ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓެއްގެ މަތިން މީހަކު ވެއްޓި މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، އެ ހާދިސާ ހިނގީ ރޭގެ ވަގުތެއްގަ އެވެ. އެކަމަކު، އެ މީހާ ވެއްޓިފައި އޮއްވައި ފެނުނީ މިއަދު ވަރަށް ލަސްވި ފަހުން ހަވީރު ކަމަށް އެނގިފައި ވެ އެވެ.
އުމުރުން 31 އަހަރުގެ ދިވެހި ފިރިހެންމީހާ ވެއްޓުނީ ސްޓެލްކޯ ފްލެޓު އިމާރާތުގެ 12 ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީންނެވެ.
ފުލުހުން ބުނީ ސްޓެލްކޯ ޓަވަރު ސީގެ ބިއްދޮށް ފަޅީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
ނަމަވެސް ފުލުހުން ބުނީ އެ މީހާ މަރުވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.