"މިއީ އަހަރެންގެ ހީލިން ޖާނީ. މި ކުލަތަކަކީ އަހަރެންގެ އެންމެ ހިތްދަތި އިހުސާސްތަކުން ފެށިގެން އެންމެ އުފާވެރި އިހުސާސްތައް ރަމްޒު ކޮށްދޭ ކުލަތައް. މި މޫވްމަންޓުތަކަކީ އަހަރެންގެ މާޒީގައިވި ހިތި ތަޖުރިބާތަކާއި އެކަމާ ކުރިމަތިލާ އެންމެ ފަހުން އެކަންކަމުން އަރައިގަނެވުނު މޫވްމަންޓުތައް. ޔޯގާ ގްރައުންޑިން ޓެކްނިކުތަކޭ އެއްފަދައިން މި ޕެއިންޓިންތައް އަހަރެން ގްރައުންޑް ކޮށްދީފި." މާލެ އާޓް ގެލެރީގައި އެގްޒިބިޓް ކޮށްފައިވާ ޕެއިންޓިންތަކަށް އިޝާރާތް ކުރަމުން އެ އެގްޒިބިޝަންގެ އާޓިސްޓް، ޓޯނީ ސީކާ ބުންޏެވެ.

"ޖޫރީޑް" އެވޯޑްތަކެއް ހާސިލްކޮށްފައިވާ އަދި ވަރަށް ގިނަ އާޓް މަޖައްލާތަކުގައި ޝާއިއުކޮށްފައިވާ ޓޯނީ އަކީ ނިއު ޔޯކް، ބާސެލޯނާ އަދި ދުބާއީ ފަދަ ތަންތަނުގައި ވެސް އެގްޒިބިޝަންތައް ބާއްވާފައިވާ ޓޯނީ ރާއްޖޭގައި އެގްޒިބިޓް ކުރުމުގެ ފުރުސަތު ލިބުނީ މާލެ އާޓް ގެލެރީގެ "އާޓިސްޓް އިން ރެޒިޑަންސް" ޕްރޮގްރާމުންނެވެ.

އާޓިސްޓް ޓޯނީ ސީކާ އޭނާގެ ޕެއިންޓިންތަކުގެ އިންސްޕިރޭޝަން ކިޔާދެނީ. -- ފޮޓޯ: އަމާނީ އަބްދުﷲ | ދޯ
އާޓިސްޓް ޓޯނީ ސީކާ އޭނާގެ ޕެއިންޓިންތަކުގެ އިންސްޕިރޭޝަން ކިޔާދެނީ. -- ފޮޓޯ: އަމާނީ އަބްދުﷲ | ދޯ

މި އެގްޒިބިޝަނަށް ޓޯނީ ވަނީ ރާއްޖެ އައިސް ދިގަލި ރިސޯޓުގައި ހުރެ މަހެއްހާ ދުވަހުގެ ތެރޭގައި ނުވަ ޕެއިންޓިންއެއް ވަނީ ތައްޔާރުކޮށްފަ އެވެ. އެ ޕެއިންޓިންތަކަކީ އެބްސްޓްރެކްޓް، އިމޯޝަނަލް، އިންޓުއިޓިވް މޫވްމަންޓްތަކެއް ހިމެނޭ އެކްރެލިކް ޕެއިންޓިންތަކެކެވެ.

ޕެއިންޓިންތަކުގައި ޓޯނީގެ އިހުސާސްތައް އޮއްސާލާފައި ވަނީ ދިގަލިން އޭނާއަށް ފެންނަ ހުރި ތަކެއްޗާ ވެސް އެކު އެވެ. އަދި އެ ތަނުގެ ޓެކްސްޗާ އާއި ފީލް ކެޕްޗާ ކުރުމަށް އެކި ޓެކްނީކުތަކެއް ކުލައިން ކެންވަހުގައި އޭނާ ވަނީ ދައްކާލާފަ އެވެ.

