ޔޯގާ ޑޭގެ ހަރަކާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ބޭރުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ| ޔޫތު މިނިސްޓްރީ
26 ޖޫން 2022 - 16:42
އިންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަނުކުރުމަށް، އިސްލާމިކް މިނިސްޓްރީން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގާފައި ނެތް ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ،
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ޔޯގާ ޑޭ ފާހަގަކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި ޔޫތު މިނިސްޓްރީއާ ގުޅިގެން ކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށް ގެންދިޔައީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ދުވަސް ފާހަގަކުރާ އުސޫލުގެ ދަށުން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ 2014 އިން ފަށައިގެން އެ މިނިސްޓްރީން ޔޯގާ ޑޭގެ ހަރަކާތުގައި ބައިވެރިވަމުން އަންނަނީ ޔޯގާއަކީ ކުޅިވަރާއި ކަސްރަތުގެ ތެރޭގައި ހިމަނާފައިވާ ކަމަކަށް ވާތީ އެހެން ހުރިހާ ގައުމުތަކުގައި ވެސް ކުޅިވަރު މިނިސްޓްރީން ބައިވެރިވެފައިވާ އުސޫލުން ކަމަށެވެ.
"އިންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން މި މިނިސްޓްރީއަށް އަންގާފައެއް ނުވެއެވެ،" ބަޔާނުގައިވެ އެވެ. "ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަންކަމާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފުވާނެ އެއްވެސް ކަމެއް މި މިނިސްޓްރީގެ ފަރާތުން ނުހިންގާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،"
ބަޔާނުގައި ބުނެފައިވަނީ ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ ކަންތައްތަކެއް ކަމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން މި ފަދަ މައްސަލަތަކާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ސާފުކޮށް ރައުޔު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
ޔޯގާ އިވެންޓާ ދެކޮޅު ހެދުމަށް އެއްވެ ތިބި މީހުން ގަލޮޅު ދަނޑުކުރިމަތީގައި -- ފޮޓޯ
ޔޫތު މިނިސްޓްރީން މިހެން ބުނި ނަމަވެސް ޔޯގާ ހެދުން އިސްލާމީ ޝަރީއަތާ ހިލާފު ކަމަށާއި އެ ކަން ކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާކަން ވަނީ ހާމަވެފަ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:30 ހާއިރު ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ބަޔަކު ވަދެ އިންޒާރު ދީ ތަކެއްޗަށް ގެއްލުންދީފައިވެ އެވެ. އެ މައްސަލާގައި މިހާތަނަށް 11 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ސިޓީއާ ގުޅިގެން ފުލުހުން ވެސް މާ ބޮޑު ފިޔަވަޅެއް އަޅާފައި ނުވާއިރު ޔޯގާ ހަރަކާތް ހުއްޓުވުމަށް އެ މުއައްސަސާގެ އިހުމާލު އޮތް ކަމަށް ވެސް ތުހުމަތުކުރެ އެވެ. އެކަމާ ގުޅިގެން އިންޓާނަލް ރިވިއުއެއް ހަދާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުކޮށް
27 June 2022
އަނއްކާ ޑިއާއިން އެއްޗެއް ބުނީތަ
އމސ
27 June 2022
ބަޔަކު އަޑުގަދަކޮށްގަނެގެން ނުވަތަ ފަސޭހަމަގުން ޢިލްމުވެރިއަކަށް ހެދެންވެގެން ދެންތިބި ބޭކަލުން ކޮޕީކޮށްގެން ނޫނީ ސިޔާސީ ބޭނުމުގައި ވެސް އާންމުންނަށް ސާފުދީނުގެ ނަމުގައި ކަންކަން ޙަރާމްކަމަށް ހަދާދެވޭތަން މިފެންނަނީ. ދެން ޖާހިލުން ގޯސްގެދީމާ އެއްކަލަ ފަތުވާވެރިން ފިކުރަށް ތައީދުކުރޭ އެމަކު ޒިންމާއިން ރެކޭ!
ގައުމުގެ ދޫ
26 June 2022
އެހެންމީހުންނަށްވުރެ މަހުލޫފު ކީއްވެ ކަރު ފަހަތަށްޖަހައިގެން އެހުރީ؟
ލަދީފު
27 June 2022
ޢެމީހުންނަށް ވުރެ ތަންފުކެއް އާޓް ބޮޑުކޮށްލީ
ސެލީ
26 June 2022
ޔޯގާ ހަރާމް. ޓިޖޫރީ އިން ވަައްކަން ކުރުން ހަލާލް.
