28 އެޕްރީލް 2023 - 22:04
ޗާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު އެއްވެސް އިރަކު ހިނގާފައިވާ ގައުމެއްކަން އެނގޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމި ނިންމުމާ ގުޅިގެން، ކެބިނެޓް މިނިސްޓަރުންނާ އެކު މިހާރު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އެތައް ގާނޫނުއަސާސީއެއް އައިއިރު އެއިން އެއްވެސް ގާނޫނުއަސާސީއެއްގައި ވެސް ޗާގޯސްގެ ވާހަކައެއް ނެތް ކަމަށެވެ. އިޓްލޮސް އިން ނިންމީ ފުށު އަރާބައި އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މި މައްސަލަ ރާއްޖެ އިން ބޭނުންވި ގޮތަށް، ހިލާފު އުފެދުނު ބައި ވެސް ރާއްޖެ އަށް ލިބުނެވެ.
ޗާގޯސް ހޯދަން މަސައްކަތް ކުރާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޗާގޯސް އަކީ ކޮން ބައެއްގެ ތަނެއް ކަމާ މެދު މީގެ ކުރިން ވަނީ ގޮތްތަކެއް ނިމިފައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ފުރަތަމަ ކަމަކަށް ރާއްޖޭގެ އެއްވެސް ޒަމާނެއްގައި އެއްވެސް އިރެއްގައި ދިވެހިންގެ ސިޔާދަތީ ބާރު ހިނގާ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަކަށް ފެންނާކަށް ނެތް. އަދި ގާނޫނުއަސާސީ ލިޔެވެން ފެށީއްސުރެ 1932 އިން ފެށިގެން, ސަރަހައްދު ކަނޑައެޅިގެން މިހާތަނަށް އައިއިރު ވެސް އެއިން އެއްވެސް ގާނޫނުއަސާސީއެއްގައި އަޅުގަނޑުމެންގެ ސަރަހައްދުގެ ތެރޭގައި ޗާގޯސް ހިމެނިފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.
"އެހެންވެ ޗާގޯސް އަކީ ދިވެހިންގެ ތަނެއް ކަމަށް ބުނެވޭނެ ތާރީހީ ހެއްކެއް, އަދި ގާނޫނީ ގޮތުން ވެސް އެކަން ބެލެވޭނެ ޖާގައެއް ފެންނާކަށް ނެތް."
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ޗާގޯސްގެ މިލްކުވެރިކަމާ ދޭތެރޭގައި އުފެދިގެން އުޅުނު މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސް އާ ދޭތެރޭ އޮތް މައްސަލައެއް ކަމަށެވެ.
"މޮރިޝަސް އިނގިރޭސިވިލާތުގެ އަތްދަށުގައި އޮތްއިރު ޗާގޯސް މޮރިޝަސްގެ ތެރެއިން އިނގިރޭސިން ވަކިކުރި. އޭގެ ފަހުން 1967 ގައި މޮރިޝަސް އަށް މިނިވަންކަން ލިބިގެން ދިޔައީ. އެ ހިސާބުން ފެށިގެން ވެސް މޮރިޝަސް އިން ޗާގޯސްގެ މައްޗަށް މިލްކުވެރިކަން އޮތްކަމަށް [ބާރު އޮތް ކަމަށް އެ ގައުމުން] ވަކާލާތު ކުރަމުން ގެންދިޔަ. އެހެން ގޮސް, 2017 ވަނަ އަހަރު މި މައްސަލަ މޮރިޝަސް އިން އދ. އަށް ހުށަހެޅި. އަދި އެ މައްސަލައާ ގުޅިގެން އދ. ގެ ޖެނެރަލް އެސެމްލީން ވަނީ މައްސަލަ އައިސޭޖީ އަށް ހުށަހަޅަން ނިންމައިފައި. އައިސީޖޭ އިން ދިނީ ގާނޫނީ ލަފައެއް ދިން އެއީ މޮރިޝަސްގެ ބައެއް ކަމަށް."
