ޖޭޕީގެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް މިއަދު ވަޑައިގެން ކައުންސިލްގެ މެމްބަރުންނާ ގާސިމް ސަލާމް ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
08 ފެބުރުއަރީ 2023 - 21:14
ގައުމުގެ ކަންކަން އިސްލާހު ކުރުމަށްޓަކައި އޭނާ މިހާތަނަށް ކުރެއްވި މަސައްކަތުން ފައިދާވީ އެހެން މީހުންނަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ، އޭނާ އަށް ވީ ފައިދާއަކީ ރައްޔިތުންނަށް ފައިދާވުން ކަމަށެވެ.
ގާސިމް ވިދާޅުވިގޮތުގައި، މިހާތަނަށް އޭނާ ކުރެއްވި މަސައްކަތުން ފައިދާވީ އެހެން ބައެއް ވިޔަފާރިވެރިންނަށެވެ. އަދި 1984 އިން ފެށިގެން ވިޔަފާރިވެރީގެ ތެރެއަށް ނުކުމެވަޑައިގެންނެވި ފަހުން ވީ "އަނިޔާ" ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި އެކި ކަންކަމާ ގުޅުވައިގެން ޖަލަށް ލުމާއި އޭނާގެ ވިޔަފާރި އަށް ހުރަސް އެޅުމާއި "ތަކެތި ހިފެހެއްޓުން" ފަދަ އެތައް ކަމެއް ކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް، ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މި ފަސް އަހަރު "ހަމަނޭވާލައިގެން" އުޅުއްވުނު ކަން ފާހަގަކުރެއްވި ނަމަވެސް ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުކުރެވޭ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ ތެރެއިން ޖޭޕީ އަށް 10 ޕަސެންޓާ ހަމައަށް ވެސް މަގާމުތައް ހަމަނުޖޭ ކަމަށް މިއަދު ވެސް ވިދާޅުވި އެވެ. އަދި މަގާމުތައް ބަދަލުކޮށް ނުވަތަ އުވާލާއިރު ވެސް މަޝްވަރާ ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.
ޖޭޕީގެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެއާއެކު، ގައުމުގެ ބޮޑެތި ކަންކަން ނިންމާއިރު މަޝްވަރާ ނުކުރެވޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އެކަމަކު، އޭނާ ދެކެވަޑައިގަންނަވާ ގޮތް އެ ކަންކަމުގައި ހާމަކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާ އުޅުއްވަނީ ވެރިކަން ބޭނުންވެގެން ނޫން ކަމަށާއި މުހިންމީ ދިވެހިންގެ ހެވާއި ލާބަ އަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެ ކަމަށް ކަންކަން އޭނާ އަށް ކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
ޖޭޕީގެ ކައުންސިލްގެ މިއަދުގެ ބައްދަލުވުން ގާސިމް ކުރިއަށް ގެންދަވާއިރު، އޭނާގެ ވާހަކަ މެމްބަރުން އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީން އަދި ގޮތެއް ނުނިންމަ އެވެ. އެކަމަކު، މި މަހުގެ 24 ގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި ނިންމާ ނިންމުންތަކުން އެ ކަން ސާފުވާނެ ކަމަށް ބެލެވެ އެވެ.
ޖޭޕީން މިހާރު ނިންމާފައި ވަނީ އެ ޕާޓީގެ ލީޑަރުގެ މަގާމު އުވާލައި ރައީސަކު އައްޔަންކުރާ ގޮތަށް ޕާޓީގެ ގަވައިދު އިސްލާހުކުރާށެވެ
ޖޭޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ މަގާމު ފުރުއްވަނީ ގާސިމެވެ. ސިޔާސީ އެންމެ އިސް މަގާމުގެ ގޮތުގައި އޭނާ ހުންނަވާއިރު އިދާރީ ގޮތުން އެންމެ އިސް ބޭފުޅަކީ އެ ޕާޓީގެ ރައީސެވެ. ދެން ތިއްބަވަނީ ނައިބު ލީޑަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނީ މަނީ މަނީ … އިން އަ ރިޗް މޭންސް ވޯރލްޑް
09 February 2023
ވަރަށް މަނީ އޮރިއެންޓެޑް ކުދިންކޮޅެއް ގާސިމްވަށާ މިއެނބުރެނީ.
ހައްގުބަސް.
