ފަހުމީ ވިދާޅުވީ، ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ހައްދުން ނައްޓައިގެން ގޮސްފައިވާ ކަމަށް.
ޓްރާންސްފޯމަރަކުން ވައްކަންކުރުމުން އެމްޕީއެލް ޓަވަރުތަކުން ވަނީ އެއްކޮށް ކަރަންޓު ކެނޑިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 ޖެނުއަރީ 2025 - 22:47
ހުޅުމާލެ 2 ގެ ކަރަންޓު ޓްރާންސްފޯމަރަކުން މިރޭ ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާ ދީފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ "މިހާރު" އަށް ވިދާޅުވީ މީގެ 30 މިނިޓެއް ހާއިރު ކުރިން ޓްރާންސްފޯމަރަކުން ވައްކަން ކުރުމުގެ ސަބަބުން އެމްޕީއެލްގެ ފްލެޓުތަކުން ކަރަންޓު ކެނޑިފައިވާ ކަަމަށެވެ. އަދި އެކަން ހައްލުކޮށް، ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޓްރާންސްފޯމަރުން ވައްކަން ކުރީ ދެ މީހަކު ވެގެންނެވެ.
ފަހުމީ ވިދާޅުވީ، ކަރަންޓު ކެނޑުމާ އެކު ސްޓެލްކޯގެ މުވައްޒަފަކު އެ ތަނަށް ގޮސް އެ ދެ މީހުން ހިފެހެއްޓުމުން، ރެންޗަކުން އެ މުވައްޒަފުގެ ބޮލަށް ހަމަލާދިން ކަމަށެވެ. އެހެންވެ، އެ މުވައްޒަފަށް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށް ފަހުމީ ވިދާޅުވި އެވެ.
"ވައްކަން ކުރީމަ މުވައްޒަފުގެ ގައިގައި ވަރަށް ބާރަށް ތަޅައިގަތީ ރެންޗަކުން. އެހެންވީމާ މުވައްޒަފަށް ވެސް ވަރަށް ބޮޑަށް އަނިޔާވި. ބޯ ފަޅައިގެން ގޮސްގެން ފަރުވާދެނީ ހޮސްޕިޓަލުގައި،" ފަހުމީ ވިދާޅުވި އެވެ.
މާރާމާރީ ހިންގި އެކަކު ފުލުހުންނާ މިހާރު ހަވާލު ކޮށްފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ވަނީ ހައްދުން ނައްޓައިފަ އެވެ. މިއީ ޖެހިޖެހިގެން އެކަންކުރާތާ ހަތަރު ވަނަ ދުވަސް ކަމަށް ފަހުމީ ވިދާޅުވި އެވެ.
ޓްރާންސްފޯމަރަށް ވަދެގެން ވައްކަން ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި މީގެ ސަބަބުން ރައްޔިތުންނަށް ވެސް ބޮޑު ތަކުލީފަކާ ކުރިމަތިލާންޖެހޭ ކަަމަށް ވިދާޅުވެ ފަހުމީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މީގެ ކުރިން ވަނީ ވައްކަން ކުރަން ޓްރާންސްފޯމަރަށް ވަދެ އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރުވެފަ އެވެ. އެކަމަކު ވެސް ވަގުން އެކަން ހުއްޓާނުލައި، ކަަރަންޓު ނަރުތައް ބުރިކޮށް ވިއްކާ މައްސަލަ ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަލއ
15 January 2025
ފުލުހުންދޯ ހުއްޓުވަންވާނީ. މުވައްޒަފުންގެ ވާޖިބެއްނޫން އެއީ
2 ޑިގުރީ އެންޖޯއީ
15 January 2025
ސަރުކާރުގަވެސް މުޖުތަމަޢުގަވެސް ވައްކަން ހައްދުންނައްޓައިފި... އަދުލު އިންސާފެއްނެތް ފެއިލްޑް ސްޓޭޓެއް..
