ޚަބަރު / އާސަންދަ

އެންސްޕާ އާއި އާސަންދަގެ އެހީ އެއް އޮފީހަކުން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް ލިބޭ "ވިރަ" ކަސްޓަމާ އެކްސްޕީރިއެންސް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި -- ފޮޓޯ: އާސަންދަ

އެންސްޕާ އާއި އާސަންދައިން ދޭ ބޭސްފަރުވާގެ އެހީ އެއް އޮފީހަކުން ލިބޭ ގޮތަށް ހަދައިފި އެވެ.

އެ ދެ އޮފީހުން ދެމުން އަންނަ ހިދުމަތްތައް ލިބޭ ކަސްޓަމަ އެކްސްޕީރިއަންސް ސެންޓަރެއް "ވިރަ" ގެ ނަމުގައި މިއަދު ހެނދުނު ހުޅުވީ އަމީނީމަގުގައި ހުންނަ ފެން ބިލްޑިންގާ ޖެހިގެން ހުޅަނގަށް އޮންނަ ގޯޅީގަ އެވެ.

އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް ލިބޭ "ވިރަ" ކަސްޓަމާ އެކްސްޕީރިއެންސް ސެންޓަރު -- ފޮޓޯ: އާސަންދަ

އެ ސެންޓަރު ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. އެ ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީގާއި އާސަންދަގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އައްޒާމް ވަޖީހު ވެސް ބައިވެރިވެވަޑައިގަތެވެ.

އާސަންދައިން ބުނީ އެ ސެންޓަރު ހުޅުވީ ބޭސްފަރުވާގެ ކަންކަމުގައި ދައުލަތުގެ އެހީއަށް ބޭނުންވާ މީހުންނަށް އެކަމާ ގުޅޭ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށް ކަމަށެވެ. އެ ސެންޓަރުގެ ކައުންޓަރުތައް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ހުންނާނެ ކަމަށް ބުންޏެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް ލިބޭ "ވިރަ" ކަސްޓަމާ އެކްސްޕީރިއެންސް ސެންޓަރު ހުޅުއްވައިދެއްވަނީ - ފޮޓޯ: އާސަންދަ

އެ ސެންޓަރުން ހިދުމަތް ލިބޭނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8 އިން ރޭގަނޑު 10 އަށް ކަމަށް ވެސް އާސަންދަ އިން ބުންޏެވެ.

އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް އެއް ސިސްޓަމެއްގެ ތެރެއިން ދެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް، މި ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީން ބޭއްވި ބައްދަލުވުންތަކުގައި އެ ދެ އޮފީހުގެ އިސްވެރިން ވިދާޅުވެފައިވެ އެވެ.

9 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 22%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޫހި

27 November 2022

ހެޔޮނުވާނެ ތިޔަ ދެތަން އެއްކޮށްލަބަލަ. ދެނަމެއްކިޔާފަ ހެސްކިޔާފަ މީހުން ލައިގެން ކޮން ސަކަރާތެއް. މިނޫނީ ނޫޅޭނެ އޮންލައިން ކޮށްފަވެސް ހެސްކިޔާފަ މުވައްޒަފުން ލައިގެން އޮފީސްތައް ހިންގާގައުމެއް. 3 ލައްކަ މީހުންނަށް ޚިދުމަތްދޭން 200 މިލިއަން މީހުންނަށް ޚިދުމަތްދޭވަރުގެ އޮފީސްތައް. މީހުން ހައިރާންވާނެ މިތާގެ އިސްރާފު ފެނުމުން،

The name is already taken The name is available. Register?

ސުހާނާ

25 November 2022

ކެވޭވަރު މިހާރަށްވުރެ ތަރައްޤީ ކޮށް ގޭކުދިންނަށް މަޅާލެވޭ ގޮތަށް ރެޑީކޮށް ދައުރުނިމޭއިރު އެއްކޮށް ދަވާލާ އިންޑިއާ ބެލުމުގެ ދަސަށް މިތަން ދާނެގޮތަށް މަގުފަހިކޮށްލީ،

The name is already taken The name is available. Register?

ހަސަންޒިމާލް

25 November 2022

އެންސްޕާ އާއި އާސަންދަ ވަކި 2 ތަނެއްގެ ގޮތުގައި ހިންގަންޖެހޭ ގޮތެއް ނުވިސްނޭ. އަދި 2 ތަނުގެ މަސައްކަތް އެއްފުރާޅެއްގެ ދަށަށް ގެންނަން އިތުރު ތަނެއް ހަދަންޖެހުނު ސަބަބެއް ނޭގެ. އެނގޭ ކަމަކީ ދާދި އެއްކަހަލަ ކަންކަން މެނޭޖްކޮށްލާނެ ގޮތް ނޭގުން ނުވަތަ ގަސްތާއެކު ޚަރަދު ބޮޑުކޮށް ކަންކަން ކުރުން. ރައްޔިތުންގެ ފައިސާއިން ސިޔާސީ ވަޒީފާ އުފެއްދުން.

The name is already taken The name is available. Register?

ާއުނިމާ

25 November 2022

2 އޮފީހުގެ ފުރަންޓް އޮފީސް އެއްތަނަކަށް ހަދިޔަކަސް އަދި ކަމަކުނުދާނެ، މުޅި 2 އޮފީސްވެސް އެއް އޮފީހަކަށް ހަދަންވީ، އޭރުން ސިޔާސީ މަޤާމުތައް މަދުވެ ހިންގުންވެސް ހަރުދަނާވެ ރައްޔިތުންނަށް ލިބޭ ޚިދުމަތް ވެސް ރަނގަޅުވާނީ

The name is already taken The name is available. Register?

ކުޗީ

25 November 2022

ކޮރަޕްޝަނާއި ، ނާގާބިލް ހިންގުންތެރިކަމުގެ ދެހާލި އެއްވަނީ ...

The name is already taken The name is available. Register?

ފެއާރީ

24 November 2022

ކިރިޔާނުން އެޔޮތީ ވަރި ނުކީ.

The name is already taken The name is available. Register?

ވާއު

24 November 2022

ދުވަސްކޮޅަކުން އެއް އޮފީހަކަށްވެސް ވާނެ ދެ ތަން...

The name is already taken The name is available. Register?

ިބުރާހިމް

24 November 2022

ތިލާރި ނަގާނީ ރައްޔަތުންގެޖީބުން

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

24 November 2022

މަހީކުރީ އާސަންދައާ އެންސްޕާއަކީ އެކައްޗެއްކަމަށް. އަދިކިރިޔާ މިއެނގުނީ ދޭއްޗެއްކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454