"ނިޒާމް ބަދަލުކުރުމުގެ މަސައްކަތް އަޅުގަނޑު ކުރާނެ. އަޅުގަނޑު ދެކޭނީ އަޅުގަނޑަށް ކާމިޔާބުވާނެ ކަމަށް. އަޅުގަނޑު ދެކޭނީ ރިޔާސީ އިންތިހާބަށް ވުރެން މުހިއްމު ވެގެން އަންނަންވާނީ ޕާލަމެންޓްރީ އިންތިހާބު ކަމަށް،"
ނަޝީދު 2019ގައި އައްޑޫގައި: އެ މަނިކުފާނު ވިދާޅުވަނީ ބަރުލަމާނީ ނިޒާމަކުން ރާއްޖޭގައި ވެރިކަން ހިންގުމަށް ކުރައްވާ މަސައްކަތް ހުއްޓާ ނުލައްވާ ކަމަށް. -- ފައިލް ފޮޓޯ| މިހާރު
18 ސެޕްޓެމްބަރ 2022 - 12:02
ރާއްޖޭގެ ރައީސްކަން ކުރައްވައިގެން އަނެއްކާވެސް ލިބޭނީ "ބޮނޑިއެއް" ކަމަށާއި އެ މަނިކުފާނު އަދިވެސް ބޭނުންފުޅުވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކާމިޔާބު ކުރައްވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫގައި ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރައްވާނެތޯ، މިދިޔަ ހަފުތާ ބަންދުގައި އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި އެމްޑީޕީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ސަޕޯޓަރަކު ސުވާލު ކުރުމުންނެވެ. އެ ސުވާލާ ގުޅިގެން ހިނިފުޅުވަޑުވަމުން، ސަމާސާ ރާގަކަށް ދެއްވި ޖަވާބުގައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައީސްކަން ކުރައްވައިގެން އަނެއްކާވެސް އެ މަނިކުފާނަށް ލިބޭނީ "ބޮނޑިއެއް" ކަމަށެވެ.
އެ ތަފުސީލަކަށް ވަޑައެއް ނުގަންނަވަ އެވެ. އެކަމަކު، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ރައީސަކަށް އެ މަނިކުފާނު ހުންނަވަނިކޮށް އޭރުގެ އިދިކޮޅު ޕާޓީތަކުގެ މުޒާހަރާއާ ހެދި ދައުރު ނުނިންމަވައި އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތީ އެވެ.
ނަޝީދު އައްޑޫގައި: އެމަނިކުފާނު ވަނީ އައްޑޫގެ އެކި އަވަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވާފައި. -- ފޮޓޯ | ސޯޝަލްމީޑިއާ
ނަޝީދަށް އަމާޒުވި ސުވާލުގައި، އެ މަނިކުފާނު ދެއްކެވީ ގެންގުޅުއްވާ ބަރުލަމާނީ ވިސްނުންފުޅުގެ ވާހަކަތަކެވެ. މިއީ، ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމާ ގުޅޭ ގޮތުން، މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅި ގަރާރަށް ތާއީދު ނެތިގެން އަނބުރާ ގެންދެވި ފަހުން އެ ނިޒާމުގެ ވިސްނުންފުޅު ހާމަކުރެއްވި ފުރަތަމަ އާއްމު ބައްދަލުވުމެވެ.
އިތުރަށް މަޝްވަރާކުރަން އަނބުރާ ގެންދެވި އެ ގަރާރާ ގުޅޭ ގޮތުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ގޮތެއް ނިންމުމުގެ ވިސްނުމެއް އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ނެތެވެ.
އެހެންވިޔަސް ނަޝީދު އަނެއްކާވެސް ވިދާޅުވީ ބަރުލަމާނީ ނިޒާމަކުން ނޫން ގޮތަކަށް ރާއްޖޭގެ ވެރިކަން ހިންގޭނެ ކަމަކަށް ލަފާނުކުރެއްވޭ ކަމަށެވެ. އެ ނޫން ގޮތަކަށް ރައީސްކަން ކުރައްވާ ނަމަ "ތި ބޭފުޅުން އަޅުގަނޑު ދެކެ އަންނާނީ ރުޅި" ކަމަށް ވިދާޅުވި އެވެ.
