ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުަމަދު ސަލީމް މަޖިލީހުގެ ޖަލްސާއްގައި ވާހަކަދއްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
12 ނޮވެމްބަރ 2025 - 11:14
ޔުނިވާސަލް ހެލްތު އިންޝުއަރެންސެއްގެ ގޮތުގައި ރާއްޖޭގައި އެންމެނަށް ދޭ އާސަންދަ އާއި ދައުލަތުން ދޭ އެނޫން އެހެން އިނާޔަތްތަކަކީ ތަނަވަސް މީހުންނަށް ދޭން ޖެހޭ އިނާޔަތްތަކެއް ނޫން ކަމަށާއި އެފަދަ ކަންތައްތައް ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ސަލީމް ވިދާޅުވީ އާސަންދަ އާއި ދައުލަތުންދޭ އެފަދަ އެެން އިނާޔަތްތައް ދޭން ޖެހޭނީ ނިކަމެތިންނަށް އެކަނި ކަމަށެވެ.
"މި ރާއްޖޭގައި އާސަންދަ އާއި އެންސްޕާ [ހިދުމަތް] ލިބޭ ކިތަންމެ ތަނަވަސް މީހަަކަށް ވިޔަސް. އަދި 65 އަހަރުވީމާ އެ ލިބޭ 5،000 ރުފިޔާ ވެސް، އެއީ މަހުޖަނަކަށް ވިޔަސް. ކިތަންމެ ބޮޑު ވިޔަފާރިވެރިއަކަށް ވިޔަސް، އެ 5،000 ރުފިޔާ ވެސް އެބަ ނަގާ. އެހެންވީމާ އަަޅުގަނޑުމެން މިހިރަ ކަންތައްތައް ބަލައިގެން މި ކަންތައްތައް އެބަ ޖެހޭ ހުއްޓުވަން،" ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވި އެވެ.
ތަނަވަސް މީހުންގެ އަތުން ޒަކާތް ނަގަން އޮންނަ އިރު އިރު އެ އަނބުރާ ދޭންވީ ވެސް ތަނަވަސް މީހުންނަށްތޯ އޭނާ ސުވާލު ކުރެއްވި އެވެ.
"[ޒަކާތް] ދޭން މި ޖެހެނީ ފަގީރުންނަށް، ނިކަމެތިންނަށް، އެހެންވީމާ މި ރާއްޖޭގައި އެ ބަދަލު އެބަޖެހޭ ގެންނަން،" އޭނާ ވިދާޅުވި އެވެ.
މުއްސަނދިންގެ އަތުން މުދަލުގެ ޒަކާތް ނެގުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަަމަށާއި އެ ޒަކާތް ހަމައަށް ނަގާފައި ފަގީރުންނަށް ދޭ ނަމަ ފަގީރުން ނުތިބޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
ރަނގަޅަށް ކަންތައް ކޮށްފި ކަމަށް ވަންޏާ އަޅުގަނޑުމެންގެ ތެރޭގައި ވެސް ފަގީރުންނެއް ނުތިބޭނެ. މި ރާއްޖެއަކީ އެންމެ ހަތަރު ލައްކައެއްހާ މީހުން ތިބި ތަނެއް،"--- ސަލީމް
އަދުލުވެރި ޚަލީފާ، އުމަރު ބިން އަބްދުލް އަޒީޒުގެ މިސާލު ނަންގަވައި، އެ ދުވަސްވަރު އިސްލާމީ ދައުލަތުގައި ފަގީރުން ނެތް ކަމަށް ވިދާޅުވުމަށް ފަހު ސަލީމް ވިދާޅުވީ. ރާއްޖޭގައި ވެސް އެ ގޮތަށް ކަންތައް ކޮށްފި ނަމަ ފަގީރުން ނުތިބޭނެ ކަމަށެވެ.
"ރަނގަޅަށް ކަންތައް ކޮށްފި ކަމަށް ވަންޏާ އަޅުގަނޑުމެންގެ ތެރޭގައި ވެސް ފަގީރުންނެއް ނުތިބޭނެ. މި ރާއްޖެއަކީ އެންމެ ހަތަރު ލައްކައެއްހާ މީހުން ތިބި ތަނެއް،" ސަލީމް ވިދާޅުވި އެވެ.