ބަޑިތަކުރު
15 January 2025
ދައުލަތުގެ މުދަލަށް ގެއްލުން ދިނުމާއި ދައުލަތުގެ މުދަލުން ވައްކަންކުރުމާއި، އެތައް ބަޔަކަށް އެކަމުން ގެއްލުމާ އުނދަގޫ އުފުލަންޖެހޭގޮތަށް ކުރެވޭ މިޒާތުގެ ކަންކަމަށް ޤާނޫނުގައި މިހާރު ކަނޑައެޅިފައިހުރި އަދަބުތައް ބޮޑުކުރަންވީއެވެ. ހައްދުން ނެއްޓިގެންދާއިރުވެސް ހަމަ ބަލަންތިބެންވީ ކީއްވެބާވައެވެ. ޤާނޫނަކީ ބާވައިލެއްވި އެއްޗަކަށް ނުވާއިރު، އެއީ ބޭނުންވެއްޖެނަމަ އެއްރޭ އެއްދުވާލުންވެސް ބަދަލުކުރެވޭ އެއްޗެއްކަން ޤާނޫނު އަސާސީއަށް ގެނެވުނު އިޞްލާޙުތަކުނ
ރަދީފްއޮފިޝަލް
15 January 2025
ގެޓް ވެލް ސޫން ބްރަދާ. ސްޓެލްކޯ އެއީ ހިދްމަތް ދިނުމުގަ ރާއްޖޭގެ ކުންފުނިތައް ރޭޓްކުރާނަމަ އަހަރެން 1 ވަނަ ދޭނެ ކުންފުނި.ސްޓާފުންގެ އެހީތެރިކަން ވެސް ވަރަށް ބެސްޓް.ކަމެއްގަ ފޯމެއް މެއިލްކޮށްފަ ދެން އެކަމުގަ އެމީހަކަށް އެލާޓްދޭނީ ސްޓެލްކޯއިން.އެމީހާ ނުޖެހޭނެ ގުޅާފަ ތިމަންނާގެ ފޯމޭ އައިޑީ ކާޑޭ ކަރަންޓޭ ސޮކެޓޭ އާތުރޮޑޭ މީޓަރޭ ކިޔަން. ވ.ވެދުން
މޮޑާން ގަވަރނެންސް
15 January 2025
ޖެހި ޖެހިގެން އެއްކަމެއް ކުރާތާ 4 ވަނަ ދުވަސްވީ އިރު އެޅުނު ފިޔަވަޅެއް ނެތް، ކީއްކުރާ ވެރިންތަކަކާ މުއައްސަސާތަކެއް. އަސްލު ކީއްކުރަން ހަރުކޮއްފަ ތިބޭ ކެމެރާތަކަކާ ޔުނިގޯމު އަޅުވާފަ އެންމެ ފަހުގެވެހިކަލްތައް ދީފަ ތިބޭ ފުލުސްތަކެއް.
ނައިނާ
15 January 2025
ފުލުހުންގެ ސިފައިންގެ މުސާރަ ހަ ގުނަ ބޮޑު ކުރުމަކުން ވާކަމެއް ހަމަ ހަރާމް. ވާޖިބު އަދާކުރެވޭ އޮތީ އެންމެ މުއައްސަސާއެއް. އެއީ މީރާ. މިރާއިން ލޯވަކިލައިގެން އަހަރެމެން އަތުން ޓެކްސް ނެގޭ. އެނޫން އޮފީސް ތަކަށް މުސާރަ ހޯދަން އެކަނި މީހުން މިފަނީ
ބަކަރިމޭން
15 January 2025
ތިތަނަށް ނުވަދެވޭގޮތަށް ދޮރާށްޓައި ފާރު ނެހެދިގެން ތިއުޅެނީ ކީއްވެ؟ ކެމެރާއާއި އެހެނިހެން އާލާތްތަށް ހަރުކޮށްގެންވެސް ތިކަންކުރަންވެއްޖެނު؟ ނުރައްކަލޭ ކިޔާކަށްނުޖެހޭ ތިވަގުންނަށް އެކަން އެނގޭނެ. ނޫނީ ބީއެމްއެލް ހެޑްއޮފީހުގެ އޭޓީއެމްތަށް ފުލުހުން ބަލަހައްޓާގޮތަށް އުޖޫރަދީގެންނަމަވެސް ޓްރާންސްފޯމަރުތަށް ފުލުހުން ލައްވާ ބަލަހައްޓަން ވެއްޖެނު.