"ނިޒާމު ބަދަލުކުރުމުގެ މަސައްކަތް އަޅުގަނޑު ކުރާނެ. އަޅުގަނޑު ދެކޭނީ އަޅުގަނޑަށް ކާމިޔާބުވާނެ ކަމަށް. އަޅުގަނޑު ދެކޭނީ ރިޔާސީ އިންތިހާބަށް ވުރެން މުހިއްމު ވެގެން އަންނަން ވާނީ ޕާލަމެންޓްރީ އިންތިހާބު ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އެ ތަފްސީލުތައް ދެއްވުމަށް ފަހު، ނަޝީދު ރައީސްކަމަށް ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ސީދާ ޖަވާބު ނުދެއްވައި ވިދާޅުވީ އެ ސުވާލެއް އަދި ނުނިކުމޭ ކަމަށެވެ.
ނަޝީދު އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނު ވާދަކުރައްވާނެ ކަމަށެވެ. އެކަމަކު، މިދިޔަ މަހު ނިމުނު ކޮންގްރެސްގައި އެ މަނިކުފާނުގެ ބަރުލަމާނީ ގަރާރަށް ކާމިޔާބުނުވެ، ނިންމާލަން ޖެހުމުން ޕްރައިމަރީގައި ވާދަކުރައްވަފާނެތޯ ޕާޓީގެ ބައެއް މެމްބަރުންގެ ހިތުގައި ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
ނަޝީދު އައްޑޫގައި އެމްޑީޕީގެ މެމްބަރުންނާ ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވިދާޅުވަނީ ބަރުލަމާނީ ގެނައުމުގެ މަސައްކަތް ހުއްޓާނުލައްވާ ކަމަށް. -- ފޮޓޯ | ސޯޝަލްމީޑިއާ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި އަހަރުގެ ތެރޭގައި އޮންނާނެ ކަމަށް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވައިފަ އެވެ. އެ މަނިކުފާނުގެ ވިސްނުންފުޅުގައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރެއްވުމެއް ނެތެވެ. އެންމެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެމްޑީޕީ އަށް އެ އިންތިހާބު ކާމިޔާބު ކުރެވޭނީ އެ މަނިކުފާނު ނުކުންނަވައިގެން ކަމަށެވެ. ސަބަބެއް ކަމަށް އެ ވިދާޅުވީ އިންތިހާބު ކާމިޔާބުކުރަން ބޮޑު ކޯލިޝަން ހެދޭނެ ކަމުގެ ޔަގީންކަމެއް އެ މަނިކުފާނަށް އޮތުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންނި ސޭކު
19 September 2022
ރައީސްކަން ނުކުރިޔަސް ދެން ލިބޭނީ ހުސް ބޮނޑި!!!. މީނާ ވާހަކަ ދައްކާގޮތުން ހީވާ ކަހަލަ މީނަޔަށް ވެރިކަމަށް އައުމަކީ އެއްވެސް ކަމެއް ނޫނޭ. އެކަނު މީނަޔަށް ވެރިކަމަށް 2008 ގައި އާދެވުނީ ކޯލިޝަނެއްގެ އެހީއާއި އަދި މައުމޫނު ބަދަލު ކުރަން ރައްޔިތުން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ލިބުނު ވޯޓުތަކެއްގެ ނަތީޖާ އެއީ. ކޮންމެހެން މާގިނަ ދިވެހި ރައްތިޔުންގެ ތާއީދު އޮވެގެނެއް ނޫން!! މިހާރު އެންމެނަށް އަންނި ދަސްވެއްޖެ. އެމްޑީޕީ މީހުން ވެސް މިހާރު ލަދުގަނޭ!!!
ލަތީފާ
18 September 2022
ނަޝީދަކީ އަޑި ނުބައި ވިހަގަދަ އުޅެން ނޭގޭ މީހެއް! އަމިއްލަ ދިރިއުޅުން މަޑުން އިނދެ ވިސްނާލުން ބުއްދިވެރި! އިންޝާ ﷲ ނަޝީދު ދެން ދިވެހިން ވޯޓު ދީގެން ނުހޮވާނެ!
