އެމް7 ގެ ފޮތްލިސްޓް ޕްރޮމޯޝަން، ފޮތް ލިސްޓު ޑެލިވަރީކޮށްދިނުމުގެ ހިދުމަތް "އެމް 7 ކަބޫތަރު ޑެލިވަރީ" އާ އެކު ފަށައިފި އެވެ.
އެމް7 އިން ބުނީ މި ޕްރޮމޯޝަނުގައި ފޮތް ލިސްޓުގެ ޑެލިވަރީގެ ހިދުމަތް މާލެ އާއި ރާއްޖޭގެ ގިނަ ރަށްރަށަށް ފަސޭހަކަމާ އެކު ލިބޭނެ ކަމަށެވެ. އެތަނުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ފޮތްލިސްޓުތަކަށް ބޭނުންވާ ތަކެތި ހުންނާނީ އެ ބުކްޝޮޕްގެ ފިހާރަތަކުން ވަގުތުން ގެންދެވޭ ގޮތަށް ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ފޮތް ލިސްޓާ އެކު ޓޭޕާއި ސެލޯފިން ވެސް ލިބޭނެ އެވެ. އަދި އެ ފިހާރަ އަށް ގެނެސްފައިވާ ދަބަހުގެ ސްޓޮކް ހުސްވަންދެން، ފޮތްލިސްޓާ އެކު ހިލޭ ދަބަހެއް ވެސް ދޭނެ އެވެ.
އެމް7 އިން ބުނީ އެ ފިހާރައިގެ ހިދުމަތް އެކި ރަށްރަށުގެ އެޖެންޓުން މެދުވެރިކޮށް ވެސް ލިބޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުން ނަމަ އެމް7 ގެ އަމީނީމަގުގައި ހުންނަ ބުކްޝޮޕާއި އެމް7 ބުކްޝޮޕް ހިޔާ 2 އިން ވެސް ލިބޭނެ އެވެ.
އެމް7 އިން ބުނީ އެ ބުކްޝޮޕުން ދޫކުރާ ހުރިހާ ތަކެއްޗަކީ ކޮލިޓީ ރަނގަޅުތަކެތި ކަމަށެވެ. ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ މަގުބޫލުކަން ލިބިފައިވާ އެ ފިހާރައިގެ މޮނީޓަރު ފޮތްތަކަކީ މެލޭޝިއާގެ މޮޅު އުފެއްދުމެކެވެ.
އެމް7 އިން އަންނަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހިދުމަތްތައް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
އެމް7 މެދުވެރިކޮށް ފޮތް ލިސްޓު ހޯދުމަށް އެ ބުކްޝޮޕްގެ ނަމްބަރު 9993610 ނުވަތަ 9829397 އަށް ވައިބަ ކުރެވޭނެ އެވެ.