ރާއްޖޭގައި ދައުލަތުން ހިލޭ ކޮށްދޭ ކަންތައްތައްތަކާއި ދޭ ސަބްސިޑީތައް ގިނަ ކަން ފާހަގަކޮށް، އެކަންކަމަށް ކުރާ ހަަރަދު ކުޑަކުރަން ވޯލްޑްބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާދޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ދައުލަތުން ދޭ އިނާޔަތްތަަކީ ސީދާ އެކަމަށް ބޭނުން ޖެހޭ މީހުްނަށް ދޭ، "ޓާގެޓެޑް" އެއްޗަކަށް ހަދަން ޖެހޭ ކަމަށް އެކި ސަރުކާރު ތަކުން ވާހަކަ ދެއްކި ނަމަވެސް އެކަމަށް މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޱު މަހުޖަނު
12 November 2025
ގާތުން ބަލަންވީ މަހުޖަނުން ހިންގާވިއަފާރިތަކުގަ ވިއްކާމުދަލީ ރަންގަޅު ޖެނުއިން ޕްރޮޱަކުޓްތޯ. މިޒަމާނުގަ ފޭކު އެއްޗެހި ވަރައްގިނަ.
އޮނަރަބްލް އަފީފު ދީދީ
12 November 2025
ހިސާބު ހާމަކުރާތީ ރައްޔިތުނަށް ނޭގުނުކަމަށްވިޔަސް، އާސަންދައިގެ ޙަރަދަށްވުރެން ބޮޑުޙަރަދު ހިގާ އަދި ދައުލަތްދަރަނިކޮށް އެތައް ބިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން (މިފަދަލޯނުތައް ނުދައްކާ ޑިފޯލްޓްވެފައިވާތީ، މިހާރު އިތުރު ލޯނުހޯދަންވެސް ވަނީ ހުރަސްއެޅިފަ) ސޯޝަލް ހައުސިންގ ސްކީމް ކ.މާލޭގައި ހިންގުން ހުއްޓާލާ ސޯޝަލް ހައުސިންގ ފުލެޓްތައްދެނީ ޙަޤީގަތުގައިވެސް ދޭންޖެހޭމީހާކަން ކަށަވަރުކުރަން ކުރާންޖެހޭކަންކަން ކުރުމަށް ޤާނޫނަކުން ބާރުއަޅަން އެބަޖެހޭ.
އޮނަރަބްލް އަފީފު ދީދީ
12 November 2025
ބަލިވީމާ ބޭސްކޮށްދިނުމަށް ދައުލަތުން ކުރާ ޙަރަދުގައި "ޒާތީ މައުލޫމާތު ހިމެނޭނެތީ" އާސަންދަ ދޫކުރާ މީހާގެ މައުލޫމާތު އެންމެނަށް އިގޭގޮތަށް ހާމަ ނުކުރިޔަސް "އެތައް މިލިޔަން ރުފިޔާގެ ދައުލަތުގެ މުދާގަނޑެއް މުޅި އުމުރުދުވަހަށް އޭނާގެ މިލްކަކަށް ބަދަލުވެގެންދާ ސޯޝަލް ހައުސިންގ ސްކީމް ފުލެޓްތައް ލިބޭ މީހުންގެ މައުލޫމާތު" ފޮޓޯ އާއި އެކު އާންމު ކުރަންޖެހޭނެ ކަމަށް ދެކެން. މިހެން ހަދައިގެން ނޫނީ ދައުލަތުގެ މުދަލުން (ފުލެޓުން) ވައްކަން ކުރުން ނުހުއްޓުވޭނެ.
ދޮޅުރޯނާ އޮނަރަބްލް އަފީފު ދީދީ ބުނަންތަ!
12 November 2025
ފްލެޓްތައް ލިބުނީ ކޮންބަޔަކަަށްތޯ ވަރަށް ބަލައިލާ ހިތްވޭ ދޯ! ލިސްޓްގައި އެމީހުންގެ ނަމާއި އެޑްރެސް ޢާއްމު ކޮށްފައި އޮތަސް އެވަރުން ނުފުދިގެން އެމީހުންގެ ސިފަ ވެސް ބަލާހިތުން އަފީފު ތެޅިފޮޅޭތަން ފެނިފައި ވަރަށް އުފާވެ އެވެ. ސަބަބަކީ އަފީފުގެ ޙަސަދަވެރި ކަމުންނެވެ.
