ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 5-4 ން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް ކާމިޔާބު ހޯދައި، ކްލަބް ވެލެންސިއާއިން އެފްއޭ ކަޕުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ވެލެންސިއާ އާ ދެކޮޅަށް ނުކުންނާނީ މާޒިޔާ އެވެ.
ޕެނަލްޓީ ޝޫޓް އައުޓަށް ދާން ޖެހުނީ މެޗު 1-1 ން އެއްވަރުވެ، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ އަށް ބަދަލެއް ނައުމުންނެވެ. ވެލެންސިއާ މެޗުން މޮޅުވާން ދަނިކޮށް ސަސް އިން ވަނީ މެޗުގެ ފަހު ވަގުތު ނަތީޖަ ހަމަހަމަ ކޮށްފަ އެވެ.
ޕެނަލްތީ ޝޫޓް އައުޓްގެ އުސް އަލިތައް
ސަސްގެ ހުޝާމްގެ ޕެނަލްޓީ ނާކާމިޔާބު ކީޕަރު އާދަމް އިމްއާން ދިފާއު ކުރީ
ވެލެންސިއާގެ އަބްދުﷲ ޔާމީންގެ ޕެނލްޓީ ކާމިޔާބު ކުރި
ސަސްގެ މިޑްފީލްޑާ އަހުމަދު އައިހަމް ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރި
ވެލެންސިއާގެ އަބްދުﷲ ހނީފް (ބެންޖޯ) ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލް ދަނޑި އަށް
ސަސަގެ އަލާއުގެ ޕެނަލްޓީ ކާމިޔާބު ކުރި
ވެލެންސިއާގެ އަސްހަދު އަލީ (އަޑުބަރޭ) ޕެނަލްޓީ ކާމިޔާބު ކުރި
ސަސްގެ ނަސޫހް ރަޝީދު ޕެނަލްޓީ ކާމިޔާބު ކުރި
ވެލެންސިއާގެ ހަލީލް ޖަމާލްގެ ގެ ޕެނަލްޓީ ކާމިޔާބު ކުރި
ސަސްގެ ޑިފެންޑަރު އަހުމަދު އައިހަމް ކާމިޔާބު ކުރި
ވެލެންސިއާގެ އިސްމާއީލް އީސާގެ ޕެނަލްޓީ ކާމިޔާބު ކުރި
ސަސްގެ އަހުމަދު ނިޒާމްގެ ޕެނަލްޓީ ކީޕަރު އިމްއާން ދިފާއު
ވެލެންސިއާގެ ސުފިއާން ފޮނުވާލި ޕެނަލްޓީ ގޯލް ދަނޑި އަށް
ސަސްގެ އިބްރާހިމް ފާރީޝް ފޮނުވާލި ޕެނަލްޓޫ ބޭރަށް
ވެލެންސިއާގެ ސަމޫދޫހް ފޮނުވާލި ޕެނަލްޓީ ހުރަސް ދަނޑި މަތިން ބޭރަށް
ސަސްގެ ސާމިރު ފޮނުވާލި ޕެނަލްތީ އަރިމަތީ ދަނޑި އަށް
ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީގެ ޕެނަލްޓީ ކާމިޔާބު ކޮށް މެޗުން މޮޅުވި