އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހު: އޭނާ ވެސް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެ، ރައީސަށް ތާއީދުކުރަން ނިންމަވާފައި --- ފޮޓޯ/މިހާރު
30 މާޗް 2023 - 23:45
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވެސް ޖުމްހޫރީ ޕާޓީން ވަކިވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމައިފި އެވެ.
އެމްޑީޕީއާ ވަކިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން ނިންމާފައިވާތީ، އެ ޕާޓީގެ ސްލޮޓެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝާހު އެ ޕާޓީއަށް މިއަދު ފޮނުއްވި ސިޓީގައިވަނީ ރައީސަށް މިފަހަރު ތާއީދުކުރާތީ ޖުމްހޫރީ ޕާޓީން ވަކިކޮށް ދިނުން އެދޭ ކަމަށެވެ.
ޝާހުގެ އިތުރުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އައިމިނަތު މުހައްމަދު ސަލީމް ވެސް ވަނީ މިއަދު ޖުމްހޫރީ ޕާޓީން ވަކިވުމަށް ނިންމައިފަ އެވެ. އޭނާ ވެސް އެގޮތަށް ނިންމެވީ ރިޔާސީ އިންތިހާބުގައި ރައީސަށް ތާއީދު ކުރެއްވުމަށެވެ.
ޖުމްހޫރީ ޕާޓީގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން އެ ޕާޓީން މިހާރު ދަނީ ވަކިވެ، ރައީސަށް ތާއީދު ކުރައްވަމުންނެވެ. އެހެން ނަމަވެސް ވަޒީރުންގެ ތެރެއިން އެއްވެސް ބޭފުޅަކު އަދި އެ ޕާޓީން ވައްކެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް މިއަދު ވަނީ ރަސްމީކޮށް ޕާޓީއަށް ހުށަހަޅުއްވައިފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިލީކްސް
01 April 2023
ޝާހު އަކީ އެންމެ ފުރަތަމަ އެމްޑީޕީގެ މީހެއް. އެމްޑީޕީގެ ސެކްރެޓެރީ ޖެނެރަލް. އޭގެފަހުން ޖޭޕީ... އަނެއްކާ ޖެހިވަޅަށް. ޝާހުއަށް ތަނެއްގެ ބޮޑު މަގާމެއް ދިނީ ޖޭޕީ ވެގެނެއް ނޫން. އެމްޑީޕީގެ ގުޅުމިުގެ ސަބަބުން އެނުފޫޒުން.
އަބްޅޯ ގޯތި އާދަނު
01 April 2023
ގިނަމީހުން އެދަނީ އެމީހުންގެ ކެރިއަރ އަށް ވިސްނާފައި އެއްމެ އުއްމީދީކޮށް ބެލޭ ފަޅިއަކަށް. އެއީ މައްސަލައެއް ނޫން. ވިންކުރާނީ އިބޫއޭ ، ގާސިމުއޭ ، ޕީޕީއެމްއޭ ހީކުރާ މީހުން ވެސް ތިބޭނެތާ. އެއީ އެމީހުންގެ އަމިއްލަ ކަމެއް. ދެން ކިތަންމެ ގައުމަށް ރަނގަޅުގޮތޭ އެއްޗެކޭ މީއްޗެކޭ ކިޔަސް އެކިޔާ އެތީގެ %80 ޕްލަސްއަކީ ހަމަ ތިމާމީހާއަށް ރަނގަޅުގޮތް!
އަލި
01 April 2023
ވަޒީފާ އަށް ވިކޭ މީހުން..
ސިޓީ
31 March 2023
ކޯލިޝަން އެއްބަސްވުމުގެ ދަށުން ޖޭޕީގެ ސްލޮޓެއް ކަމަށްވާތީ ޝާހު އެމަގާމުން ވަކިކޮށްފައި ޖޭޕީއިން ކަނޑައަޅާ އާމީހަކު އެމަގާމަށް އައްޔަންކުރަން ޖޭޕީއިން އިބޫއަށް ސިޓީއެއް ފޮނުވަންވީ
ސްލޮޓް
01 April 2023
ޝާހު ޖޭޕީގައި އިރެއްގައި ހުރީ އެމްޑީޕީގެ ފަންޏެއްގެ ގޮތުގައި. ޝާހުއަކީ އަސްލު އެމްޑީޕީ މުއްލާއެއް. އެޕާޓީގެ ސެކްރެޓެރީ ޖެނެރަލް ކަމުގައި ހުރި މީހެއް
އަހުމަދުއަލޯ
31 March 2023
ސާހުއަކީ ހަމަ ހިހޫތަނުން ކައިލާގެން އުޅޭ ސޮރެއް..ލޮލް
އެމްސް
31 March 2023
މަޤާމާއި ހެދި އުޅޭ މީހުން އަބަދުވެސް އުޅޭނީ މަޤާމާއި ހެދި!
މަހު މުސާރަ
31 March 2023
ފޯ ދަ ލަވު އޮފު 6 މަންތު ސެލެރީ ލޮލް
ރަންނަ
31 March 2023
މަގާމު މިހިންމީ
ރުއްދަޅޭ
31 March 2023
މިއާއޮ.. މިއާއޮ..
ހުސެންް
31 March 2023
އަވާމެންދުރުގެ ދަޅަ ހާދަގަދައޭދޯ. ސަލާންޖަހަން ގެންގުޅުނު ނާށިގަނޑު ދޫކޮށް އެއޮތްދަނީ ދުރުން ފެންނަ ފެންކޯރަކާއި ދިމާލަށްވިއްޔާ. އެކަމަކުވެސް އެކޯރުން ފެންފޮދެއް ލިބޭހިސާބަކަށް ނުދެވޭނެ. ދެންތިބޭނެ ކަރުހިއްކާނެ ގޮތެއް ނެތިފަ.