ރައީސް ވިދާޅުވީ، އައިސީޖޭ އިން ނިންމި ނިންމުމަށް އދ.ގެ ޖެނެރަލް އެސެމްބްލީން ވޯޓަކަށް އެހި ކަމަށާއި ރާއްޖެ ހިމެނޭ ގޮތަށް ހަ ގައުމު ފިޔަވައި ވޯޓު ދިނީ އެ ނިންމުމާ ދެކޮޅަށް ކަމަށެވެ.
"އެ ދުވަހު ވޯޓު ދެމުން ވެސް ބުނެފައި ވާނެ އަޅުގަނޑުމެން ވޯޓު ދެނީ އަސްލު މައްސަލައާ އިދިކޮޅަކަށް ނޫނޭ. އޭރު އިޓްލޮސްގައި މޮރިޝަސް ދައުވާކުރޭ ޗާގޯސްގެ މައްސަލައެއް އީއީޒެޑް ކަނޑައެޅުމާ ބެހޭ ގޮތުން. އޭރު އަޅުގަނޑުމެން ވެސް އޮންނާނެ މައްސަލައެއް ލައިފައި މޮރިޝަސް އަކަށް [އެ ދައުވާ ކުރުމުގެ] ފުރުސަތެއް ނެތް ކަމަށް ބުނެ. [އެހެންވެ] އެއަށް ބާރު ދިނުމުގެ ގޮތުން އަޅުގަނޑުމެން ދިން ވޯޓެއް އެއީ. އެކަމަކު އޭގެ ފަހުން އިޓްލޮސް އިން ނިންމާފައި މި އޮތީ އައިސީޖޭގެ ނިންމުމާ އެއްގޮތަށް މޮރިޝަސްގެ މައްސަލަ ބެލޭނެ ކަމަށް."
"އެހެންވީމަ އަޅުގަނޑުމެންނަކީ ކުރިން ވެސް ދެންނެވިހެން މުއާހަދާތަކުގައި ބައިވެރިވެފައި ތިބި ބަޔަކަށް ވާތީ މޮރިޝަސްއާ ބެހޭ ގޮތުން އިޓޮލްސް އާއި އައިސީޖޭގެ ނިންމުމަކީ އެ މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކުން ތަބާވާން ޖެހޭ އެއްޗެއް ކަމަށް އަޅުގަނޑު ދެކެނީ."
ޕްރެސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ޗާގޮސްގެ މައްސަލައިގައި ބައިނަލްއަގްވާމީ ގޮތުން ކުރެވޭ މަޝްވަރާތަކުގައި އިނގިރޭސި ވިލާތުން އަބަދު ވެސް މަޝްވަރާ ކުރަނީ މޮރިޝަސް އާ ދެމެދުގައި ކަމަށެވެ. ޗާގޮސްގެ މައްސަލައިގައި ރާއްޖެ އާ ދެމެދު އެއް ވެސް އިރެއްގައި އެއް ވެސް މަޝްވަރާއެއް ކުރިއަށް ގެންދެވިފައި ނުވާކަމަށް ޝާހިދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
30 April 2023
ދެން މުނައްވަރުމެން ނުކުމެ ކޮންބޭކާރު ވާހަކަ އެއް ދައްކާކަށް މާ މޮޅު މީހަކަށް ހެދި ގަނެގެން! ބަލަގަ ގާނޫގަ ލިޔެވިދާނެ ކޮންމެ އެއްޗެކޭވެސް، އަހަރުމެންޖެހޭނެ ދޯ ބައިނަލް އަގްވާމީ ގާނޫނުތަކަށް ތަބާ ވާން!
8789
30 April 2023
އަހަރެމެން ކިޔެވި ދިވެހި ތާރީޚްގައި ބުނެފަ އޮތީ މީގެ 6000 އަހަރު ކުރިން ސިންހަޅައިންގެ ރަސްކަލަކަށް ހުންނެވި ބޭފުޅޭވެސް ދިވެހިންގެ ރައްތަކެއް، އަދި އެރައްތަކަކީ ތާވައްކާށި ލައްގާ ރައްތަކެއްގެ ވާހަކަ ދައްކާފައިވާކަން. މިއީ އެންމެ އެވޭލާ ޒަމާނުގައިވެސް ދިވެހިންގެ އަމިއްލަ އަތޮޅެއްކަން ފްރާންސާއި އިންގިރޭސިވިލާތާއިި، ސްޕޭންފަދަ ގައުތަކުގައ ހުރި އާސާރީ ލިޔުންތަކުންވެސް އެނގެން އޮތްކަން. ކޮންމެއަކަސް މިސަރުކާރަކީ ދެބަސްވެވެންނެތް ގައްދާރު ސަރުކާރެއް.