ތަގްދީރު
26 June 2022
ކުރެވޭ ނުކުރެވޭ ކަމެއް ނޭގޭ. ޖަސްޓް ގޫގުލް ޔޯގާ އޮރިޖިންސް
ޔޯގާ
26 June 2022
އަސްލުވެސް، ޖަސްޓް ގޫގުލް އެވްރިތިން، ހުރިހާ ކަމެއްގަ ކަމެއްގެ އޮރިގިންގަ ކޮންމެސް ގައުމެއްގެ ސަގާފީ ނޫނީ ދީނީ ކަމެއް އޮންނާނެ، އަަންނަ އަހަރު އޮލިމްޕިކްސް ވެސްހުއްޓަމާ. ގޫގުލް އޮލިންޕިކްގެ އޮރިޖިން
އުދުހޭ
26 June 2022
ޔޯގާ ހެދުމާބެހޭގޮތުން ކަންކަން ސާފުކުރަން ޔޫތުމިނިސްޓްރީން އިސްލާމިކް މިނިސްޓްރީގަ އެދުނިންތޯ؟
ކަނބިއްޔެއް
26 June 2022
އިސްލާމުން ޔޯގާހެދުމަކީ ރަނގަޅުކަމެއްކަމުގައިނުވާނަމަ، 2014އިގަ ތިކަން ފެށިއިރު އިސްލާމިން މިނިސްޓްރީގައި ހުންނެވީ ދަންނަބޭކަލެއް ނޫންހެއްޔެވެ! އޭނާއެއިރު އެކަން މަނާނުކުރީ ނޫނީ ފާހަގަކޮށް އެކަމަށް އެކަށީގެންވާފިޔަވަޅުއަޅައި އެކަން ނުހިނގާނެގޮތެއް ނުހެދީ ކީއްވެތޯ ސުވާލު ނުއުފެދުނީ ކިހިނެތްވެގެންކަމެއް ނުވިސްނެއެވެ. އެއިރު ކަމުގޮއްސް ކުއްލިއަކަށް މިއަހަރު އެކަން ގޯސްވެ، ސުވާލުއުފައްދާތީވެ އަހައިލެވުނީއެވެ!
ސެލެފީ
26 June 2022
މިދާވަރުން ދަންޏާ މާލޭގަ ހުރިހުރިހާ ޖިމް ތަށް ބަންދުކުރާހިސާބަށްދާނެ.
ދުމައިން
26 June 2022
ނުދާނެ. މިހާދުވަހުވެސް ޖިމްތައް ހިންގީ. އަދިވެސް ހިންގަނީ. މީހަކު އެއްވެސް އެއްޗެކޭ ނުކިޔާ. ޔޯގާވެސް ހަދާ. ބްރީތިން އެކްސަސައިޒްވެސް ހަދާ. އެކަމަކު މިހާރުވެގެން މިއުޅޭގޮތަކީ ޔޯގާ އޭގެ އަސްލުގޮތުގަ ހިނދޫންގެ އަޅުކަމާއެއްގޮތަށް ކުރަންފެށީ. އެކަން ގޯސް ވަނީ. އިރު އަރާވަގުތާ ދިމާކޮށް އެ ކުރާކުރުންތަކާ އަޅުކަމުގެ އުސޫލުތަކަށް ފައްތަން ޖައްސާ ވައްތަރުތަށް. ކޭމެން ދެން ދެބޯގެރި ދުއްވަން ނޫޅޭ!!
ޑިސްއޮނަރަބަލް ޑީޑީ
26 June 2022
ރަސްމީދުވަހެއްގާ އޮފީސްދޫކޮށްލާ ޔޯގާހަދަން ދެވޭތަ؟ މުސާރު ހަލާލުވާނެތަ؟ މުސާރަ މީނާއަށް އަންނަނީ ދިއްލީއިންތަ؟
ބޯޅަބޭގެއަބުދު
26 June 2022
ގަލޮޅުދަނޑުގައި ފުޓުބޯޅަ ނުކުޅޭށޭ ބަޔަކު ނުބުނޭ. ޓްރެކް ދަނޑުގައި ދުވަންނުދާށޭ މޫދަށްއެރި ނުފަތަށޭ ބަޔަކު ނުބުނޭ. ޔޯގާއެކޭ ކިޔާ ބުދުދީނުގެ ހަރަކާތެއް ނުހިންގާށޭ ބުނެ ބަޔަކު އާދޭސްކޮށްކޮށް ތިއްބާ ބާރުހުރިކަށް ދައްކަން ކަޑައެޅިގެން ގޯސްހައްދަން ކުރިކަމެއް. އަމީތާބު ހެދެން ކިސަން ކަނެއްޔާވެގެން އޮނުފުމެން އުޅޭބަޔަކު ދެތިން މީހަކު ނޫނީ މިތާކު ނެތް. އެދެތިންމީހަކު ބޭނުން ގޮތެއްނުވާނެ ކަން ފެންނަންމިއޮތި
ސަލްސަބީލް
26 June 2022
މަހުލޫފު ހަމަމިހާރުން މިހާރަށް އިސްތިއުފާ.