ޚަބަރު / އަހުމަދު ރިލުވާން

ރިލްވާން ގެއްލުވާލި ކަމަށް ތުހުމަތުކުރެވޭ "ބޮޑުންތަކެއް" ހައްޔަރުކޮށްފި

26 ޖޫން 2022 - 10:46

62 comments

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލައިގައި ތުހުމަތުވާ "ބޮޑުންތަކެއް" ތަހުގީގަށް ހައްޔަރުކުރަން ފަށައިފި އެވެ.

އެ މައްސަލައިގައި ދެންމެ ހައްޔަރުކުރީ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި މއ. ފާނގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) އެވެ.

އަހަނދުއަކީ މަސްތުވާތަކެތީގެ ރެކޯޑާއި ސީރިއާ އާއި ޕާކިސްތާނަށް ހަނގުރާމައަށް މީހުން ފޮނުވާ ކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ.

އިސޫ ހައްޔަރުކުރީ ބަޔަކާ އެކު ކާނިވަލުގައި އިންދަ އެވެ. އިސޫ ހައްޔަރުކުރަން އަމުރެއް ހޯދަން އުޅޭކަން އެނގުމާ އެކު، އޭނާ ދިރިއުޅޭ ހިޔާ ފްލެޓަށް ނޫސްވެރިންތަކެއް އިއްޔެ ގެންދިޔަ އެވެ. އޭގެ ފަހުން، އަމިއްލަ އަށް ހާޒިރުވާން ކަަމަށް ބުނެ ފުލުސް އޮފީހަށް ވެސް ރޭ ދިޔަ އެވެ.

އެނގިފައިވާ ގޮތުގައި އިސޫ ވެސް ހައްޔަރުކުރަން ފުލުސް އޮފީހުގައި އެދުނީ މަރު ކޮމިޝަނުން ހިންގާ ތަހުގީގަށް ލިބުނު ކުރިއެރުންތަކަކާ ގުޅިގެންނެވެ.

އިސޫ ކާނިވަލުގައި އިންދައި މިއަދު ހައްޔަރުކުރަނީ.

އިސޫއަކީ މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އަށް ފާރަލައި ހެދި އެކަކެވެ. މި މައްސަލައިގައި މީގެ ކުރިން އޭނާ ދިރިއުޅުނު މ. ލެގޫން ވިއު، ބަލައި ފާސްކޮށްފައިވެ އެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އިސޫއަކީ ފުރުގާން މިސްކިތް ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ހަރުކަށި ފިކުރުގެ ޖިހާދީ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ. ރިލްވާން ވަގަށް ނެގުމުގެ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވަނީ، އޭނާ ދެއްކި ދީނީ ބައެއް ވާހަކަތަކާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކެވެ.

ސީރިއާގައި ކުރަމުންދިޔަ ހަނގުރާމައިގައި ބައިވެރިވާން އިސޫ ދާން އުޅުނު ކަމަށް ތަހުގީގީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުގައިވެ އެވެ. ތުރުކީ ބޯޑަރު ހުރަސްކޮށް 2015ގައި ގަވާއިދާ ޚިލާފަށް އެތެރެވާން އުޅެނިކޮށް ތުރުކީގެ ސަލާމަތީ ބާރުތަކުން ހައްޔަރުކުރުމަށް ފަހު އޭނާ ޑީޕޯޓްކޮށްލީ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް އުފުލި އެވެ. އެކަމަކު ތުރުކީ ސަރުކާރުގެ ލިއުމެއް ނުލިބުމުން ދައުވާ ބާތިލްކުރީ އެވެ.

އަހަނދު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި.

މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިސޫ އޭނާއަށް ފާރަލަމުން ދިޔަކަން ރިލްވާންގެ ރިޕޯޓްތަކުން ވެސް އެނގެ އެވެ.

