ފުލުހުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި: މި ފަހުން މާލޭގައި ވަނީ ގޭންގް މާރާމާރީތައް އިތުރުވެފައި.-- ފޮޓޯ: ނިޝާން އަލީ \ މިހާރު
20 މާޗް 2023 - 11:59
މާރާމާރީގެ މައްސަލައެއްގައި ފުލުހުން ހޯދަމުންދާ މީހަކު ފޮރުވައިގެން ގެންގުޅޭ ކަމަށް ތުހުމަތުކޮށް ފަސް މީހަކު ކޯޓު އަމުރުގެ ދަށުން ރޭ ހައްޔަރުކޮށްފި އެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މިދިޔަ މަހު 15 ގައި ހޯދަން އިއުލާންކުރީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ އިބްރާހިމް ފައިހް ނިޒާމް، 25، އެވެ.
އޭނާ ފޮރުވައިގެން ގެންގުޅޭ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އަދި އެ މައްސަލައިގައި ރޭ ބަޔަކު ހައްޔަރުކޮށްފައިވާކަން ވެސް ފުލުހުން ކަށަވަރުކޮށްދިނެވެ.
ހައްޔަރުކުރި މީހުން މިހާރު ވަނީ ބަންދުގެ މުއްދަތަށް ކޯޓަށް ހާޒިރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހޯދަމުން ދަނީ މިދިޔަ ޖެނުއަރީ، 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީ އެވެ.
މިފަހުން މާލޭގައި ގޭންގު މާރާމާރީތައް އަނެއްކާވެސް ވަނީ ގިނަވެފަ އެވެ. އެ މާރާމާރީތަކުގައި އެކަކު މަރާލާފައި ވާއިރު ތަންތަނާއި ތަކެއްޗެއް ގެއްލުން ވެސް ވަނީ ދީފަ އެވެ. މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި ނުރައްކާތެރި މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައި ވަނީ ހަތަރު ގޭންގަކާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2023
20 March 2023
މިއޮށް ކުޑަ މާލޭގަވެސް އެތަކެއް ގޭންގް ގްރޫޕެއް، މިއީ ފަރުބަދައާއި، ވާދީ ތަކަކާއި، ޖަންގަލިތައް އޮތް ތަނެއް ނޫންވިއްޔަ ފުލުހުންނާއި، ސިފައިން މީ ކީއްކުރާ ބައެއްބާ؟ ބޮއިހަލަކި
ދގދސެފ×
20 March 2023
ހައްޔަރުކުރިޔަސް ނުފޮރުވާކަމަށްވާނީ. އެހިސާބުން އެކަން އެނިމުނީ.
އަލިބޭ
20 March 2023
ކުރިން ހިނގާފައިވާ މަރުގެ މައްސަލަތަކުގައި ހިމެނޭ ފަރާތްތައް މީގައި ހިމެނޭތޯ؟
އުމޭއްތަ
20 March 2023
ފުލުހުންގެ ނުކުޅެދުންތެރިކަމުން މީހަކު އަތު ނުވީމަ ދެން ވީ އޭނަގެ މުޅި އާއިލާއާ ގާތް ރަހުމަތްތެރިން ރަހީނު ކުރަންތަ؟ މީ އަމްރިޝްޕޫރީ ގޮސް އަޖޭގެ މަންމަ ވަގަށް ނެގުން ކަހަލަ ކަމެއްނު. މީހުން ފޮރުވުމުގެ ތުހުމަތު ކުރަންޏާ ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ހުންނަން ވާނެ. ފޮރުވި މީހަކާ ތަނެއް ދެއްކެން ވާނެ. ބްލެކްމެއިލްކޮށްގެން މީހުން އަތުލާ ހިސާބަށް ފުލުހުން ވެއްޓުނީ؟