ފްލެޓް ލިސްޓް ޕޮއިންޓާއެކު ހާމަކުރޭ
12 November 2025
ވަރަށް ރަގަޅު ވާހަކައެއް، ޕޯޓަލުން ފެންނަން އިންނަނީ ހަމަ އެކަނި ޕޮއިންޓެއް، ކެޓަގަރީތަކަށް އެ ދިންގޮތްވެސް ކުޑަމިނުން ނޭގެ، ދެ ސަރުކާރުން ސިއްރުވެރިކޮށް ހާވަގަނެފައި އޮތް ޗަރުކޭހެއް، އެއްވެސް ޝަރުޠަކަށް ބެލުމެއް ނެތި، މާލޭގަ 5- 8 އަހަރުވެ ރަށުގަ އަމިއްލަ ދިރިއުޅުމުގަ އުޅެފަ އައި ޕާޓީގެ އެތަށް ބަޔަކަށް ބައި އަޅާލާފަ، އެއްހާލުގަ ނޫނި ހާލަތު ދަށް އެތަށް ބަޔަކު ކަޓުވާފަ، ހާލަތު ރަގަޅު ބޯހިޔާ ތައް އޮތް މީހުންނަށް، ހައްޤުމަދު ބައެއްލާފަ
ދޮންހަސަނުބެ
12 November 2025
30 އަހަރު ވަންދެން ގައުމު ލޫޓޫވި މީހާ ބޭސްކުރަން އަހަރެމެންގެ ފައިސާއިން ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާ އެއް ހަރަދު ކުރޭ. ބޭނުން ކޮންމެ ގައުމަކުން ބޭސް ކުރެވޭ. މިވަރުގެ ކަމެއް ދުށިންތަ؟
އޮނަރަބްލް އަފީފު ދީދީ
12 November 2025
ސޯޝަލް ހައުސިންގ "ފުލެޓް ވައްކަން ހުރިހިސާބު ބުނެލަން" މިސާލެއް ދައްކާނަން. އެންމެ ފިރިހެންކުއްޖެއް ހުރި ދެމަފިރިންގެ 2 ގޯތި މާލޭގައި އޮތް (10 ބުރިއަށް ހަދާފައި) ދެމީހުން ވަންނާނެތަނެއް ނެތިގެން ޔާމީނުސަރުކާރުގައި ދެމީހުނަށް ސޯޝަލް ހައުސިން 2 ފުލެޓް ލިބުނު. ފިރިހެންދަރިފުޅު (އަބުދުﷲ ފަޔާޒް، ސަރުކާރު އޮފިޝަލެއް) ވަނީ 4 ވަރަކަށް މިލިޔަންރުފިޔާގެ ޕެންޓަރހައުސް އެއް (ފުލެޓެއް) ގަނެފައި. އެކަމަކު އިބްރާހިމް ބަހާލި ބިމުން ބިމެއް ފަޔާ އަށްވެސް ލިބުނު!؟
ޢަރުތަ
12 November 2025
ބޯހިޔާވެހިކަމަކީ، ފެށުނީއްސުރެ މިއަދާ ހަމަޔަށްވެސް ހަމަޔާ އިންސާފުން އެއްކިބާވެފަ އޮތް ކަމެއް، ކުރިންވެސް މިއަދުވެސް އަދި މާދަންވެސް ތިކަން ހިނގާނީ ހަމަ ތިގޮތަށް، އިބުރާހިމެއް ޔާމީނެއް މައުމޫނެއް މުއިއްޒު އެއް ތިކަމުގަ ނެތް ތަފާތެއް. ބާރަށު މައިކަށް %60 ޑިސްކައުންޓާއެކު ބީޗްފްރަންޓުން ބިން ވިއްކީ ކިހިނެއްބާ!
އޮނަރަބްލް އަފީފު ދީދީ
12 November 2025
އެހެންކަމުން ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ތެރެއިން އެންމެބޮޑަށް ވައްކަން އާންމުވެފައިވާ "ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމް" ހަރުދަނާކޮށް ފުލެޓް ދެނީ ޙަޤީގަތުގައިވެސް ފުލެޓް ޙައްޤުމީހާއަށްކަން ކަށަވަރުކުރަން ބޭނުންވާ ޤާނޫނު ވުޖޫދުކޮށް، "ފުލެޓް ވައްކަން ހުއްޓުވުމުގެ އިތުރަށް ފުލެޓް ނުލިބޭ ފަރާތްތަކާއި ދައުލަތުގެ ޙައްޤު ހިމާޔަތް ކުރުމަށް" ސޯޝަލް ހައުސިންގ ފުލެޓްތަކަށް އެއްބަސްވުމާއި އެއްގޮތަށް ފައިސާނުދައްކާ މީހުންގެއަތުން ފައިސާ ހޯދަންވެސް ޖެހޭ.
ޢަރުތަ
12 November 2025
އާސަންދަ އާއި އިނާޔަތް މަހުޖަނުންނަށް ދިނުން ހުއްޓާލަން ޖެހޭ: ސަލީމް، ވަރަށް ރަނގަޅު ވާހަކައެއް ސަލީމްބެ ތިބުނީ، ހަމަ ތިގޮތަށް ބޮޑެތި ވިޔަފާރިވެރިންނާ މަހުޖަނުންނަށް މަޖިލިހުގެ ގޮނޑިއަށް ކުރިމަތި ނުލެވޭ ގޮތަށް ޤާނޫނު ފާސްކުރަން އެބަޖެހޭ.