ގެލެރީގައި އެގްޒިބިޓް ކޮށްފައިވާ އެކި ޕެއިންޓިންތައް. -- ފޮޓޯ: ފަޔާޒް މޫސާ | ދޯ
ގެލެރީގައި އެގްޒިބިޓް ކޮށްފައިވާ އެކި ޕެއިންޓިންތައް. -- ފޮޓޯ: ފަޔާޒް މޫސާ | ދޯ

"ގްރައުންޑަޑް" އެގްޒިބިޝަނަށް ޓޯނީ ތައްޔާރުކުރި ކޮންމެ ޕެއިންޓިން އަކީ ވެސް ބަހުން ބަޔާންކުރަން ދަތި އިހުސާސްތައް، އެކި ޕެޓާންތަކާއި މޫވްމަންޓުތަކުން ދިރުން ގެނެސްދީފައިވާ އިމޯޝަނަލް ޕެއިންޓިންއެކެވެ.

"ކުޑައިރު ކުރެވުނީ ހިތްދަތި ތަޖުރިބާތަކެއް. އަހަރެންނަކީ ލެބަނާންއަށް އުފަން މީހެއް. ހަތްދިހައިގެ އަހަރުތަކުގައި އެ ތަނުގެ ސިވިލްވޯގެ ދުވަސްވަރު އާއިލާއާ އެކު އެ ތަނުން އެސްކޭޕްވީ، އޭރު އުޅުނީ ދަތި ދިރިއުޅުމެއް. އޭރުވެސް އަހަރެން ޕެއިންޓު ކުރަން. އެކަމަކު ޕެއިންޓު ކުރަނީ ކާޑްބޯޑުން، އިތުރު ޓޫލްއެއް އޭރު ނުލިބޭ. ޕްރޮފެޝަނަލްކޮށް މިކަން ކުރަން ފަށާފައި ވެސް މެއިން އެއް ޓޫލްއަކަށް ޕެއިންޓް ކުރަން ބޭނުން ކުރަނީ ކާޑްބޯޑް." ޓޯނީ ކިޔައިދިނެވެ.

ޓޯނީ އެގްޒިބިޝަނަށް ތައްޔާރު ކުރި "ފީލް ފްރީ" ޕެއިންޓިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޓޯނީ އެގްޒިބިޝަނަށް ތައްޔާރު ކުރި "ފީލް ފްރީ" ޕެއިންޓިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ފީލް ފްރީ"ގެ ނަމުގައި ތައްޔާރުކޮށްފައިވާ ޕެއިންޓިން އެހާ އިމޯޝަނަލްވީ އެހެންވެ އެވެ. އެ ޕެއިންޓިން ތައްޔާރުކުރި އިރު، ކުޑައިރު އިތުރު ޓޫލްއެއް ނެތި ކާޑްބޯޑް ބޭނުން ކުރަން ޖެހުނު ހަނދާންތައް ވަނީ ޗެނަލް ކޮށްފަ އެވެ. އަދި ވަށައިގެން ހުރި މާހައުލުން ފެންނަން ހުރި އެކި ތަކެތި ޓޫލްގެ ގޮތުގައި ބޭނުން ކުރަން ލިބި، މާޒީގެ ހަނދާނުން މިންޖުވާން ކުރި ތަޖުރިބާތައް ބޮނބިން އޭނާ ވަނީ ޕެއިންޓްކޮށްފަ އެވެ.

ބޮނބި، ކާށި، ފަން ފަދަ އެކި ތަކެތި ކެންވަހަށް އެމްބެޑުކޮށް، އޭގެ ޓެކްސްޗާތައް އެ ޕެއިންޓިންގައި ދައްކައިދީ، އިހުސާސް ކުރެވެމުން ދިޔަ މޫވްމަންޓުތަކާއި ކުލަތައް އެއިން ދައްކައިދެ އެވެ.

އެގްޒިބިޝަނުގައި އެންމެ އިންސައިޓްފުލް ޕެއިންޓިންއަކަށް ޓޯނީއަށް ތައްޔާރު ކުރެވުނީ "ލުކިން އިންވާޑްސް"ގެ ނަމުގައި ހެދި ޕެއިންޓިން އެކެވެ.