ރިލްވާން ގެއްލުވާލި މައްސަލަ

ރިލްވާން ގެއްލުވާލާފައި ވަނީ އޮގަސްޓް، 2014 ގަ އެވެ. އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލެއަށް ދާން ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ. ވަޅިން ބިރުދައްކައި އޭނާ ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔައީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކުރިމަތިން ކަމަށް ވެ އެވެ.

ރިޔާސީ ކޮޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ރިލްވާން ވަގަށް ނެގުމަށް ފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ އޭނާ މަރާލައިފަ އެވެ. އެކަމަކު އެ ތަހުގީގާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ދައުވާއެއް ނުކުރެ އެވެ.

ރިލްވާންގެ އިތުރުން ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުމުގެ މޭސްތިރިންގެ ގޮތުގައި މަރު ކޮމިޝަނުން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިދޭން އެދުނެވެ. އޭގެތެރޭގައި ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ. މިއީ، އެ ތިން މަރުގެ ވެސް މޭސްތިރިން ކަމަށް ކޮމިޝަނުން ބުންޏެވެ.

އެކަމަކު ތަހުގީގު ފުރިހަމަކުރަން، މި މައްސަލަތައް ޕީޖީން އަނބުރާ މަރު ކޮމިޝަނަށް ފޮނުވާލީ އެވެ.

ރިލްވާންގެ ތަހުގީގާ ގުޅޭ ގޮތުން މަރު ކޮމިޝަނުން އެންމެ ފަހުން ބުނެފައި ވަނީ ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަށް އެރުވުމުގެ ތެރޭގައި ވެއްޓުނު ވަޅިއަކީ މުހިއްމު ހެއްކަކަށް ވެފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެ ވަޅި ބޭރަށް ފޮނުވައިގެން ވަނީ ތަހުލީލުތަކެއް ހަދައިފަ އެވެ.

ރިލްވާން: އޭނާ ގެއްލުވައިލި މައްސަލައިގައި މަރު ކޮމިޝަންގެ ތަހުގީގުން ވަނީ ކުރިއެރުންތަކެއް ހޯދާފައި.

ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.

ރިލްވާން ގެއްލުވާލުމުގެ ތުހުމަތުކުރާ އާލިފް ރައޫފަކީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރި އަޒްލިފް ރައޫފްގެ ކޮއްކޮ އެވެ. އޮގަސްޓު 8، 2014 ގައި ރިލުވާން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ އާލިފަކީ ރިލުވާން ހިފަހައްޓައި ގަދަކަމުން އެރުވި ރަތް ކާރުގެ ވެރިޔާ އެވެ.

ސުއައިދަކީ ރިލްވާން ވަގަށް ނެގުމަށް އޭނާ އަށް ފާރަލުމުގައި އިސްކޮށް ހުރި މީހާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. މިދިޔަ އަހަރު ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތަށް ސުއައިދު ހައްޔަރުކޮށްފައި ހުއްޓާ ކޯޓުން އޭނާ ދޫކޮށްލީ އެވެ. އަދި އޭގެ ފަހުން ސުއައިދު ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިލްވާން ވަގަށް ނެގި ރޭ ހުޅުމާލޭގައި، އާލިފްގެ ކާރު އޮތް ސަރަހައްދުން ތިން ފަހަރަކު މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ފުލުހުންނަށް ކިޔައިދީފައިވެ އެވެ. އޭރު އެ ކާރުގެ ވާތް ފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން މީހަކު އަތް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދިނެވެ. މީގެ އިތުރުން، އެ ކާރުގެ ތެރެއިން ފެނުނު ޑީއެންއޭ ސާމްޕަލާއި ރިލުވާންގެ މަންމަގެ ޑީއެންއޭއާ އެއްގޮތްކަން ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.

