ޚަބަރު / ގެއްލިގެން ހޯދާ މީހުން

މާލެ އައި މީހަކު ގެއްލިގެން ހޯދާތާ ދެ ހަފުތާ، ޚަބަރެއް ނުވާތާ ތިން މަސް!

ގެއްލިގެން ހޯދަމުންދާ، އަލީ އާރިފް: އޭނާ އެންމެ ފަހުން އާއިލާއަށް ހަބަރުވެފައި ވަނީ ނޮވެމްބަރު މަހު. --

އައްޑޫން މާލެ އައި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ ސ. ހުޅުދޫ، ސަަނީ ލޮޖް، އަލީ އާރިފް 31 އެވެ.

އޭނާގެ ބޭބެ މުހައްމަދު ޝަކީލް "މިހާރު" އަށް މިއަދު ބުނީ، ކަންނެލި ދޯންޏެއްގައި މަސައްކަތް ކުރާ އާރިފް އެންމެ ފަހުން އާއިލާ އަށް ގުޅީ މާލޭގައި ހުރެ، މިދިޔަ އަހަރުގެ ނޮވެމްބަރު 20 ގައި ކަމަށެވެ.

އޭގެ ފަހުން ޝަކީލްގެ ޚަބަރެއް ނުވާ ކަމަށާއި އުޅޭ ތަނެއް ވެސް ނޭނގޭ ކަމަށް ބޭބެ ބުންޏެވެ. އެކަމަކު އޭނާ ގެއްލިގެން ފުލުހުންނަށް ހުށަހެޅީ މީގެ ދެ ހަފުތާ ކުރިންނެވެ.

"އަބަދުވެސް އުޅޭނީ ކަންނެލި ދޯންޏެއްގައި. އެއް ދޯނިން އަނެއް ދޯންޏަށް ވަރަށް އަވަސް އަަވަަހަށް އެހެން ބަދަލުވާނެ. އެކަމަކު އަބަދުވެސް އާއިލާ އަށް ޚަބަރު ވާނެ. ގުޅާނެ،" ޝަކީލް ބުންޏެވެ.

އޭނާ ބުނިގޮތުގައި، އާރީފް މީގެ ކުރިން، މިހާ ގިނަ ދުވަސް ވަންދެން އާއިލާ އަށް ނުގުޅައެއް ނުހުރެ އެވެ.

"މަސްތުވާތަކެތި ބޭނުންކުރާނެ. އަޅުގަނޑަށް ގުޅާނެ ރުފިޔާއެއް ބޭނުން ވެއްޖިއްޔާ. އާންމު ގޮތެއްގައި ގުޅާނެ ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް،" ޝަކީލް ބުންޏެވެ.

ޝަކީލް ބުނީ، އާރިފް މަސައްކަތް ކުރި ކަންނެލި ދޯންޏަށް ގުޅުމަށް ވެސް މަސައްކަތް ކުރި ކަމަށެވެ. އެކަމަކު، އާރިފަކީ އަކީ އެއް ދޯނިން އަނެއް ދޯންޏަށް ވަރަށް އަވަސް އަވަހަަށް ބަދަލުވާ މީހަކަށް ވާތީ އެންމެ ފަހުން އުޅުނީ ކޮން ދޯންޏެއްގައިކަން ނޭނގޭތީ އެކަން ކާމިޔާބު ނުވި ކަމަށެވެ.

"އެއް ދޯނީގައި މަސް ދުވަސް އުޅެލާފައި މުސާރަ ލިބުނީމާ މާލެ އިން ކުއްޔަށް ތަނެއް ހިފައިގެން އުޅެލާފައި، އަނެއްކާ އެހެން ދޯންޏަކަށް އަރާނެ. އެހެން އުޅޭނީ،" އާރިފްގެ ބޭބެ ބުންޏެވެ.

އެ މައްސަލައިގައި ފުލުހުންގެ ބަހެއް ނުލިބެ އެވެ.

14 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 44%
icon angry icon angry 22%
icon wow icon wow 22%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑެބީ

03 March 2023

މީހުން ގެއްލުމާ ބެހޭ އިދާރާއެއް ނޫނީ މިނިސްޓްރީއެއް ހަދަންވެފާ މިޔޮތީ.

The name is already taken The name is available. Register?

މުހައްމަދު 22

03 March 2023

އަފިހުން ގޮއްޔާ ބުނަން ވާހަކައެއް، ހަގީގަތައް ކަން އޮތް ގޮތް ބޭބެ ކިޔާ ދިނުމަކީ ވަރަށް ރަނގަޅު ކަމެއް

The name is already taken The name is available. Register?

ެިެިެނެމެޮ

02 March 2023

ދެން ފެނުނީމަ ބުނާނެ އެއްޗެއް ވިސްނާލަމާ

The name is already taken The name is available. Register?

