ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު: މޮރިޝަސްގެ ވަކާލާތު މައްޗަށް ރާއްޖެއިން ހޯދި ކާމިޔާބަށް އޭނާ ތައުރީފު ކުރެއްވި
28 އެޕްރީލް 2023 - 19:37
ރާއްޖޭގެ ދެކުނު ސަރަހައްދު ޗާގޯސް އާ ވީ ސަރަހައްދުގެ އިން ކަނޑައެޅުމުގައި މިއަދު މޮރިޝަސްގެ މައްޗަށް ރާއްޖެ އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ހޯދި ކާމިޔާބަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ތައުރީފު ކުރައްވައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ދެ ސަރުކާރެއްގައި ކުރެއްވި، ހާރިޖީ ދާއިރާގެ ތަޖުރިބާކާރު ޝަހީދު ވިދާޅުވީ ކަނޑުގެ އިމުގެ މައްސަލާގައި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަމަށް އެ ގައުމުން ވާކާލާތު ކުރާ ސަރަހައްދުން ފަހަތަށް ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅާ އެއްގޮތަށް ކޯޓުން ރާއްޖޭގެ ކޮޅަށް ނިންމުމަކީ ކާމިޔާބެއް ކަމަށެވެ.
"މިއަދު އިޓްލޮސްގައި މުހިންމު ގިނަ ޕޮއިންޓްތަކެއް ރާއްޖޭގެ ކޮޅަށް ކާމިޔާބު ވުމުން ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތަށް މަރުހަބާ ކިޔަން،" އދ. ގެ ރެޕެޓުއާގެ މަގާމު ވެސް ކުރިން ފުރުއްވި ޝަހީދުގެ ޓްވީޓްގައި ވިދާޅުވި އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސް އަށް ފޮނުއްވި ސިޓީއާ އެއްގޮތަށް ކޮސްޓް ރިކަވަރީ ކްލޭމްސް މޮރިޝަސް އިން ދޫކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިަށް ތަހުނިޔާ ދަންނަވަން."
Congrats to AG @ibriffath on winning several key points via ITLOS judgment today. 🙌Congrats to President @ibusolih on getting Mauritius to drop cost recovery claims via his letter to Mauritius. 👏🏻👏🏻👏🏻 Give credit where credit is due. Hope Mdv wins at remaining claims re EEZ.
— Ahmed Shaheed (@ahmedshaheed) April 28, 2023
މިއަދުގެ ކާމިޔާބީގައި ކްރެޑިޓް ހައްގުވާ ފަރާތްތަކަށް ކްރެޑިޓް ދިނުމަށް ވެސް ޝަހީދު އިލްތިމާސް ކުރެއްވި އެވެ. އޭނާ އެދިވަޑައިގަތީ ރާއްޖޭގެ އީއީޒެޑްގެ މައްސަލަތަކުގައި ދެން ހުރި ކަންކަމުގައި ވެސް ރާއްޖޭގެ ކޮޅަށް ކާމިޔާބެވެ.
ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމީ ރާއްޖެ އަށް ބޮޑު ބައެއް ލިބޭ ގޮތަށެވެ. ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އަށް ލިބެ އެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.
މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެލިދުނި
04 May 2023
ހާދަހީވޭ ޔޫއެންގެ ކޮންޓްރެކްޓް ހަމަވުމުން އައު ނުކޮށްދެނީހެން އިތުރަށް. މަގާމެއް ލިބޭނެ ތިޔަ ގޮތަށް ޓުވީޓުކުރަންޏާ. ނޯ ވޮރީސް
ކަނބިލި
01 May 2023
މަގާމަކަށް ހިޔަނި އަޅާހެން ހާދަ ހީވޭ
އިޖުއާން
30 April 2023
އަޖައިބެއް، އަދި ޗާގޮސް ނުވޭ މޮރިޝަސްގެ ރައްތަކަކަށް، އެމައްސަލަ އަދި އެއްކޮން ނުނިމޭ ކޯޓަކުން، އިގިރޭސިން ދުލެއް ނުކުރާނެ. އެއީ ހަމަޔަގީން.
