އައްޑޫ ސިޓީ: ތިން ރަށުން ގޯތި ދޫކުރަން ވަނީ ހުޅުވާލާފައި--ފައިލް ފޮޓޯ: މިހާރު
24 ޖެނުއަރީ 2023 - 09:52
އައްޑޫގެ ތިން ރަށަކުން 500 ބަންޑާރަ ގޯތި ދޫކުރަން ސިޓީ ކައުންސިލުން ރޭ އިއުލާން ކޮށްފި އެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ފޭދޫން 1،500 އަކަފޫޓުގެ 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ތެރެއިން ކޮންމެ ރަށަކުން 2،000 އަކަފޫޓުގެ 100 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރެއިން 90 ޕަސެންޓު ގޯތި ދޫކުރާނީ އެ ރަށެއްގެ މީހުންނަށް ކަމަށާއި އަނެއް 10 ޕަސެންޓް ދޫކުރާނީ އެހެން ރަށްރަށުގެ މީހުންނަށް ކަމަށް އިއުލާނުގައި ވެ އެވެ.
ފޭދު އާއި ހުޅުދު އާއި މީދޫން ގޯއްޗަށް ޝައުގުވެރިވާ މީހުންގެ ފޯމުތައް ބަލައިގަންނާނީ އަންނަ މަހުގެ 2 އިން 16 އާ ހަމައަށެވެ.
މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ހިތަދޫން ވެސް 400 ގޯތި ދޫކުރާނެ ކަމަށެވެ. ނަމަވެސް ހިތަދޫން ގޯތި ދޫކުރަން އަދި އިއުލާނެއް ނުކުރެ އެވެ.
"ފޭދޫން ގޯއްޗަށް އިއުލާން ކުރުމުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ވެސް 800-900 މީހުން އެޕްލައި ކުރާނެ،" ނިޒާރު ވިދާޅުވެފައި ވެ އެވެ.
އައްޑޫގެ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ވައުދެކެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގައި އައްޑު އަށް ވަޑައިގަތުމުން ގިނަ ބައެއްގެ އެދުމަކަށް ވީ ވެސް އެ މައްސަލަ އެވެ.
ރައީސްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމާ ޖަލްސާ ބާއްވަނީ ވެސް އައްޑޫގަ އެވެ. އެ ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫ ސިޓީ ބާޒާރު ސަރަހައްދުގަ އެވެ.
Clerk – Marketing, Assistant Officer, Senior Officer, Customer Service Representative, Officer – Administration Department, Assistant Officer, Clerk - Card Operations / Business Support Department
Maldives Islamic Bank
Associate Development Coordination Officer, Programme Communications and Advocacy
United Nations in Maldives
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
25 January 2023
އާދޭހާއިއެކު މޭޔަރާއި ކައުންސިލަރުންގެ ކިބައިންއެދެނީ އައްޑޫ ސްޓޭޑިއަމް އާއި ޖެހިގެންއޮތް (ކުރިން އައްޑޫ ޓާޝަރީ ހޮސްޕިޓަލްއަޅަން ހަމަޖެއްސި ބިން) ހުސްބިމުން ގޯތިދިނުމުގެބަދަލުގައި އެބިން މިހާރުގެ ސްޓޭޑިއަމްގެބިމާއިއެކޮށް އެއީ އައްޑޫ ސްޓޭޑިއަންގެބިމެއްކަމަށް ކަޑައެޅުމަށް. # އަހަރުމެންގެސިޓީ ތަރައްޤީވެގެންދާއިރު ބައިނަލްއަޤުވާމީ މުބާރާތްތައް (ސާފް ގޭމް އާއި ސީ ގޭމްސް ފަދަ) ބޭއްވޭވަރުގެ ސްޓޭޑިއަމެއް އައްޑޫގައި އޮންނާންވާނެ. އެކަމަށް ތިބިން ބާއްވާ.
1206
24 January 2023
ކޮބާތަ ޓުރާންސުޕޭރަންސީ މޯލްޑިސް.. ބަހެއް ނެތްތަ އެވެރިންގެ. ޝަރުޠަކާ ނުލައި.
1206
24 January 2023
ޝަރުޠަކާ ނުލައިތަ؟
ނޯ ވޯޓު ޓު ކޮރަޕްސަން
24 January 2023
މިހަމަ ސީދާ މަގާމާ ބާރުގެ ބޭނުން އިންތިހާވބަށް ފޯރުވާ ވޯޓައް ނުފޫޒު ފޯރުވުން. މިވަރުން އަދި އަސްލު އިންތިހާބުގައި މީނާ ހާދަ ހިސާބަކަށް ދާނޭ ދޮގެ؟؟ މަގޭ ވޯޓު ކޮރަޕުޓް އިބުރާހިމަށް ހަރާން!!!!