ޑޮކްޓާރ. ބަނާނާ
15 January 2025
މާލެ އަދި ފޭސް 1 ގައި ލޯނަރުގަނެގެން ގޯތި 40 ހާސް އަށް ކުއްޔަށް ހިފައިގެން ކޮންޓެއިނަރ ބޭރުކުރާ ބަންގާޅު އަޢްޑާތައް އެހެރީ! މިތަން ތަން ހިންގަނީ ވިޔަފާރި ރަޖިސްޓްރީ ކޮށްގެން. ޢަޅެ ފަހެ މީލޯނަރު ބިމުން ކޮނެގެން ނަގާ ތަނެއް ތޯ !.ލޯނަރު އެލްމެނިއަމް ސަޕްލައި ކުރަނީ ބަންގާޅު ވަގުންނާއި ޑްރަގް ބޯ ކުދިން! މިއީ މިލިއަން ޑޮލަރުގެ ބިޔަ ވިޔަފާރިއެއް! މިކަން ނުހުއްޓުވާ ދެން ތިޔަ " ފޫޅު ދިގު ހަންޑި ވާހަކަ" ކިޔައި ނުދެއްވާ ! ވަރަށް ސަލާމް!
ވައިޑްބޮޑީ
15 January 2025
އެއްވެސްވަރަކައް ރެގިއުލޭޓް ކުރާވިޔަފާރިއެއްނޫންމީކީ..ލޯނަރު ޥިއްކަން އަންނަމީހާގެ މަައުލޫމާތު ވިއްކިސާމާނުގެ ފޮޓޮއާއި އެކުގަ ނޯޓުކުރަނިކޮއް މައިތިރިވާނެކަމައްފެނޭ
ރަދީފްއޮފިޝަލް
15 January 2025
ބައިސްކަލުގެ ފަހަތުގަ ކައްޓާއެއް ބަނދެގެން ބިދޭސީ ބޭކަލުން ތިޔާ ވިޔަފާރީގަ އެބައުޅޭ.ކަލޯ ތިޔާ ދަނީ ކޮންތަކަށް ހޭ އަހާލާނެ މީހަކު ނެތް.ނަމަވެސް މަޖީދީމަގު ފިހާރައަކަށް ވަދެ ގަމީހެން ގަނެގެން ނިކުމެބަލަ.ސައިކް ކާރީގަ ހުންނާނެ ފުލުހެއް..ދިވެހިންގެ ކަަރަށް ފައިންއެރޭނެ ގޮތަށް ގިނަ ގާނޫނުތައް ހެދިފަހުރީ.
ވޯލް
15 January 2025
ތިއީ ހަމަ މިރާއްޖޭގެ ފުލުހުންގެ ނާގާބިލްކަން. ރައްޔިތުންގެ މުދަލުން ވައްކަން ކުރާކަމށް ވަންޔާ އެ ހުއްޓުވުމުގެ ޒިންމާ އޮންނަ ހަމައެކަނި މުއައްސަސާއަކީ ފުލުހުންގެ އިދާރާ. އެކަމަކު ފުލުހުން ބޭނުންވަނޫ ކޮޓަރީގައި ތިބެ ބޮޑު މުސާރައާއި މުޅި އާއިލާއަށް މެޑިކަލް. ފުލުހުންގެ މުއައްސަސާގައިތިބި ކަންނެތް ފުލުހުންތައް ވަކުކޮށް ކަމަށް ޤާބިލް މީހުން ވައްދަންގޮވާލަން. ތިޔަ އަތުވި މީހާ މިހާރުި ހުންނަނީ މިނިވަންވެފަ.
ލޖބޓ
15 January 2025
ޓްރާންސް ވަގުންގެ ހައްޤުތައް ވަރަށް ގިނަ ވާނެ
ކޯރނޯ
15 January 2025
ކޮންބައެއްތަ ތި ގަންނަނީ؟