އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި މައްސަލާގައި ނޫސްވެރިޔާ އަބްދުﷲ ނަސީރު ހައްޔަރުކޮށްފި އެވެ.
ރާއްޖޭގެ އެކި ޓީވީތަކުގައި ސްޓޭޝަންތަކުގައި މަސައްކަތް ކޮށްފައިވާ ނަސީރު ހައްޔަރުކުރީ މިއަދުގެ މެންދުރުގެ ވަގުތެއްގަ އެވެ.
ފުލުހުން އަންނަނީ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ގިނަ ބައެއްގެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ. ނަސީރުގެ މައްސަލަ ހިމެނެނީ އެ ކޭސްގެ ތެރެއަކު ނޫނެވެ.
އަލަމްގީރު މައްސަލާގައި ފުލުހުން ވަނީ މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ވަޒީފާގައި އުޅުނު މީހަކު ވެސް ހައްޔަރު ކޮށްފަ އެވެ.
އެތައް ސަތޭކަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގައި އެ މީހުންނަށް ބްލެކްމެއިލް ކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމުގެ ފަހަތުގައި ހުރި ފަރާތްތައް ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.