މޮޔަވެއްޖެ
30 April 2023
މި ސަރުކާރަކީ ދެބަސްވެވެންނެތް ޣައްދާރު ސަރުކާރަކަށްވީ، މީގެ 6000 އަހަރުކުރިން ފެށިގެންވެސް ޗާގޯސްއަކީ ރާއްޖޭގެ ބަޔަކަށް އޮވެފަ މި ސަރުކާރުނޫން ނިމިދިޔަ ހުރިހާ ސަރުކާރެއްގެ ބާރު ޗާގޯސް މައްޗަށް އޮވެފަ، މިސަރުކާރުން ޗާގޯސް ދޫކޮއްލީމަތަ؟
އަވީލާ
30 April 2023
އެވޭލާ ޒަމާނުގައި ކޮންމެ ގޮތަކަށް ކަން ހިނގާފައި އޮތަސް ދިވެހިން ދުވަހަކު ހޯދަން ނުއުޅެ ތިބި ތަނެއް ހޯދަން މިއަދު އުޅުމަކީ ދިވެހިންނަށްވެސް ލަދުހުތުރު ކަމެއް. އެތަން ހޯދަން ނުއުޅެގެން ގައްދާރުވާނީ ހަމައެކަނި މިސަރުކާރެއް ނޫން. ވޭތުވި ހުރިހާ ސަރުކާރެއްވެސް އެކަމުގެ ޒިންމާ ނަގަންޖެހޭނެ.
ޕޫރުބެ
30 April 2023
އ ޞ އަކީ އަހަރެމެންގެ ވެރިއެއްކަން އެނގޭކަށްނެތް. ކުލީ އެޖެންޓެއް.
އެމްސް
30 April 2023
އެއަކީ މޮރިޝަސްގެ ތަނެއްވެސް ނޫން! އޭޝިއާގަ އޮތް ތަނެއް އެފްރިކާގެ ޤައުމަކަށް ގޮސްގެން ނުވާނެ!
ރިޔާޒު ރަށީދު
30 April 2023
އެތަނަކީ އެތަނުގެ އެންމެ ފުރަތަމަ ވަޒަންވެރިންގެ ތަނެއް. އެމީހުން މިހާރު ތިބީ މޮރިޝަސްގެ ރަށްވެހިންގެ ގޮތުގައި. އެ ރަށްވެހިން ވެސް ދައުވާ ކުރަނީ އެހެން.
ހަސަން ކުރުސް
30 April 2023
އެތަނަށް ދަތުރު ކުރި މީހުންނަކީ ދިވެހިން. މުސްކުޅި ވާހަކަތަކާއި ހާދިސާތަކުގައި ފުވައްމުލަކާއި އައްޑޫގެ ބައެއް އެތަނަށް ދިޔަކަމަށްވޭ.
ކެމްސް
30 April 2023
އެމްސްއާ ދެބަސްވާން ސަތޭކައަށްވުރެ ގިނަ ގައުމު އެބައޮތް އަދި އދ. ގެ ހުރިހާ ގުނަވަނެއްވެސް އެބައޮތް. އަދި ކުރިއަށް އޮތްތަނުގަ އެތަނުގަ ވަޒަންވެރިވާ މީހުން ނޭދޭނެ ރާއްޖެއިން އެތަނުގެ މިލްކުވެރިކަން ހޯދަން އުޅޭކަށްވެސް. ދިވެހި ވިސްނުމުން ނުވިސްނާ ޗާގޯސްގަ ވަޒަންވެރިވާން އެއުޅޭ މީހުންނާ އެތަން ހޯދަން އެދި އުޅޭ މީހުންގެ ވިސްނުމުން ވިސްނީމަ ތަންކޮޅެއް ހޭޖެހިދާނެ.