ފިރާގު
18 September 2022
އިންޝާﷲ ދުވަހަކުވެސް ދެން ކަލެޔަކަށް މިޤައުމުގެ ވެރިކަމަކަކަށް ނާދެވޭނެ، އިންޝާﷲ ބަރުލަމާނީ ގެންނާކަށްވެސް ނުކެރޭނެ، ދިވެހިން މިހާރު މިތިބީ ވަރަށް ފިސާރި ތައްޔާރަށް ވޯޓްލެވޭނެ ދުވަހެއްގެ އިންތިޒާރުގަ، އިންޝާﷲ އެއްބުރުން އައުޓް ކޮށްލާނަން. މިފަސްގަނޑުގަ އެމް.ޑީ.ޕީ އަށް ދެން ފުރުޞަތެއް ދިވެހިން ހަމަހޭގަ ތިބެގެން ނުދޭނަން. އިންޝާﷲ.
ހަސަން23
19 September 2022
އިންޝާﷲ އަދިގިނައިންކިޔާފަ ނަފްރަތު ފަތުރާ.
މިޔޯ؟
18 September 2022
އަޅުގަނޑު ކުރާނެ.. އަޅުގަނޑު ދެކޭނީ.. މިއީ ހަމަ ދިވެހި ބަހުގެ ގަވައިދުގަ ވާހަކަ ދައްކަން އޮންނަ ގޮތްތަ؟
އަބްޑޫޅް
18 September 2022
ހުވަދޫ ބޮނޑި އަކަށްވެސް ވެދާނެ.
ދެރަދުން
18 September 2022
ޢާއިލާ ރަސްކަމުގައި ދެމި އޮތުން މީނަގެ އަސްލު މަގުސަދަކީ. އޭރުން ބޮޑުވަޒީރުން ހޮވަހޮވައިގެން ރައްޔިތުން އުޅޭނެ އުޅުމެއް އުޅެފާނެތާ. މިކަލޭގެ އާއިލާ އަބަދުވެސް ތަޚުތުގައި. ދެމިގެންވާ ރަސްކަމެއްގައި... އެއީ މިކަލޭގެ އަސްލު ހުވަފެނަކީ.
އަފުން
18 September 2022
ހިޔަޅުވެސް ތިފާޑަށް މޭބިސްކަދުރު ހުތް ވެގެން އުޅުނުކަމަށް ބުނޭ.
ތެދުފުޅެއް
18 September 2022
އެއީ މަޖާޒީ ވާހަކަފުޅެއް. މާނައަކީ ރައީސްކަން ލިބިފައި ރައީސްކަމުން އިސްތިއުފާ ދޭންޖެހިއްޖިއްޔާ އަނެއްކާވެސް އައްޑޫގައި ބޮޑުހުޅުޖަހައިގެން ރައްޔިތުންނަށް ބޮޑިއެއް ލިބިދާނެ ވާހަކަ.
އަސްލު މީހުން
18 September 2022
މިހާރު އޮތް ގޮތައް ބޭއްވުމަކީ މަހުޖަނުންނައް ވަރައް މުހިންމު ކަމެއް. އެމީހުން ބޭނުމެއް ނުވާނެ އެގޮތް ބަދަލު ވާކައް. ކިޔަވައިގެން ތިބި މީހުން މަޖްލިހައް ވަދެ ގައުމައް ރަގަޅު ގާނޫނު ހަދާކައް. އަމިއްލަ ޖީބު ބަރު ކުރަން ގިން މީހުން ބޭސް ފަރުވާ ކުރަނީ ސްކޫލް ޗުއްޓީގަ އިޔުރޮޕްގަ!
ހަޖަމޯލާ
18 September 2022
މޮޔައެއްގެ އަތަށް ކަނޑިޔެއް ދިނީމަ ވާނެގޮތް ވާނީ ނަޝީދުއަށް ވެރިކަން ދީފިނަމަ. އެވާހަކަ އެބުނަނީ. ކުރިންވެސް އޮތީ އަމިއްލައަށށް އިސްތިއުފާ ދީފަ ބައެއްގެ ބޮލުގަ ބަދުނާމެއް އަޅުވާފަ. މިހާރު އެވަނީ އަމިއްލައަށް އިއުތިރާފު.