އެހީތެރިޔާ
12 November 2025
ކެޕިޓަލިސްޓް އެއްވެސް ގައުމެއްގައި ރާއްޖޭގައި މިދޭ ގޮތަށް ދައުލަތުން ސަބްސިޓީއާއި އެހީއެއް ނުދޭނެ. މިރާއްޖޭގައި މިކަން ސިޔާސީ ކުރިކުރީނުން ގޮސް މިއޮތީ ހައްދުން ނެއްޓިފައި. ކެނެޑާ ފަދަ މުއްސަނދި ގައުމެއްގައި މި ފަދަ ނިޒާމެއް ނެތް. ރާއްޖޭގައި މިއޮތް ދޯހަޅި ނިޒާމުގެ ސަބަބުން ބޮޑެތި ބަލިތަކުގައި އުޅޭ ނިކަމެތި މީހުންނަށް މި ޖެހެނީ ސަލާންޖަހަން. ބޭސްފަރުވާއަށް ސަލާންޖެހުން ހުއްޓޭނީ މި ނިޒާމަށް ބޮޑު ބަދަލެއް ގެނެވިގެން.
ޢެޑްމުންޑޯ
12 November 2025
ތިބުނީ ރަގަޅަށް ، ދެރައީ ތިވަރުވެސް މިއުޅޭ ސިޔާސީ މީހުންނަށް ނޭގޭތީ
ފެކްޓްް
12 November 2025
މަހުޖަނުންނޭ ބުނާއިރު އެއީ ކިތައް މީހުންތޯ! މުޅި ރާއްޖޭގައި ހުރި ޕިކްނިކްދާނެ ރަށެއްހުރިއްޔާ ހުރީ ކަލޭމެން 4 މީހުންގެ ބެލުމުގެ ދަށުގައި. ............ ކުރަން ތިއުޅޭކަމަކީ "އަހަރެމެން މުއްސަނދިންނަށް ސަރުކާރުގެ އެއްވެސް އިނާޔަތެއް ނުލިބެޔޭ. އެހެންވީމާ އަހަރެމެން ދެން ޓެކްސް ނުދައްކާނަމޭ" މިހެން ވިދާޅުވުމަށްނޫންތޯ!!!! ވެދުން....
ޢަރުތަ
12 November 2025
ސަލީމްބެ އަކީ ވަރަށް ބޮޑު ބުއްދިވެރިއެއް، އަތޮޅު މިނިސްޓްރީގެ ދުވަސްވަރު ހަމީދު ބޭބެއާއެކީ އަތޮލުތެރެއަށް ކުކުޅު ކާން އެންމެ ގިނަ ދަތުރު ގޮސް ރޭކޮށްފަ ހުރީ ސަލީމްބެ، އެދުވަސްވަރުން ފެށިގެން ސަލީމްބެ އެހުންނަނީ ސަރުކާރުގެ ވަތުބަތާނައިގަ، އެއްވެސް މީހަކަށް ނުކެރޭނެ ސަލީމްބެ ގުޑުވާލާކަށް، ހަމަ ބޭނުން ގޮތަކަށް ވިޔަފާރިވެސް ބައްޓަން ކުރަމުން އެގެންދަނީ، ސަލީމްބެ އަކީ ހަމަ މޭން އެއް.
ފެކްޓްް
12 November 2025
ހުސް މަމޮޅު/މޮޅެތި ވާހަކަ. ދެން އަންނަ ޖީލަކަށްވެސް މިވެރިން ކައިރިން ސަލާމަތްވުމެއް ނެތް. އަޅެފަހެ މިމީހުން އެ ރަށްތަށް ހޯދީ ބިޑުކޮށްގެން ސަރުކާރަށް މިލިއަނުން ދައްކައިގެންތަ؟ ދަނޑުބިންހައްދާށޭ ކިޔާ ރަށް ހޯދާފަ ރަށް ވިއްކާލަނީ ފަރަންޖީއަކަށް ބައި ލިބޭގޮތަށް. ދެން ވަނީ މިލިއަނަރުންނަށް. މިޖީލުގެ ޒުވާނުންނަށް ތިގޮތަށް ރަށްރަށް ލިބެން ހުރޭތަ؟ އެގްރީމެންޓް ހަމަވެ ހުރިހާ ރަށެއްހެން ސަރުކާރަށް ލިބެން އޮއްވާ އަދީބާ/ޔާމީނު ވެގެން 99 އަހަރަށް ޖަހާލީ.
އަފްރާސިޔާބު
12 November 2025
ސަލާމަތް ނުވެވޭނެތާ. ފުލެޓް ދޮންބެ ވެރިކަމަށް އަރާފައި ބަޖެޓު ބަހާލީ ވިއްޔާ ފަގީރުންނަށޭ ކިޔާފައި. ރާއްޖޭގައި ފަގީރުންނެއް ނެތްއިރު ފަގީރުންގެ ދަފްތަރެއް ހުޅުވާލައި މުއްސަދީންވެސް އޭގައި. ބިދޭސީންވެސް އޭގައި ޖައްސާފައި އޮތީ.