62 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 4%
icon angry icon angry 56%
icon wow icon wow 2%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަލާ

28 June 2022

ގޭންގުތަކުގެ ގާނޫނުން ގޭންގުސްޓާރުން ނަށް ލިބެނީ ހިމާޔަތް! ހައްޔަރުކުރެވެނީ ދީނީ މީހުން! މިސްކިތަށް ކުޑަކަމުދިޔައިމަވެސް ދީނީއެއބައިވަންތަކަން ހިމާޔަތްކުރާ ޤާނޫނު ލޮލަކަށް ނުފެނުނު! އޭނައަށް ދިނީ ހިމާޔަތް! ހެޔޮލަފާ މީހުންނަށް އަދަބުދީފަ، ނުބައިމީހުންނާ ވައިއެޅެން ނުކެރޭ ރނދދ ފުލުހުން! ފުލުހުންނަކީ ޤައުމަށް ޖެހިފައޮތް ވަބާއެއް!

The name is already taken The name is available. Register?

އިބްރ

27 June 2022

ބޮޑުން ހައްޔަރުނުކޮށް ލަސްވީ ރައީސްގެ އަގުވައްޓާލަންތޯ؟ ރައީސް ވައުދުވެވަޑައިގަތީ ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރު ތެރޭގައި ހައްޔަރު ކުރާނެކަމަށް. ފަހުން މަރުކޮމިޝަންހަދައި އެކޮމިޝަން އުވާލިއިރުވެސް މި މައްސަލައިގައި މީހަކު ހައްޔަރުނުކޮށް ކުއްލިއަކަށް އެމްޑީޕީގެ ބަޔަކު މކނނ ... ޕޮޒިޓިވްވީމާ މަރުތަށް އާލާވީތޯ؟

The name is already taken The name is available. Register?

ތުއްތުނާާ

27 June 2022

ބަޔަކު ބްލެކްމެއިލް ވެފަ ތިބީމަ ފޯކަސް ގެއްލުވާލަން ކުރިކަމެއްތިއީ. އެހެން ނޫނަސް މިހުރިހަދުވަހު ތިމީހުން ހައްޔަރު ކުރެވެން ވެސްނެތީ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ދިޔައީއެވެ.

The name is already taken The name is available. Register?

އަސްތާ

26 June 2022

ތިޔަ ކޯޓުތަކުން ކިހިނެއްވާނެބާ؟؟ ހެހެ

The name is already taken The name is available. Register?

ސީރިޔާ އިއްސޭ

26 June 2022

ކުށްތަކާއި ކުށްވެރިންގެ ދިފާއުގަ ބަޔަކު އުޅެންޏާ ދެން މި ރާއްޖޭގައި ދީނީ ވާހަކައާއި އަމާންއޮމާން ކަމުގެ ވާހަކަ ދައްކަން ލަދުވެތި ވާން ޖެހޭ. ވެރިންގެ މައްސަލަތަކަށް ވުރެ އާއްމުންގެ ބައެއް މީހުން މި ކަހަލަ ކުށްވެރިން ހީރޯއިންނަށް ހަދައިގެން އުޅެންޏާ ދެން ސަރުކާރުތަކަށް ފާޑުނުކިޔާ. ކަނޑައެޅިގެން އެންމެން ދަންނަ ބޮޑެތި ކުއްވެރިންގެ ދިފާއުގަ ސޯސަލް މީޑިއާގަ މިހާރުވެސް ދަނީ ބަޔަކު ކެމްޕޭނު ހިންގަމުން

The name is already taken The name is available. Register?

ބޮޑުމީހާ

26 June 2022

މާލޭ މީހުންނަށް ފްލެޓާއި ގޯތި ބަހާފަ ކީކޭ މިކިޔަނީ. ރާއްޖެތެރޭ މީހުންނަށް ހަދަނީ ހިތުހުރިހާ ގޮތެއް

The name is already taken The name is available. Register?

މަކުނުދޫ މީހާ

26 June 2022

ގޭންގުތަކުގެ މަތީފަންތި އެއްކޮށް ލުހެލައިގެން ނޫނީ މިރާއްޖެ ސަލާމަތެއް ދެން ނުވާނެ! ކޮޮން އާލިފެއް ޝިރޫ އެއް އަހަނދެއް؟ މީ ބޮޑު ވަބާއެއް ރައްޔިތުންނަށް ޖެހިފަ އޮތް! އެންމެން އުފުރާލާ!

