ސްޓެލްކޯ އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ފްލެޓްތައް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
05 ޖުލައި 2022 - 14:59
ހުޅުމާލޭގައި ސްޓެލްކޯ އިން އިމާރާތްކޮށްފައިވާ ޓަވަރުތަކުގައި ނުވިކި ހުރި ފްލެޓްތައް ވިއްކުމަށް ހުޅުވާލައިފި އެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ހައުސިން ޕޮރޮޖެކްޓުގެ ދެ ޓަވަރުން ނުވިކި ހުރި އެޕާޓްމަންޓްތައް ގަތުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިހާރު ނުވިކި ހުރީ އެއް ކޮޓަރީގެ 16 އެޕާޓްމަންޓަކާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) ގެ 16 އެޕާޓްމަންޓެކެވެ.
މި ފްލެޓްތަކަށް ޝަރުތު ހަމަވާނީ ސްޓެލްކޯގައި ދެ އަހަރު މަސައްކަތްކޮށްފައިވާ މީހުންނެވެ. އެމީހުންގެ ދިރިއުޅުމުގެ ހާލަތާއި މާލޭގައި ގެދޮރު ހުރިތޯ ވެސް ބަލާނެ އެވެ. އަދި ފްލެޓްގެ ވިހި ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި 350،000ރ. މި ޑިސެމްބަރުގެ ކުރިން ދައްކަން ޖެހޭނެ އެވެ.
ކުރިން ފްލެޓް ގަތް މުވައްޒަފުން ވަނީ އެމީހުންގެ ޑައުންޕޭމަންޓް އެއްކޮށް ދައްކާ ނިންމައިފަ އެވެ.
ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިކުންފުނިން އިމާރާތްކޮށްފައިވާ ދެ ޓަވަރުގައި މިހާތަނަށް ނުވިކި ހުރި، އެޕާރޓްމަންޓްތައް ގަތުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް ވިއްކަން ނިންމާ، މިހާރު ވަނީ އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައި. pic.twitter.com/5BXuIc6Skf
— STELCO (@STELCOMALDIVES) July 5, 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އެކި ކުންފުނިތަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އެޅުމުގެ މަސައްކަތް ފެށި އެވެ. ސްޓެލްކޯގެ ދެ ޓަވަރުގައި ހިމެނެނީ 360 ފްލެޓެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓްތަކެވެ.
ސްޓެލްކޯގެ ފްލެޓްތަކުގެ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ. ފްލެޓްތަކުގެ ކަރަންޓް ނެޓްވޯކްގެ މަސައްކަތް ލަސްވާތީ އަމިއްލަ އަށް އެކުންފުނިން އެ މަސައްކަތް ކުރަމުން އަންނައިރު މި މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް އުޅެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަމަދުފުތާފޭދޫ
06 July 2022
އަޅެ މީހަކު ބޯހަލާކު ވެދާނެ. ޑައުން ޕޭމަންޓް 2 ކޮޓަރީގަ ވެއްޔާ 3ލައްކަ އަދި އެއްކޮޓަރި ވެއްޔާ 1 ލަކަ 50ހާސް. 2 ކޮޓަރި މެއިންޓަނަންސް ނުލާ 8500 ރުފިޔާ މަހަކު އަދި 1 ކޮޓަރި ވެއްޖެއްޔާ 5500 ރުފިޔާ މަހަކު މީކޮން މުވައަޒަކައް ކެއްވާނެ ވަރެއްތޯ؟؟؟
ޒޒޒޒޒޒ
05 July 2022
އެއާޕޯޓް ގަ މަސަތްކަތް ކުރާ އޭވިއޭޝަން ސެކިޔުރިޓީ މީހުން ނަކީ މި އެތް ވެސް ސަރުކާރެއްގަ ޕުލެޓް ހައްގު ނުވާ ބަޔަކީތަ އެމީހުން ގެވެސް ދަރިންނާ އަނބިން އެބަތިބި އެތްވެސް ސަރުކާރެއްގަ އޭމީހުން ނަށް ޕްލެޓް އެތް އަޅާ ދޭކަށް ނުވިސްނާ ގައިމު އެމީހުން ވެސް ކުރަނީ ނުލާހިކު ބުރަ މަސައްކަތް ވިޔާ
ވަކިތަނަކަށްފްލެޓްމޮޔް
06 July 2022
ވަކިވަކިން ބައިބަޔަށް ފްލެޓްއާއި ގެދޮރު ދިނުމަކީ ހައްލެއްނޫން. ރާއްޖޭގެ އިގްތިސޯދު ބިނާވަނީ ޓޫރިޒަމަށް، އެއީ އަމިއްލަ ކުންފުނިތަކުގެ ވިޔަފާރި. ތިޔަ އެންމެން ތިބޭނުންކުރަނީ އޭގެން އެކިގޮތްގޮތަށް ލިބޭ ފައިސާ. އެކަމަކު އަމިއްލަ ކުންފުންޏެއްގެ (މިސާލަކަށް ރިޒޯޓް ބޯއިއަކަށް) ހަމަ ލިބޭނެ އެއްވެސްގެދޮރުގެ ނިޒާމެއްނެތް. ހުރިހާ ރައްޔިތުންނަށް އެއްހަމަޔަކުން ކުރީމަ ރަނގަޅުވާނެ.
އާދަނު123
05 July 2022
ސަރުކާރު ކުންފުނިތަކުން އަޅާ ފްލެޓުން 50% ހިޔާ މަޝުރޫއަށް ދޭގޮތަށް އޮންނާނީ