އައިޖީއެމްއެޗްގެ މައި ކައުންޓަރު: ރޯގާ ޖެހުމުން ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް ސަމާލުވާން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައި-- ފޮޓޯ | މިހާރު
10 ޖެނުއަރީ 2023 - 13:57
ރާއްޖޭގައި ލޮލު ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ ލޮލުރޯގާ ޖެހިގެން މި ދުވަސްވަރު ރިޕޯޓު ކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ ބަލީގެ އަލާމަތްތައް ދުރާލައި ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަން އެޗްޕީއޭ އިން ހަނދާންކޮށްދެ އެވެ.
ލޮލު ރޯގާއަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެ ބަލި ޖެހުމުން ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ، ރަތްވެ، ޖަރާސީމު އުފެދެ އެވެ. ލޮލު ރޯގާ ޖެހުމުން ލޯ ރަތްވެ، ލޮލުން ފެން އައިސް، މަޑުލަ އެވެ. ލޯ ދުޅަވެ، ބައެއް ފަހަރު ލޮލުގެ ފެނުން ވެސް ނުސާފުވެ އެވެ.
ލޮލުރޯގާ ފެތުރޭ މިންވަރު ދަނީ އިތުރުވަމުން، ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު. pic.twitter.com/4prYsor1dr
— Health Protection Agency (@HPA_MV) January 10, 2023
- ގިނައިން ސައިބޯނިލައިގެން އަތް ދޮވުން
- އާންމުކޮށް އަތްލާ ތަކެއްޗާއި، ތަންތަން ސާފު ކުރުން
- ލޮލުގައި އަތްލުން، ނުވަތަ އުނގުޅުމުން ދުރުހެލިވުން
- ބޭނުން ކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން
ލޮލު ރޯގާ ޖެހުމުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ރޯގާއަކަށް ވާތީ ބަލި ޖެހިފައިވާ މީހުން އާއްމުންގެ ތެރެއަށް ނުކުމެ ނޫޅުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިރާގެ ކޮންސަލްޓެންޓް
10 January 2023
ކޮބައިތަ ވަރުނަވަރުން ތިބި އެޗްޕީ ޢާއްމު ސާފުތާހިރުކަން ބަލަން ނިކުމެ އުޅޭތީ ނުފެނޭ ހުމާރޯގާ މަދިރީގެ ސަބަބުން މަދިރިއަށް ބޭހެއް ނުޖަހާ
ޢިގްނޮރެންޓް
11 January 2023
ކޮންވާހަކައެއްތަ ތިޔަ ދައްކަނީ. ހަދަންވީ ގޮތް އެއޮތީ ކިޔާދީފައި. ދެން ދަނޑިމާރު އަޅައިގެން އެކަންކުރޭތޯ ބަލަން ބަޔަކު ނުކުންނަން ޖެހޭތަ؟ އަމިއްލައަށް ޒިންމާދާރުވެރިވެބަލަ.