ހުޅުމާލޭގެ ފަޅުތެރެއަށް މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ 2 ގެ އުތުރު ފަރާތަށް މަސް ހިފަން ފޭބި 55 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެ މީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެ އެވެ. އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މޫދަށް އެރި އުޅެނިކޮށް މީގެ ކުރިން ވެސް ބައެއް މީހުން މަރުވެފައި ތިއްބާ ފެނިފައިވެ އެވެ.