ގދ. ފަރެސްމާތޮޑާ އެއާޕޯޓްގެ ބޮޑު ބައެއް ނިންމާލައިފި އެވެ
އެމްޓީސީސީން ހިންގާ މި ޕްރޮޖެކްޓްގެ ޖުމްލަ މަޝްރޫއުގެ 85 ޕަސެންޓް ވަނީ ނިމިފަ އެވެ. އަދި ރަންވޭ އާއި ޓެކްސީވޭ އާއި އޭޕްރަންގެ މަސައްކަތް ވެސް ވަނީ 90 ޕަސެންޓު ނިމިފަ އެވެ.
މި މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑު ކުރުމާއި ސަބްބޭސް މަސައްކަތްކުރުމާއި ޓެކްސީވޭއަކާއި އޭޕްރަން ފަޔަ ޕެޑް އަދި ފަޔަ ރޯޑެއް ހަދާނެ އެވެ. މީގެ އިތުރުން ފަޔާ ބިލްޑިން އިމާރާތް ކުރުމާއި، ޓާމިނަލް ބިލްޑިން އެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއެއް އަޅާނެ އެވެ.
އެއާޕޯޓާ އެކު ފަރެސްމާތޮޑާގައި އަޅާ ބްރިޖްގެ މަސައްކަތް ވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެ އެއާޕޯޓް ހެދުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އެ ޕްރޮޖެކްޓަށް 145 މިލިއަން ރުފިޔާ ހޭދަކުރާ އިރު މަސައްކަތް ނިންމުމަށް ދިނީ އެއް އަހަރާ އަށް މަސް ދުވަހެވެ.
ފަރެސްމާތޮޑާގެ އިތުރުން ރ. އަލިފުއްޓާއި މ. މުލީގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.