ލެވަލް
24 January 2023
ހާތްތެރި. ދަންވަރު ގެޒެޓިކޮއްލި. ރިއެކުޓެއް ނުކުރާނެ އޯ އެކު. ބޮޑު ވަރޭ
ޑެސްޕަރޭޓް ރިއެކުޝަން
24 January 2023
މިއަޅެ ރިޔާސީ އިންތިހާބުތައް މަރަށް ތެޅޭހެން ސަރުކާރު ތެޅެނީ. ހާދަ ޑެސްޕަރޭޓޭ ދެން ދޯ؟
ހަރޫ
24 January 2023
ތި ބޯހިޔާ ވަހިކަމެއް ނެތިގެން ބިންހޯދަން ދުވާ ކޮންމެ މީހެއްގެ މައިންބަފައިންގެ ބިންތައް ހާސް ހާސް އަކަފޫޓިން އެބަހުރި. ފަޅުވެ ވާހެދިފަ. ލޯހުރިމީހަކަށް ތިއިން ކޮނެމެ ރަށަކުން އެ ހުރި ފަޅު ގޯތި ތައް ފެންނާނެ. ވޯޓް ހޯދުމުގެ ބޭނުމުގަ އަނެއްކާވެސް ފަޅުކުރާނެ ބިންތަކެއް ތިދެނީ!
އިބޫ ފެކްޝަން ގދ.ތިނަދޫ
24 January 2023
އެހެން ވެއްޖެއްޔާ ކަލޭގެ ގޯއްޗެއް އޮތީއެވެ. ތިކަހަލަ ވަރަަށް ގިނަ މީހުންނާ ދިމާވެއްޖެއެވެ. ހަމަ ޔަގީނުންވެސް ކަލޭގެ އަމާ ބަފާ ނޫނީ ކަލޭގެ ގޯއްޗެއް ނެތްނަމަ ކަލޭވެސް ގޯތި ހޯދަން އުޅޭނެ. ގޯތި ލިބި ފުދި ބާކީވެގެން އުޅޭމީހުން ތިވައްތަރަށް ވާހަކަ ދައްކާނީ އިގިއްޖޭ ސާބަހޭ އިބޫ އެއްގޮތަކަށްވެސް ތިނަދޫއިން ގޯތި ދަުކުރަން ވިސްނާނެކަމެއް ވިސްނިޔަސް ގޯތި ދިނަސް އިބޫއަށް ތިނަދޫއިން ތާއީދެއް ނުލިބޭނެ
އައްދެ
26 January 2023
ތިޔަ ކޮމެންޓް ކުރި މީހާގެ މައިންބަފައިންގެ ބިން އޮތޭ ކިޔާފަ ބިން ހޯދަން ނޫޅޭނެތަ؟ އެންމެ ކުރީނއުޅޭނެ ދެން ކޮންތާކު މި ޖެހުނީ
ހުސެން ސައީދު
24 January 2023
މިކުރަން އުޅޭ ކަމަކީ މާލެ މީހުނަށް ގޯތި ދިނުމުގެ ކުރިން ރާއްޖެތެރޭ އެއްވެސް އަގެއް ނެތް ބިންތަށް ސިޔާސީ ބޭނުމަށް އިންތިހާބާ ދިމާކޮށް ބަހާލުން، ދެން ކިޔާނެ ރަށުގަވެސް ހިލޭ ބިންދިނޭ... މަކަރު ވެރި... ނުދޭނަން ދެން ރީނދޫ ސަރުކާރަކަށް ވޯޓެއް
ބުނެލީމާ
24 January 2023
ރާއްޖޭގެ އެހެން ރަށްރަށުގެ ބިންތަކުގަ އެއްވެސް އަގެއް ނެތްކަމަށް ތިގޮތަށް ގަބޫލު ކުރުމަކީ ނާތަހުޒީބު ބޯދާ ވިސްނުމެއް.
ސޯނާ
24 January 2023
އެއީ ގޯތި ދޭކަށް އިހުލާސްތެރިކަމެއް ހުރެގެން ކުރާކަމެއްނޫން. އިންތިހާބެއް ބޯމަތިވީމާ އައްޑޫގެ ރައްޔިތުންނާ ސަމާސާ ކުރަން ދައްކާ ދަޅައެއް. ޙުސް ގޯތީގަ ގެދޮރު އަޅާ ދެނީއޭ ކިޔާފަވެސް ގަނޑުތަކެއް ގަތް މީގެ ކުރީގާ. ފީކަޅާ ވެރިކަމެއް.
ނަސްރު45
24 January 2023
މާލޭ މިހުނަށް ކުރިމަތި ލެވޭ ތޯ މިހާރު ނުހުން ބަލައެއް ނުލަންތަ؟
ގުދުގުދާބެއްޔާ
24 January 2023
ނުލެވޭނެ! ހުސް އައްޑޫ މީހުންނަށް އެކަނި! ރޭސިންޓް ރާއްޖެތެރޭ މީހުން!