ފިނރުޓޭ
30 April 2023
ސަހީދު ބުންޏަސް ހަމަ ތެދެއް ދެން ވާނީ ތެދަކަށްނު! މީ ހަމަ ރާއްޖެ އަށް ލިބުނު ކާމިޔާބީ އެއް ކަމަށް ދެކެނީ އިނގޭ!
ޖޭގްރީން
29 April 2023
ބައި އެޅޭމީހުންނަށް ކާމިޔާބު ވީ އެވެ. އެކަމަކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނީއެވެ.
ބަލިމީހާ
29 April 2023
ދިވެހިރާއްޖެއަށް ކޮންއިރަކުތަ ފޯޅޮވަހިކަނޑު ލިބިފައޮތީ؟ ބަލަގަ އެއީ ވެސް މިނިވަން ގައުމެއްގެ މިލްކިއްޔާތެކޭ. ދެން އެއުޅޭ އިސްރާއީލުން އުޅޭހެންތަ އަހަރުމެން ވެސް އުޅެންވީ؟ މީހުންގެ ބިން ޖަހައިގަނެގެން ކަނޑު ފޭރިގަނެގެން. އެފެންވަރު އެބަހުރިތަ؟ މޮޔަބޮޑުވިޔަސް ތިދެން ބޮޑުވަރު.
ހާމިދު ޝާހިދު
29 April 2023
ރާއްޖޭގެ ސިޔާދަތީ ބާރުން ބައެއް އުނިވެ، އިންޑިއާގެ ހެސްކިޔާފައި ނުފާޒު އޮންނަ މާދުރުގައި އޮތް މޮރިޝަސްއަށް އެސަރަހައްދު ލިބިއްޖެ ނަމަ، އިންތިހާއަށް ނުރައްކާވާނެ، އިންޑިއާއިން އެސަރަހައްދުގައި އެމީހުންގެ މިލިޓަރީ ފުޅާކުރާއިރު، އިންޑިއާގެ ކުންފުނިތަކަށް މަސްކަނޑުތައް ދީގެން ދާއަޅައިގެން މުއްޖަހާފައި މަސްކޮޅު ދަވާލާއިރު، މަހުގެ ދިރުމުގެ ސައިކަލަށް އަންނަ ބަދަލާއެކު، ރާއްޖޭގެ މަސްވެރިކަމަށް ބޮޑު އަސަރެއް ކުރާނެ. މިވަރު ނޭންގޭ މީހެއް މިއީ!
ޕީޕީއެމްދެބޯގެރިދުއްވުން
29 April 2023
2019 މޭ 24 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ނެރުނު ބަޔާނުގައި، ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދައުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވައިލި އދ. ގެ އާއްމު މަޖިލީހުގެ ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން، ރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭނެކަމަށް ބުންޏެވެ. މިހާރު މިބައިގަނޑު ކިޔަނީ އެހެންލަވައެއް.
ޖުވައިދާ
29 April 2023
ކޮން ކަމަކާ މިއުޅެނީ .ތިއަށްވުރެންމާރަނގަޅުވާނެ ދަރަނި ބޯގެ ފަހަތުގައި ތިބި ވަގުން ކާލި އެމްއެމްޕީއާރުސީގެ ރުފިޔާ ހޯދަން އުޅުނިއްޔާ.ރައްޔިތުންނަން މާފައިދާވާނެ.މި ސަރުކާރުން ކަރަޕްޝަން ހުއްޓުވާ ފެނަކަ ސައީދުމެން އެކާ ދިރުވާ ރުފިޔާ ހޯދަން އުޅުނިއްޔާ.ކހ ބޑ ބލ އެއް.
ޢަބްދުލްލަތީފު
29 April 2023
މިސަރުކާރުން ގައުމަށް ޣައްދާރުވެއްޖެ. މަގޭ ވޯޓު މިސަރުކާރަށް ދެން ހަރާމް…
ބައެއްގުލުނީމަ
29 April 2023
މާޒީއައް ބަލާއިރު’ ގައުމުން ނުވަތަ ގައުމިއްޔަތުން ބައެއް ގެއްލޭކޮއްމެ ކަމަކައް ސަހީދުގެ ތާއިތު އޮތުން އެކަށީގެންވޭ.