09 February 2023
މިހާތަނަ ޖޭބީ ޕާޓީން ރާއްޖެއަ ލިބުނީ ގެއްލުން.
ތުނޑު ހަސަނު
09 February 2023
އަދި 1984 އިން ފެށިގެން ވިޔަފާރިވެރީގެ ތެރެއަށް ނުކުމެވަޑައިގެންނެވި ފަހުން ވީ "އަނިޔާ" ކަމަށް ވިދާޅުވި އެވެ. ބަޔަކަށް އޮޅުވާކަން އުޅުނަސް މަށަކަށް ނޯޅޭ. ވިޔަފާރީފެ ތެރެއިން އިތުރު ބާރުތަކަކާ ނަފާއެއް ލިބުމުގެ ބޭނުމުގައި 1984 ގައި ށިޔާސީވެ ވެރިކަމާ ހިފަން ދިމާކުރީމާ ގެއްލުންތަކެއް ލިބި ބަޔަކު ނަފާހޯދައިފި. މިއަދަށް 7 ފަހަރު 7 އިންތޚާބުގައި ކަށިހެރީމާ މިހާރު ހިރުވައިގަތީ. ކަހާވަރު އިޙްސާސް ކުރެވުނީ.
ނައްޓު
09 February 2023
މީނާގެ ފައިދަށް މީނާޔަކަށް ނުފެންނާނެ.
ބޮޑުމީހާ
09 February 2023
ކޮންމެ ވެރިކަމެއްގެ 4 އަހަރު ނިމި އިންތިހާބަށް 6 މަސްވީމަ މީނަ ރައްޔިތުން މަތިން ވ ހަދާންވާނެ. މިވެރިކަމުގަ ކޯއްޗެއް ނުލިބެނީ. ވިލާ ސްކޫލްގެ ފީ ބޭނުންވަރަކަށް، އެތައް ބިންތަކެއް، އެތައް ބަދަލެއް، އެތައް ފަޅެއް، އެތައް ރަށެއް، މި ގައުމުގެ ހުރިހާ ވެރިކަމެއްގެ ހަލާކަކީ މީ އަދި އަދާލަތު
އަލީހަމީދު
09 February 2023
ކިތަންމެ ބައިވަރެއް ލިބުނަސް ހިތް ނުފުރެންޏާ އެވާހަކަ ދެއްކޭނެދޯ.
ޒުލްފީ
09 February 2023
އަމިއްލަައަށް ފައިދާއެއްވި ކަމަށް ގަބޫލު ކުރާނީ ކިހާ ވަރެއް ލިބުނީމަބާ؟ ހުރިހާ ރަށަކާ ބިމަކާ ވިޔަވާރިއެއް މިލްކުކޮށްގެން!
ކުނިބެ
09 February 2023
ފައިދާއެއް ނުވޭ ދެކުނު ފަރާތު މަގުން ދުއްވާލާފަ ދާއިރު އެހެރަ ފެންނަ ބިންތަކާ ބިޔަ އިމާރާތްތަށް މަހުލި ބަލާލާއިރު 20000 ރުފިޔާ ނާރާ
ތެފައ
09 February 2023
ގައުމުގެ ކަންކަން އިސްލާހު ކުރުމަށް ގާސިމް ކުރާ މަސައްކަތުން ފައިދާވާންވެސް ޖެހޭނީ އެހެން މީހުންނަށް. ގާސިމަށް ފައިދާވާނަމަ އޭގެ މާނައަކީ އެކަންކަން ކުރެވުނީކީ ކަމެއް އިސްލާހުކުރާކަށްނޫނޭ، ގާސިމްގެ އަމިއްލަ އެދުމެއް ހާސިލްކުރާށޭ. އެހެންވީމާ އެހެންއޮތް ކަމެއްގައި، ފާއިތުވި 40 އަހަރު ގައުމު އިސްލާހު ކުރަން ތިމަންނަ ކުރި މަސައްކަތުން ފައިދާވީ އެހެން މީހުންނަށޭ، ތިމަންނައަށް ވީ ފައިދާއެއް ނެތޭ ބުނީމާ އޭތި ތަންކޮޅެއް 'އޮޑު'.
ޑިގަ
09 February 2023
އަހަރެން ވޯޓް ދޭނީ އިންޑިޔާ ސިފައިން ބާލާނަމޭ ބުނާ މީހަކަ.
އައްޑޫ123
09 February 2023
ބޭކާރު އަގަނުތަޅާ.