ބަންޑުން ޖަހާލާފައި އޮތް ލޯންޗު ފެނުނު ސަރަހައްދާއި އެ ލޯންޗުގެ ބައެއް ފޮޓޯތައް -- ފޮޓޯ: އެމްއެންޑީއެފް
07 އޮކްޓޯބަރ 2022 - 15:05
ބަނޑުން ޖަހާލާފާއި އޮއްވައި އއ. މާޅޮސް ކައިރިން މިއަދު ލޯންޗެއް ފެނިގެން އެއާ ބެހޭ މައުލޫމާތު ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މާޅޮހުގެ ދެކުނުން، ކަނޑުމަތީގައި ބަނޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިފައިވާ ކަމަށާއި އެ ލޯންޗު ފެނުނުއިރު އޭގައި އެއްވެސް މީހަކު ނެތް ކަމަށެވެ.
އެ ލޯންޗު މިހާރު އޮތީ މާޅޮހު ބަނދަރަށް ވައްދައިފަ އެވެ. ސިފައިން ވަނީ އެ ލޯންޗު ފެނުނު ސަރަހައްދާއި އޭގެ ރަޖިސްޓްރޭޝަން ނަންބަރު ފެންނަ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ.
އެ ލޯންޗާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981، 3398898 ނަންބަރަށް ގުޅަން އެދިފައިވެ އެވެ. އަދި ވައިބަ ކުރައްވާ ނަމަ، 9931082 އަށް ގުޅައި، އެ މައުލޫމާތު ހިއްސާކުރުމަށް ސިފައިން އެދިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިދީދީއައްޑޫސިޓީ
07 October 2022
ކަހާތަން ހިރުވާ ވެސް ނުލާ! ކާޅު ކެޔަސް ސޮއް ނުގޮވާ! އަމާ ބުނީތީ ފަރަށް ދިއުން! ރަޖިސްޓްރީ ނަންބަރު ލޮލަށް ފެންނަން ހުރިއިރުވެސް އެކަން އެނގޭ ކަމަށް ނުހަދާ، ވެރިފަރާތް ހޯދަން ސަންގުފުމެނީ. ސާބަހޭ ޓު ޕްރޮޓެކްޓް އެންޑް ސާރވް ކުރާގޮތް.
ދާއޫދު
07 October 2022
ރައްޔިތުން ނުކުމެ ޓްރާންސްޕޯޓު މިނިސްޓްރީ އަށް ގޮސް ، ތި ރަޖިސްޓްރީ ނަންބަރުގައި ލޯންޗް ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ހޯދާ ފުލުހުންނަށް އެކަން އަންގާ ދިނުމަަށްތަ ތިއެދެނީ.. މިއީ ތަންކޮޅެއް ބޮޑުވަރު.
ޑެބީ
07 October 2022
ޕޮލިހަށް ނޫނީ އެމްއެންޑީއެފަށް އުޅަނދެއްގެ ރަގިސްޓްރޭޝަން ނަންބަރު ބަލާފަ ކޮންފަރާތެއްގެ ނަމުގައި ރަގިސްޓްރީކޮށްފައި އިން އުޅަނދެއްކަން ބަލާނުލެވޭ؟ ވަރަށް ފަހަތުގަ ތިޔައުޅެނީ. ތިލޯންޗު އިނގޭ މީހަކު ނުބުނިއްޔާދެން ތިލޯންޗުގެ ހަގީގަތެއް ނޭނގޭނެތާ. މީކޮންވައްތަރު ގައުމު؟
ރިސްމް
07 October 2022
ރަޖިސްޓްރީ ނަމްބަރ އިނިއްޔާ ލޯންޗްގެ ވެރިފަރާތް ސިފައިންނަށް ހޯދެން ޖެހޭނެ..
ސާހިބު
07 October 2022
މިކަހަލަ ޚަބަރުތަކުން ސިސްޓަމް ފެއިލްވެފަ އޮތްވަރު ހާމަވޭ. ކަނޑުގަ ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓަރީ ނަންބަރު އެއީ ވެރިފަރާތް ދެނެގަނެވޭނެ ވަސީލަތެއް. ދެވަނަ ފަރާތަކަށްާ ރަޖިސްޓްރީ ބަދަލުކުރެވޭނީ ވެސް ކަމާބެހޭ ފަރާތަށް އެނގިގެން. ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގަ އުޅަދުތަކާބެހޭ މައުލޫމާތު ފަސޭހައިން ލިބޭގޮތަށް ހުންނަންޖެހޭނެ.