ނަހީ

02 March 2023

ތިޔަ ކިޔާދިން ގޮތަށް އުޅޭ މީހަކު ހޯދަން ވަރަށް އުނދަގޫވާނެ. ކޮންމެ ތަނެއްގަވެސް ތި މީހާވެދާނެ.

The name is already taken The name is available. Register?

އަހްމަދ

02 March 2023

ހަބަރު ނުވުމާ ގެއްލުމާ ގެ ތަފާތެއް ނުވިސްނުން..

The name is already taken The name is available. Register?

އަފިހުން ގޮއްޔެ

02 March 2023

"މަސްތުވާތަކެތި ބޭނުންކުރާނެ. އަޅުގަނޑަށް ގުޅާނެ ރުފިޔާއެއް ބޭނުން ވެއްޖިއްޔާ. އާންމު ގޮތެއްގައި ގުޅާނެ ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް،" ޝަކީލް ބުންޏެވެ. ހިނިވެސް އާދޭ ދެރަވެސްވޭ.

The name is already taken The name is available. Register?

ދަލޭކަ ދައިތަ

02 March 2023

ކަންނެތްކަން ބޮޑުވެގެން ގޮސް ތައުލީމު ލިބިފައިތިބި ދިވެހި ފިރިހެނުންތަކެއް ހަލާކުވެ މިދަނީ. މަސައްކަތެއް ކުރަން ނުކެރުނަސް ލިބެންޖެހެނީ އަތްނުފޯރާ ވަރުގެ ބޮޑު މުސާރަ. ޑްރަގް ބޯ.މީހުން ބޮނީ ހޭވައްޓާލާފައި. ދެންތިބޭ ބަޔަކު މިތިބެނީ ނަފްސާނީވެފަ. މިތާ މިއުޅޭ ބޮމްދުންނަކި ލިޔަން ކިޔަން ދަންނަބައެއްނޫން މަސައްކަތެއް ކުރިއަސް އެއްކަމެއްވެސް ރަނގަލަށް ކުރަން އެނގޭ ބައެއްނޫން.. އެވަރުންވެސް ދުނިޔޭގަ އުޅެވޭނީ އަތްފައި ހަލުވައިގެންކަން އެމީހުން ދަނޭ.

The name is already taken The name is available. Register?

އާދެވުން

02 March 2023

މިހާރު ނޭގެ ރަހުނެއް ގޮތުގަ ޕާކިސްޓަނަށް ފޮނުވާފަ ނޫންކަމެއްވެސް. މި ނުބައި ނުލަފާ ގޭންގުތައް ދަށުވެފަ އޮންނަ ސަރުކާރުތަކަށް އުފުލޭ ވަރަށް ވުރެ މާ ބޮޑުވެ ބަރުވެފަ މިހާރު ގޭންގުތައް އޮތީ. އެހެން ދޯ ވާނީ. މިދިޔަ ސަރުކާރުގަ ބޮޑެތިސިންގާ މިނިސްޓަރުންނާ އެކު ބޮޑެތި މަހާސިްންތާ ބާއްވަމުން ދުވި ބަޔަކު މިހާރު ތިބޭނީ އާސްމާނުގަތާ.

The name is already taken The name is available. Register?

ބްލޫބެރީ

02 March 2023

މަސްތުވާތަކެތި ބޭނުންކުރާ ވާހަކަ ހާދަ ކެޝުއަލް ކޮށް ބުނެފަ އެޔޮތީ. އެހެން ހުރިހާ ކަމެއް ބަހައްޓާފަ ފުރަތަމަ އެކަމާ އެންނު އާއިލާއިން ކަންބޮޑުވާންވީ؟ ޔަގީން މަސްތުވާތަކެއްޗާ ގުޅުމެެއް ވާނެކަން އެ މީހާ ގެއްލުނު ގޮތް ވެސް.

The name is already taken The name is available. Register?

ހިރިހަންމާ ހުތާ

02 March 2023

މިޚަބަރު ކިޔައި ނިމުނީމާ މިއެނގުނީ، މީނާއަކީ މަސްތުވުމަށް ދެވި ހިފައިފައިވާ އުޅުމެއް ނެތް މީހެއްކަން. މިފަދަ މީހުންގެ ނާޖާއިޒް ފައިދާ ނަގަނީ ގިނަފަހަރު މިއުޅޭ މަސްތުވާ ތަކެތި ވިއްކާ މީހުން. ކިހިނެއް އެނގެނީ މަސްތުވާތަކެތި ރާއްޖެއަށް ފޮނުވައިދޭ ބޭރު ޖަމާއަތެއްގެ ކައިރިއަށް ގެރެންޓާއަކަށް ނުފޮނުވާ ކަމެއްވެސް؟ އުއްމީދަކީ މިސޮރު ރަނގަޅު ސިއްހަތެއްގަ ސަލާމަތުން އާއިލާއާ ބައްދަލުވުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454