ސުލައިމާން ޝާޙް އެތުރުލް އުސްމާން
30 April 2023
އަހަރެން ހަމަ އަޖައިބުވޭ ދިވެހީންގެ ތާރީޚު ކޮއިމަލާގެ ވަތުބަތާނު ވަހަކަ ކޮޅަކާ އިނގިރޭސިން އައްޑޫން ފޭބި ހިސާބުން ގުނަން ފަށާތީވެ. މިއުޅޭ މާތާރީޚް ހެދިގެން އުޅޭ ސިޔާސީ ފޭކުސްތާނުން އަބަދުވެސް ބުދު ދީނާ ދިވެހީންނާ ގުޅުވަން ވަރަށް މަސައްކަތް ކުރޭ. މީގެން އިނގެނީ ދިވެހި ތަރީޚު އޮޅުވާލާފަ ވާކަމެވެ. ރަސްމީ ސިފައެއްގަ ޔުނިވަރސިޓީގައި ދިވެހި ތާރީޚް ދިރާސާ ކުރުމެއް ނެތެވެ. އެފަދަ ޑިގްރީ ކޯހެއްވެސް ނެތެވެ. އިބްނި ބަތޫތާގެ ކުރީންވެސް މިތާ އަރަބީން އުޅުނު.
މޯރުސްތާނު
29 April 2023
މިތާ ވަކާލާތު ކުރާ ކޮމެންޓް ކުރާ މޮރިޝަސްގެ ރައްޔިތުން ހާދަ ގިނަވެއްޖެއޭ. މިތަން ހުންގަން ތިބީ މޮރިޝަސްގެ ދަރިކޮޅެއްހެންވެސް ބައެއް ފަހަރު ހީވާ ކަހަލަ
ރިޔާޒު ރަށީދު
30 April 2023
ހައްގަށް ވާހަކަ ދެއްކުމަކީ ގައުމަށް ވަފާތެރިވުން. ބިން ފޭރުން އެއީ އައްޗި ކަމެއް.
ގަބްރުސްތާނު
30 April 2023
މޮރިޝަސްގެ ރައްޔިތަކަށް/ދަރިކޮޅަކަށް ވާކަށްނުޖެހޭ އަދި އިބޫއަށް ތާއީދުކުރާ މީހަކަށްވެސް ވާކަށްނުޖެހޭ މޮރިޝަސްއާ އެއްކޮޅަށް ވާހަކަ ދައްކަން. އައްޑޫ ހިފައިގެން އިނގިރޭސިން ތިބިނަމަ ދިވެހިންނަށް އެނގޭނީ އައްޑޫ ދިވެހިންނަށް އަނބުރާ ލިބެން ކިހާ ބޭނުންވާކަން. ހަމަ އެ އިހްސާސް އޮންނަންވާނެ އެހެން ގައުމެއްގެ މީހުން އެމީހުންގެ އަމިއްލަ ތަނެއް ހޯދަން ކުރާ މަސައްކަތަށްވެސް. އެހެން މީހުންގެވެސް ހައްގުތަކެއް އޮވޭ.
ޏިނި
29 April 2023
ދިވެހިންނައް ވުރެ އިންޑިއާ މީހުން ބޯރަންގަޅު ވާނެ.
ފްރާންސްގެ ތާރީޚުން
29 April 2023
1776 ގައި ބަޔަކު ދިރިނޫޅޭ ރާއްޖޭގެ ފަަޅު އަތޮޅެއް ފްރާންސް އަށް ފެނި އެމީހުންގެ ތަނެއްކަމަށް އަމިއްލަ އަށް ނިންމައި އެތަނުގެ އަޅު މަސައްކަތައް 1786 ގައި ގެންދިޔަ މަޑަގަސްކަރަ، މޮޒަމްބީގް، އަދި އެފްރިކާގެ އެހެނިހެން ގައުމުތަކުގެ އަޅުންނާއި އެކު ދިޔަ މޮރިޝަޝްގެ އަޅުންނަށް އެތަނަކީ މޮރިޝަސްގެ ތަނެއް ކަމުގައި ކަނޑައަޅާން ފުރުސަތު ދިނުމަކީ ދިވެހީންގެ ތަނެއް އެމީހުން ފޭރިގަތުމަށް ދޫކޮށްލުން. މިދައުވާ ކޮންމެވެސް ދުވަހަކުން އަދި ކުރާނަމު. ވަރަށް ވާހަކަ.
