ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި. --ފޮޓޯ | މަޖިލިސް
13 މާޗް 2023 - 12:25
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުން ދައުލަތުގެ މުދާ ބޭނުން ކުރާ މައްސަލަ ހައްލު ނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި އެ އިސްލާހުގައި މައިގަނޑު ގޮތެއްގައި އޮތީ ކެންޑިޑޭޓުންނަށް ވައުދުވެވޭނެ ކަންކަމާއި ރިޝްވަތުގެ ގޮތުގައި ބެލިދާނެ ކަންކަން ބަޔާން ކޮށްފަ އެވެ.
އެ އިސްލާހުގެ ބަހުސް މަޖިލީހުގައި މިއަދު ފެށުމާ އެކު ނަޝީދު ވިދާޅުވީ އީޔޫގެ އިލެކްޝަން އޮބްޒަވޭޝަން ޓީމެއެ މަޖިލީހަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރެއްވި ކަމަށެވެ.
އެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަން މި އިސްލާހުގެ ތެރެއިން ހައްލު ވެފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ހާއްސަކޮށް ދައުލަތުގެ މުދާ އިންތިހާބަށް ބޭނުން ކުރުމާއި ދައުލަތުގެ މީޑިއާ ހަމައެކަނި ވެރިކަމުގެ ފަރާތުން ބޭނުން ކުރަމުން ގެންދިޔުން މި ދެ ކަންތަކުގެ ކަންބޮޑުވުންގެ ގޮތުގައި ފާހަގަ ކުރެއްވި،" ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލަ އަށް ގާނޫނީ ފަރުވާ އެއް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކޮންމެ އިންތިހާބެއްގައި ވެސް އެ އިރެއްގެ ވެރިކަމުގައި އޮންނަ ފަރާތަކަށް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތު އާދެ އެވެ.
އެފަދަ މައްސަލަތައް ބެލުމާއި ފިޔަވަޅު އެޅުމުގެ ބާރު އޮންނަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވީތޯ
13 March 2023
އެމްޑީޕީ ޕްރައިމަރީގެ ކުރިން ތިއިން އެއްވެސް މައްސަލައެއް މައްސަލައަކަށްވިތަ؟
ބޮޑުމީހާ
13 March 2023
ދައުލަތުގެ މުދާ ބޭނުންކޮށްގެން ސިޔާސީ މީހުންގެ ވިޔަފާރިއާއި ގެތައް އެހަރަ ތަރައްގީވެ ނިމެނީ، މަނިކްފާނަށްވެސް ދައުލަތުން އެތައް ލައްކައެއް ޚަރަދުކުރޭ، ނުވިތާކަށް ބޭސްފަރުވާވެސް ހިލޭ، ގެދޮރުވެސް ހިލޭ، އަގަޔާއި އަތާއި ދިމާނުވާ މީހާ މިޖެެހެނީ ހުރިހާކމަކަށް ސަލާންޖަހަން
ދޮންޑު
13 March 2023
ތީ އިބުރާމެން ހެދި ގާނުނު އަސާސީ، އޭގެންނު އެ ދައުލަތާ ކުންކުނިތައް އެ ދޮވެލަނީ
އޮނަރަބްލް އަފީފު ދީދީ
13 March 2023
އިއްޒަތްތެރި ރައީސް. ޤާނޫނުއަސާސީ އިސްލާޙްކުރުމުގެ ކުރިންވެސް އޮތް ބޯދާ ޤަދީމީ ނުބައި އާދަ ދޫކޮށްނުލާންވެގެންތޯ އަދިވެސް ތިޔަ މަޖިލީހުގެ ކުރީ ގޮނޑިބަރި ކ.އަތޮޅު މާލޭމީހުނަށް ޙާއްސަކޮށްފައިވަނީ؟ ނުވަތަ އެހެން އެކަންކުރާންޖެހުނީ ޤާނޫނީ ކޮންހަމައަކުންތޯ ވިދާޅުވެ ދެއްވަފާނަންތޯ. # ޤާނޫނުއަސާސީގައި ދާއިރާތަށް ނުވަތަ ރަށްތަށް ނޫންނަމަ މަޖިލިސް މެންބަރުންގެ އަދަދަށްބަލާފައި ގޮނޑި ތަރުތީބުކުރާނަމަ މިހާރު އޮތްގޮތް މިއިން އެއްވެސްހަމައަކާއި އެބަގުޅޭތޯ؟
އެހެންތަ.
13 March 2023
ދެން ކަލޭމެން އައްޑޫ މެންބަރުން ކުރީ ގޮނޑި ބަރިއަށް އަރަންވީނު. އެކަމަކު ކަލޭމެންގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓަރީ ޤުރޫޕް ލީޑަރަކީ ޖަލްސާއަށް ބަރާބަރަށް އަންނަ މީހަކަށް ނުވާތީ ކުރީބަރީގެ ގޮނޑިއެއް ކޮންމެ ދުވަހަކު ހުސްކޮށް ހުންނާނެކަން ހަދާން ކުރާތި.
