އެމްޕީ ޒަރީރު: އޭނާ އަށް ހަމަލާ ދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި--ފޮޓޯ: މަޖިލިސް
13 މެއި 2023 - 11:15
މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށް މަތިވެރި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާ ދިން މައްސަލައިގެ ތުހުމަތަށް ދެ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ޒަރީރަށް ހަމަލާ ދިން މައްސަލާގައި ބުރާސްފަތި ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ދެ ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހިމެނެނީ 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނެކެވެ. އެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމުގެ ހުއްދަ ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޒަރީރަށް ހަމަލާ ދިނީ ޓީވީއެމް ކައިރީގައި ހުންނަ ހަބީބީ ކެފޭ އެންޑް ބިސްޓްރޯގައި މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ފަތިހު އިންނަވަނިކޮށެވެ. އެ ހަމަލާގައި ބޮލަށް ލިބުނު ޒަހަމްތަކަށް ޒަރީރު ފަރުވާ ހޯއްދެވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަސް ވަރަކަށް މީހުން ގޮސް މަރުތޭލަކުން އޭނާ ގައިގައި ތަޅައި އަނިޔާ ކުރި އެވެ.
އެ މީހުން ހަމަލާ ދިން ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭ1
14 May 2023
މަޖިލިސް މެމްބަރުން ބަލައިން އުޅެއްޗޭ. ގޮނޑި ހުސްވެއްޖެއްޔާ ދާއިރާއަށް ބޮޑު އީދު އައީ ނުކޮއްދޭ ކަށް ކަމެއް ނޯޥޭ. ދެން ދާއިރާ މީހުންވެސް ބޭނުންވާނެ ދޯ ގޮނޑި ހުސަވާން
ފިނރުޓޭ
14 May 2023
ދެން ނޭނގެ ދަންވަރު އައިސް ހަމަލާ ދޭން ޖެހޭ ސަބަބެއް! ކޮންމެވެސް ގެޔަކުން ނުކުމެގެން ގޮސް ސައިފޮދު ހިއްޕަނިކޮށް ކަންނޭނގެ ދޯ؟ ދެން ނޭނގެ އެކަމު އިނގޭ! އަނެންހެން ދަންވަރު 3:30 ގައެއް އަދި ފަތިސް ނަމާދު ބަންގި އެއް ނުގޮވާނެ ދޯ! އެހެން ދޯ ކުރިން ނޫސްްތަކުން ފެންނަމުން ދިޔައީ! ދަންވަރު ތިންގަޑި ބައިގައި ކެފޭ އެއްގައި އިންނަވަނި ކޮންނޭ ބަޔަކު ގޮސް ހަމަލާ ދިނީ!
ޢަރުތަ
13 May 2023
ތިބައެއްގެ މައްޗަށް ކުށް ސާބިތުވެއްޖެއްޔާ އުލުބައިންދަބަލަ، އޭރުން ބަޔަކަށް އިބުރަތަކަށް ވާނެ، ކަންކަން ހައްލު ނުވެގެން އުޅެނީ ވަގުންނަށާ ގޭންގުތަކަށް މިނިވަން ފުރުސަތު ތައްމިނަށް ހުޅުވިފަ އޮންނާތީވެ، ފުރުސަތު އެއްކޮށް ބަންދު ކޮއްލަންވީ.
ކުދުބެއްޔާ
13 May 2023
އިއްޒަތްތެރި މެންބަރު ޒަރީރު ދަންވަރު އެތާގައި އިންނެވީ ކޮން ބޭނުމަކުތޯ ބެއްޔާއަށް އަހާލެވިދާނެ ތޯއެވެ؟
ޢަރުތަ
13 May 2023
ކޮން ހައިސިއްޔަތަކުންތޯ ކުދުބެއްޔާ އަށް އެހޭނީ!
އަބްޑޫޅް
13 May 2023
މމ ޒަރީރު ދޯ؟ ރާއްޖޭގަ އޮންނަނީ ޕާލިމެންޓެއް ނޫން. މަޖިލީހެއް. މަޖިލީހުގަ ތިބޭނީ މމ. ޕާރުލިމެންޓުގަ ތިބޭނީ އެމްޕީ ން. ކަލޭމެންވެސް ކޮންމެވެސް ދުވަހަކުން ތަހުޒީބު ވާނެ. ތަހުޒީބުވަންދެން ކެތްކޮށްލާ.
ލޮލްބޮލް
13 May 2023
ޝައުގުވެރުކަމެއް ނެތް. ދާއިރާ ރައްޔިތަކު ކަހަރުވަކޭވެސް ހީނުކޮށްލާ
ޢަރުތަ
13 May 2023
ކުށްކުރި މީހުނަށް ވަރުގަދަ އަދަބެއް ދިނީމަ ޝައުގުވެރިވާނެ، އޭރުން ތިބޭނެ އަލާކެނޑިފަ.