The name is already taken The name is available. Register?

ކިލޯގުރާމު ހަމަނުވާ

26 June 2022

މިއޮށްހުރިހާ ދުވަހު ބައިތިއްބީ ކިހިނެއް ވެގެންނޯ. .. ކޮންމެވެސް އެހެންކަމެއް ހިލިގަތީމައި އަރުވާ ގޭސް ގަނޑެއް.

The name is already taken The name is available. Register?

ސުންދުރަ

27 June 2022

ތި ހުރިހާ ގޭންގް ސްޓާރުން ސައިޒަށް ތިރި ކުރޭ.

The name is already taken The name is available. Register?

ބަރުބާދު

26 June 2022

ދެބޯގެރިދުއްވުމާ ފްލެޓާއި ގޯތީގެ ބިސްމަޅީގައި ރައިއްޔަތުން ޖައްސާ ފަލީހަތު ކަންނާ ތަކުގެވާހަކަތައް ހިންދާލެވޭތޯ މަރުފަލިޖަހަނީ.

The name is already taken The name is available. Register?

ހަމީދު.ހަސަނޮ.

17 July 2022

ދެބޯގެރިދުއްވުމާ ފްލެޓާއި ގޯތީގެ ބިސްމަޅީގައި ރައިއްޔަތުން ޖައްސާ ފަލީހަތު ކަންނާ ތަކުގެވާހަކަތައް ހިންދާލެވޭތޯ މަރުފަލިޖަހަނީ..ހަމީދު

The name is already taken The name is available. Register?

އާނދު

26 June 2022

ވީޑިއޯ މައްސަލަވެސް ކުރިޔަށް ގެންދަންވާނެ، މިއީވެސް ކުރިޔަށް ގެންގޮސް ކޮޅެއްގަ ޖައްސަންޖެހޭ މައްސަލަޔެއް. މަރުވި ނުވަތަ ގެއްލުނު ސޮރުގެ އަންމާ ރޮއިރޮއިފާ އުޅޭތާ އެތައް ދުވަހެއް މިހާރު، އިންސާފަކާ ހަމަޔަށް ނުދެވި. އިނގިލި ދިއްކުރެވޭ މީހުންވެސް އަބަދު ފަޅާ އަރާނެބާ ނޫނީ ނޫންބާގަ ތިބޭތާ އެތައް ދުވަހެއް.

The name is already taken The name is available. Register?

އިއްޒު

26 June 2022

އޯކޭ ދެން ކޮބާތަ ލިވާތު ކުޅި ކުޅުނު ބޮޑުންތައް؟ އެމީހުން ހައްޔަރު ނުކުރެވޭނެދޯ ރޯޔަލް ކަމުން.

The name is already taken The name is available. Register?

ރޯޔަލް

26 June 2022

އޭގެ ފޯކަސް ގެއްލުވާލަން ކުރާ ކަމެކޭ މީ

The name is already taken The name is available. Register?

ހުއްޓުވާ!

26 June 2022

ލިވާތަކީ މުޅި ގައުމަށް އާންމުވެގެންވާ ބޮޑު ބިރުވެރި އާޒާބަކާ، ބޮޑު ކޯފާއެއް އައިސްދާނެ ފަދަ ބިރުވެރިކަން ބޮޑު ފާފައެއް އެއްޖިއްސުން ގުޅުން ހިންގުމަކީ. މިވަރު ކަމެއް ރާއްޖޭގައި އާއްމުވެފައިވާ އިރު، ގައުމުގެ ވެރިމީހާ އަނގައިން ބަހެއް ނުބުނެ ދައުލަތުގެ މާލިއްޔަތުން ތަންމިނަށް ހަރަދުކޮއްގެން ރުވާންޑާއަށް ކޮމަންވެލްތޭ ކިޔާފައި އަނބިގޮއްޔައާ މާރިއާ ބޮޑު ފައުޖެއް ފަހަތުލައިގެން ގޮސް އެއުޅެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454