"ލުކިން އިންވާޑްސް"ގެ ނަމުގައި ޓޯނީ ތައްޔާރު ކުރި އެކްސްޕްރެސިވް ޕެއިންޓިން އެއް. -- ފޮޓޯ: ފަޔާޒް މޫސާ | ދޯ
"ލުކިން އިންވާޑްސް"ގެ ނަމުގައި ޓޯނީ ތައްޔާރު ކުރި އެކްސްޕްރެސިވް ޕެއިންޓިން އެއް. -- ފޮޓޯ: ފަޔާޒް މޫސާ | ދޯ

"މި ޕެއިންޓިންއަށް އަހަރެން ބެލީ އަހަރެންގެ ނަފްސަށް، އަހަރެން އަހަނަށް އިންވާޑްކޮށް ބަލާއިރު ފެންނުނު ކުލަތަކާއި ރަށުތެރެއަށް ވަވދެގެން އައި އިރު ސިފަކުރެވުނު ކުލަތައް މީގެން މި ފެންނަނީ." އޭނާ ބުންޏެވެ. އެންމެ އުފާވެރި ޕެއިންޓިންއެއްގެ ގޮތުގައި އޭނާ ފާހަގަކުރީ "ލިބަރޭޝަން"ގެ ނަމުގައި ތައްޔާރު ކުރި ޕެއިންޓިން އެވެ. އެ ޕެއިންޓިން އަކީ ދިގަލި ރިސޯޓާއި އެގްޒިބިޝަނަށް އާޓްވޯކުތައް ތައްޔާރުކުރުމުގެ ނިމުން ފާހަގަކުރާ ޕެއިންޓިންއެކެވެ. އެ ޕެއިންޓިންގައި އެ ރަށަށް ޖެހުނު ލޯތްބާއި، އުފާވެރި އިހުސާސްތަކެއް އަޕްބީޓް މޫވްމަންޓުތަކެއްގައި ވަނީ ދައްކާލާފަ އެވެ.

އެ އެގްޒިބިޝަންގައި ރާއްޖޭގެ ވަށައިގެން ފެންނަ މޫދު ރަމްޒު ކޮށްދޭ ނޫ ކުލައިގެ "ބްލޫ ވޮޔާޖް" ޕެއިންޓިންނ އަކީ ވެސް ތަފާތު ޕެއިންޓިން އެކެވެ.

"ތަފާތު އިހުސާސްތަކެއް ކުރެވޭ މި "ބްލޫ ވޮޔާޖް" ޕެއިންޓިންއިން. ވަށައިގެން ފެނުނު ކަނޑުން އިންސްޕަޔާވި ޕެއިންޓިންއެއް މީ، އަހަންނަށް ކަނޑުފެނުމުން އިހުސާސް ކުރެވުނީ މީހާ ޕިޔުރިފައި ކުރުވި އިހުސާސެއް. އެ މި ޕެއިންޓިންއިން މި ރަމްޒު ކޮށްދެނީ." ޓޯނީ ކިޔާ ދިނެވެ.

ޓޯނީގެ "ބްލޫ ވޮޔާޖް" ޕެއިންޓިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޓޯނީގެ "ބްލޫ ވޮޔާޖް" ޕެއިންޓިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕެއިންޓިންތައް ނިންމަމުން އެންމެ ފަހު ޕެއިންޓިންއާ ހަމައަށް އާދެވުނު އިރު، އެ އިހުސާސްތަކުން އަރައިގަންނަން ހިތްވަރު ލިބި، އެންލައިޓިނިން އިހުސާސްތަކަކާއި، ސްޕިރިޗުއަލް އުފާވެރިކަމެއް އިހުސާސް ކުރެވުނު ކަމަށެވެ. އަދި އެ ހުރިހާ ޕެއިންޓިންއެއް ތައްޔާރު ކުރުމުން "ގްރައުންޑަޑް" އިހުސާސްތަކެއް ކުރެވުނު ކަމަށެވެ.

މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ޓޯނީގެ މި އިމޯޝަނަލް ދަތުރު ތަޖުރިބާ ކޮށްލެވޭނެ އެވެ. ޓޯނީއާ ވާހަކަ ދައްކާލައި އެ ޕެއިންޓިންތައް މާލެ އާޓް ގެލެރީން ބަލާލެވޭނެ އެވެ.