އަލިފު އަލިފު.
13 March 2023
މޮޔަ ނުވެބަލަ. މަޖިލީހުގެ ކުރީ ގޮނޑިބަރިއަކީ އަބަދުވެސް މާލެއަށް ޙައްސަ ބަރިއެއް. އެއީ އެއްވެސް މައްސަލައެއްނޫން. ގޮނޑިބަރި ހުރިތަން ކަމުނުގޮސްގެން އެހެން ރަށެއްގެ ބަޔަކު ނޫޅޭ މައްސަލަ ޖައްސަމުން. އެކަން ބޮޑުކަމަކަށް ވެގެން އުޅެނީ އައްޑޫ މީހުންނަށް.
ދިރުމެއްގެ ދިރުން.
13 March 2023
އަފީފު ތިވަރަށް ކަންބޮޑުވާ ނަމަ މިހާރު މަޖިލީހުގެ ރައީސަކަށް ހުންނެވީ އައްޑޫ މީހުން ވަރަށް ސަޕޯޓް ކުރާ މީހެއް. އެބޭފުޅާއަށް ދަންނަވަންވީނު ކުރީ ގޮނޑިބަރި އައްޑޫ މެންބަރުންނަށް ދޭން.
އ
13 March 2023
ހާދަވަރަކައް ބައިކޮޅައް ތި ކުޅުއްވަނީ...... ވަރައް ޑިމޮކުރަސީ...
ރާޑޯ
13 March 2023
ނަޝީދުއަށް- ކޮމަންޑޫ ގޮނޑި ހުސްވެގެން މަނިކުފާނުވެސް ހިމެނޭހެން މުޅި ދައުލަތް އެރަށުގަ ބަނޑަހަ ޖަހައިގެން 3 މަސް ތިބިކަން ހަނދުމަފުޅު އެބަހުރިތޯ. އަދި ކުރި ޚަރަދާއި ވީ ވަޢުދު ވެސް ދެއްތޯ
ބަޔަސްނަޝީޑް
13 March 2023
ނަޝީދު ދިވެހި ރައްޔިތުންގެ މުދަލާއި ފައިސާއާމެދު ވިސްނާނާމަ މަޖްލީހުގެ ފުލް މެޖޯރިޓީ އޮތް އިރު މަޖްލީހުގެ މެމްބަރުންގެ އިނާޔަތް ތަކާ މެމްބަރުކަން ކުރީތީ ލިބޭ ޕެންޝަންއަށް އުސޭލެއްހެދީސް. މިހާރު މިވާގޮތަކީ މީނާގެ ބާރު ނުހިގާ ގޮތަށް ކަމެއް ދަންޏާ އެއީ ވަރަށް ބޮޑު ކަމެއް.
ބަޑިތަކުރު
13 March 2023
އެއިރެއްގައި އޮންނަ ސަރުކާރަކުން ވެފައިވާ ވައުދުތައް ފުއްދަން ކުރާ ކޮންމެ ކަމަކީވެސް ހަނިވިސްނުމަކުން ވިސްނައިފިއްޔާ ސަރުކާރަށް ތާއީދު ހޯދުމަށާއި އިދިކޮޅު ފަރާތްތަކަށް ތާއީދު ކުޑަވާނެ ކަންކަމެވެ. ވަކި ޕާޓީއަކަށް ހުސްވެފައިވާ ޗެނަލެއް ނުބަލަން ވެގެން އާދަކޮށް ޓީވީއެމް ބެލި ނަމަވެސް ގިނައިން ފެންނާނީ ސަރުކާރުން ހިންގާ މަޝްރޫޢުތަކާއި ހަރަކާތްތަކުގެ ވާހަކައެވެ. އެކަން އޮންނާނީވެސް އެހެންނެވެ. އެކަން އެއްވެސް އިރެއްގައި ބަދަލެއް ނުވެއެވެ. ވާކަށްވެސް ނ
ދުމްމ
13 March 2023
އިންތިހާބުތަކަށް ދައުލަތުގެ މުދާ ބޭނުންނުކޮށް ދެން ބޭނުންކުރަންވީ މަގޭ ނުވަތަ ނަޝީދުގެ އަމިއްލަ މުދާތަ؟ ގާނޫނީގޮތުން ބާއްވާ އިންތިހާބުތަކަކީ ދައުލަތުގެ ޒިންމާގެ ތެރޭގަ ހިމެނޭކަމެއް. އެފަދަ އިންތިހާބުތަކަށް ހަރަދުކުރަންޖެހެނީވެސް ދައުލަތުން. ދައުލަތުގެ މުދަލުން.
ވާންޗޮ
13 March 2023
އެބުނަނީ ސޯލިހު ކެމްޕޭނަށް ދައުލަތުގެ މުދާ ބޭނުން ކުރާ ވާހަކަ. ސުރުހީ އެކަނި ތި ކިޔަނީ ކަލޯ
މަންޒިލް
13 March 2023
މަރުފަލި ޖަހަާ!