ޔާމީން ރަޝީދާއި އަހްމަދު ރިލްވާންގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން ކަމަށްވާ (ކ-ވ) އަހްމަދު އިސްމާއިލް (އަހަނދު)، އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި އަހްމަދު މުއާޒް
26 ސެޕްޓެމްބަރ 2022 - 10:14
ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުވާ ލިބޭ ތިން މީހުންގެ ޝރީއަތުގެ އަޑުއެހުންތައް ސިއްރުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ރިލްވާން ގެއްލުވާލުމާއި ޔާމީން ރަޝީދު މަރާލުމުގެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކަމާ ގުޅިގެން ބަޔަކު ހައްޔަރު ކުރީ މިދިޔަ ޖޫން 26 ވަނަ ދުވަހު އެވެ. އެ މީހުންނަކީ، އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) އަދި އަހްމަދު މުއާޒު (ގަޓު މުއާ) އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދިފާއީ ބައެއް ވަކީލުންނާއި ދައުލަތުން ވެސް ވަނީ މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރަން އެދިފަ އެވެ.
ކްރިމިނަލް ކޯޓުން ވަނީ މިއަދު ހަވީރު 4:00 އަށް އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. ކޯޓުގެ ތާވަލުގައިވާ ގޮތުން މިހާރު އެ މައްސަލަ ކުރިއަށްގެންދަނީ އަޑުއެހުންތައް ސިއްރުކޮށްގެންނެވެ.
ދައުލަތުން މައްސަލަ ސިއްރު ކުރަން އެދުނީ، މައްސަލައިގެ މައުލޫގެ ތެރެއަށް ދާއިރު މައްސަލައިގައި ހިމެނޭ އެކި މީހުންނަށް އަނިޔާލިބުމުގެ ފުރުސަތު އޮތުމުންނާއި، މިހާރު ވެސް މައްސަލައިގެ އެކި ބައިތައް ތަހުގީގު ކުރަމުންދާތީ މައުލޫމާތު ހާމަވެ ތަހުގީގަށް ހުރަސްއެޅިދާނެތީ އެވެ.
ދިފާއުން އަޑުއެހުންތައް ސިއްރުކުރަން އެދުނީ މައްސަލައިގެ ބާވަތުން އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށްގެންދާ ނަމަ ދައުވާ ލިބޭ މީހުންގެ މަސްލަހަތަށް ގެއްލުމެއް ވެދާނެތީ އެވެ.
އަހުމަދު އިސްމާއިލްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދައުވާއެކެވެ. އިސްމާއިލް އަބްދުލްރަހީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ އުފުލާފައިވާއިރު، މުއާޒުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެކެވެ.
އެ ތިން މީހުންގެ މައްސަލައަކީ ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް ބަޔަކަށް ދައުވާ ކުރަން ފޮނުވި ފުރަތަމަ އަދި މިހާތަނަށް ހަމައެކަނި މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑު
27 September 2022
ބޮޑެތި ކުއްވެރިން މިމީހުންނަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަހެރި ކޮށްފައިބަހަޓަންތިބެންޖެހޭ ބައެއް. ކޮބާތަ ސުޕުރީމް ކޯޓު މިމީހުންގެ މައްސަލަ ބަލަންޖެހޭނީ ހާއްސަ ކޯޓަކުން
ހިޔާލީ އަލީ
26 September 2022
މި ތިން މީހުންނަކީ ކޮންބައެއްކަން ނޭންގޭ މީހެއް މަދުވާނެ. ހާއްސަކޮށް އިސޫ (ސަލަފު އިއްސޭ) ދީނީ ޖަމާއަތްތަކުގެ ނިވަލުގަ ހުރެގެން ކުރާ ކަންތައްތައް ފަޅާއަރާނެ ދުވަހެއްވެސް އަންނާނެ. ނޫސްވެރިންގެ ފާހެއް އަޅައިގެން އުޅެމުން ސީރިޔާއަށް ގޮއްސަ އެތަނުގެ ޓެރަރިސްޓުންނާ އެކީ ނަގާފަ ހުރި ފޮޓޯތައް އެހެރީ ސޯސަލް މީޑިއާގަ ފެންނަން. ހިތާމައަކީ މިމީހުންނަށްވެސް ތާއިދުކުރާ ބަޔަކު ތިބޭތީ ކަމެއް އިސްލާހުކުރަން ކުރާ މަސައްކަތް އުނދަގޫވާތީ
ވަހީދު
26 September 2022
ދައުވާ އާ ހައްޔަރު ކުރި މައްސަލަ އާ ގުޅުން އޮތްކަމެއް ޚަބަރު ކިޔާ މީހާއަކަށް ނޭނގުނު.
މޮޖޮނި
26 September 2022
ކީކުރަން ސިއްރުކުރަނި .
އައިމިނާ
26 September 2022
ކޮބާ. ތިޔައީ އެއްވެސް ކުށެއްނެތް މައުސޫމް ބަޔެކޭ. ބުނި
ޕޭބެކް
26 September 2022
ތިޔަ މުއާޒަކީ ވައްކަން ކުރުމާ މީހުނަށް އަނިޔާކުރުމުގެ ލާމަސީލު މިސާލެއް. އަހަނދުއަކީ ބޮޑު ގޭނގު ލީޑަރެއް. މި ދެމީހުން މިލިއަނަރުންނަށްވީ ގޮތާ މެދު ވިސްނާލަންޖެހޭ. އިސޫދޯ? ހައްދުފަހަނައަޅާފައިވާ ކޮންމެކަމެއް ކުރަންވިޔަސް ފަސްނުޖެހޭނެ މީހެއް.
އާރިފާ
26 September 2022
މަގުމަތީގައި ތެލިބާލާ މީހުން ކުއްލިޔަކަށް ބޮޑެތި މަހުޖަނުންނަށް ވަނީ ކިހިނެއްތޯ؟ އެސުވާލުގެ ޖަވާބު ލިބޭނެ ތަހުގީގުން
ރަދީފު ބިން ރަފައިދާ
26 September 2022
ސިއްރުކުރަންވީ ކީއްވެހޭ؟ ކޮބާހޭ ޑިމޮކުރަސީ؟