓާ.. ނަޝީދުގެ މީހެއްވީމަ ފައްޔާޒުބުރޯ ހަމަ ހޭ އަރުވާލަނީ ނޫންބާ.. އަވަހޭދޯ ޕާސްޕޯޓް ހިފަހަށްޓާ ތަހުޤީޤު ފެށިލެއް.. އަނދުން އެޅި މީހާ ކޮބާޔޯ ދެން؟؟