ޚަބަރު / ބްރޯޑްކާސްޓަރުން

އޭބީޔޫގެ އެސްޖީގެ މަގާމަށް ޓީވީއެމްގެ ކުރީގެ އިންޖިނިއަރިން ހެޑް ނަދީމް

ނަދީމް: އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފައި

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޓީވީއެމްގެ ކުރީގެ އިންޖިނިއަރިން ހެޑް އަހްމަދު ނަދީމް އައްޔަންކޮށްފި އެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބްރޯޑްކާސްޓިން ޚިދުމަތް ތަރައްގީ ކުރަން އުފައްދާފައިވާ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިއަދު އައްޔަންކުރި ނަދީމަކީ މި ދާއިރާގައި 25 އަހަރުގެ ތަޖްރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ނަދީމް އެ މަގާމަށް އައްޔަންކުރަން ނިންމިޔަސް، އޭނާގެ ދައުރު ފެށޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ. މިއީ ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

ޓީވީއެމްގައި ހެޑް އޮފް އިންޖިނިއަރިންގެ މަގާމުގައި 11 އަހަރު މަސައްކަތް ކުރެއްވި ނަދީމް މިހާތަނަށް ހުންނެވީ އޭބީޔޫގެ ޓެކްނޮލޮޖީގެ އެންޑް އިނޮވޭޝަން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ 2008 އިން ފެށިގެން އަދާ ކުރައްވަނީ އޭބީޔޫގެ އެކި މަގާމުތަކެވެ.

އޭބީޔޫގެ މެމްބަރުންގެ ގޮތުގައި 57 ގައުމަކުން 287 ބްރޯޑްކާސްޓަރުން އެބަތިއްބެވެ. އެއީ ތިން ބިލިއަން މީހުންގެ އޯޑިއެންސެކެވެ.

9 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 56%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޗީ

25 November 2022

މަރުހަބާ ... ތިވަރުގެ ޖަމާއަތެއްގެ އސޖ ކަމާ ހިސާބަށް ދެވޭނީ ވަރަށް މަސަތްކަތާއި ހިތްވަރުން. މީގެ އިތިރުން ނަދީމް އަކީ މީހުންނަށް ހިތްހެޔޮ ރަނގަޅު މީހެއް.

The name is already taken The name is available. Register?

ށަވިޔަނި

25 November 2022

ދިވެހިންނަކީވެސް އިންސާނުން. އެހެންކަމުން މަސައްކަތްކުރީމަ ދިވެހިންނަށްވެސް އިންސާނުންނަށްކުރެވޭ ކަންތައް ކުރެވޭނެ.

The name is already taken The name is available. Register?

ދަ ޕުރެސް

26 November 2022

ދިވެހިންނަކީ އިންސާނުން ކަމައް ގާނޫނުގަ ލިއަންފެނޭ. ދިވެހިންނަކީ އިންސާނުން ނޫން ކަމައް ދޭހަވާކަހަލަ ކޮމެންޓެއް… ސަލާމް ?

The name is already taken The name is available. Register?

1206

27 November 2022

ވ. ރަނގަޅު ޚިޔާލެއް. އިންސާނުން ނޫން ކަމެއް އެއް ގޮތަކަށް ވެސް މި ކޮމެންޓުން ދޭހައެއް ނުވޭ.

The name is already taken The name is available. Register?

ޢަލިދީދީއައްޑޫސިޓީ

24 November 2022

ފަންނީ ޢިލްމުވެރި ޤާބިލު ދިވެހިންނަށް ދިވެހިރާއްޖޭގައި ވެސް ކާމިޔާބާއި ކުރިއެރުން ޙައްޤު. އެކަން ޙާޞިލުކުރެވޭނީ، ސިޔާސީ ޕާޓީ އެއްގައި ސަންގުފުމެ އަޑުގަދަކޮށްގެން އެކިއެކި ހަރުފަތްތައް ކަޑައްތުކޮށް މަތިފަޑިޔަށް އަރާ އެރުން ނިމުމަކަށް ގެނެވިގެން. ރައްޔަތުން ތަމްސީލުކުރަން މަޖިލިސް ގޮނޑިޔަށް އިންތިޚާބުވާ މީހުންގެ ޝަރުޠު އަލުން މުރާޖަޢާކޮށް، މަޖިލީހަށް ކުރިމަތިލާ މީހަކީ ކޮންމެވެސް ޑިގްރީއެއް ހާޞިލުކޮށްފައިވާ މީހަކަށް ހަދަން ކޮންމެހެން ވެސްޖެހޭ.

The name is already taken The name is available. Register?

ޢަޒްރާ

25 November 2022

ދިވެހި ރާއްޖޭގެ ވެރިކަން ކުރާ ބޭފުޅުންނަށް ވެސް ޝަރުތެއް އޮންނަން ޖެހޭނެ ކޮންމެ ފަހަރަކު ގްރޭޑް 8ނިންމާފަ ތިބޭ ލަޓޯ ފަޓޯ މީހުންނާއި ވެރިކަން ހަވާލު ކުރީމަ ގައުމު މިދަނީ ފަހަތަށް ކުރިެރުމެއް ނުލިބޭ އެންމެ ކުޑަ މނުން އިމާމ ވެ ނަމާދު ކުރަންވެސް ނޭނގޭ

The name is already taken The name is available. Register?

ފުރޮފެސަރު

25 November 2022

ޕީއެޗުޑީ ހެދީމަ ވެސް އެބަތިބި ލަޓޯފަޓޯވެފަ. އެއީ ހަމަ ވިސްނުމުގެ ކަމެއް

The name is already taken The name is available. Register?

ސީޒަން ޖެކުހަން

24 November 2022

ދިވެހިންނަކީ މަސައްކަތްކޮށްފިއްޔާ 100 ގެ ބައެއް. މަސައްކަތްނުކުރާމީހުން ދަނީ ސުމަކަށް.

The name is already taken The name is available. Register?

ޖިމޮ

24 November 2022

އޭބީޔޫގެ އެކި މަގާމްތަކުގައި ޕީއެސްއެމްގައި ކުރިން މަސައްކަތްކުރި އެތައް ބަޔަކު އެބަތިބި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454