ރޯނުއެދުރުން
29 April 2023
ކަލޭ ތިއަށްވުރެ ރަނގަޅުވާނެ މަލިކު ހޯދަން އުޅުނިއްޔާ.
ފަރަންސޭސި 16 ވަނަ އެމްޕެރަރ
29 April 2023
އަލި ރަސްގެފާނު ހަނގުރާމަ ކޮށް ޝަހީދުވީ ފާރާންސް މީހުންނާ. އެއީ 1500 ގެ އަހަރުތަކުގަ. ތިކަމެއް އަތުން ދޫވެގެން އުޅެނީ އެކިއެކި ރަސްކަންތައް ރާއްޖޭގަ ރަސްކަން ކުރަމުން އައި ދުވަސް ވަރު. ހުރާ ރަސްކަމުގެ ޒަމާނުގަ ފަރަންސޭސީން އެއަތޮޅު ހިފީ. މޮރިޝަސް މީހުންނަކީ ތިބުނިހެން އެތަނަށް ފްރާންސް މީހުން ގެންދިޔަ އަޅުންގެ ބައެއް. ޗާގޯސަކީ ދިވެހީންގެ އަތޮޅެއް. އެފްރިކާ ބައްރު ބިތުގަ އޮތް މޮރިޝަސްގެ ތަނެއް ނޫން އޭކީ.
ކަސްތޮޅު އިބުރާ
30 April 2023
ރޯނުއެދުރު ތާއީދުކުރާ މީހަކަށް ތާއީދުކޮށްފަ ރޯނުއެދުރަށް ދުނިޔެ ނިމުނީމަ ދިޔާމަ ރަނގަޅު ވާނެ. އެހެން މީހުންގެ ވިސްނުމާ ކުޅެން އުޅޭނެ ކަމެއް ނެތް. ތިހެން ބުނި ކިތައް މީހުން މޮރިޝަސްގަ ވެސް ނިމި ހިނގައްޖެ! އެމީހުންވެސް އެހޯދީނު! ކީއްވެތަ އަންނާން އޮތް ޖީލުތަކަށް އެތައް ނުހޯދެންވީ؟ ގައިމު ކާއްޓަކަށް ނުޖެހޭނެ. ކީއްވެތަ ނުބުނީ ހުވަދޫ އައްޑޫ މީހުންނަކީ ރާއްޖޭ ބައެއް ނޫނޭ! ރޯނުއެދުރު ތީ އެންދި މަރިޔަނބު އާއިލާ މީހެއްދީ!
އިހްސާސް
29 April 2023
މައުމުނާ، ނަޝީދާ، ވަހީދާ އަދި ޔާމިނު ވެރިކަމުގަ ތިޔަބުނާ ޗާގޮސް ރަށްތައް ހޯދަން ދައުވާކޮށް އެތަން ހޯދަން ކުރީ ކީއްބާއޭ މަހިތައްއަރަނީ.
އެމްސް
30 April 2023
އެހެންވީމަތޯ ރާއްޖެއިން މިހާރު އެތަން ދޫކޮށްލީ؟
ހައްޕު
29 April 2023
އިބުރާހިމަކީ ތާއްޖެ މިހާތަނަށް ދުށް ވެރިންގެ ތެރެއިން ޤައުމުގެ މަސްލަހަތު އެންމެ ޑިޕޮލޮމެޓިކުކޮށް ނިންމަވަން މަސައްކަތްކުރެއްވި ފަރާތް.
ބުރުދާ
29 April 2023
ކެޔޮ ކޭވަރު އެނގޭނީ ބިތުފަންގި ނެގީމަ...