ރިސޯޓެއްގެ ސްޕާއެއް: ރަށްރަށުގައި ސްޕާތައް ހިންގޭނެ ކަމުގެ ބާރު ވަނީ ކައުންސިލަށް ދީފައި.
26 މެއި 2023 - 19:31
ރަށެއްގައި ސްޕާއެއް ހެދުމުގެ ހުއްދައަށް ބަޔަކު އެދެފި ނަމަ އެކަމަށް ކައުންސިލުން ހުއްދަ ނުދޭހާ ހިނދަކު، އެތަނެއް އިކޮނޮމިކް މިނިސްޓްރީން ރަޖިސްޓްރީ ނުކޮށްދޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.
ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތަކާއި ހިންގާ ސްޕާގެ ހިދުމަތްދޭ ތަންތަން ފިޔަވައި، ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން އެފަދަ ވިޔަފާރި ހަރަކާތެއް އެރަށެއްގައި ހިންގިދާނެކަން ނުވަތަ ނޫންކަން ކަނޑައަޅައިދިނުމަށް މިނިސްޓްރީން ކައުންސިލްގައި ނުވަތަ ސިޓީ ކައުންސިލްގައި އެދެން ޖެހެ އެވެ.
އޭގެ ފަހުން ހުއްދަ ދިނުމުގައި ބަލާނީ އެ ރަށެއްގެ ކައުންސިލުން ކަނޑައެޅި ގޮތަށެވެ.
އެ ގަވާއިދުގައި ވަނީ ސްޕާގެ ވިޔަފާރިކުރާ ތަންތަނުގައި މިންގަނޑުތައް ފުރިހަމަވާކަން ކަށަވަރުކުރުމުގެ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއެއް މެދުވެރިކޮށް އިންސްޕެކްޝަންތައް ހިންގަން ޖެހެ އެވެ. އޭގެ ތެރޭގައި ރޫޓިން އިންސްޕެކްޝަންތައް ހިމެނެ އެވެ. މިގޮތަށް ހިންގާ އިންސްޕެކްޝަނަކަށް 2،000ރ ގެ ފީއެއް ވެސް ނެގޭ ގޮތަށް މިހާރު ބަދަލުކޮށްފައިވާއިރު ކުރިން އޮންނަނީ 1،000ރ. ގެ ފީއެއް ނެގޭ ގޮތަށެވެ،
ކުރިން ގަވާއިދުގައިވާ ގޮތުން ރިސޯޓް ނުވަތަ ގެސްޓްހައުސް ސްޕާތައް މޮނިޓާކުރާނީ ޓޫރިޒަމުންނެވެ. އެކަމަކު މިހާރު އެ ގެނައި ބަދަލާއެކު އެ ތަންތަން ވެސް މޮނިޓާކުރާނީ އިކޮނޮމިކް މިނިސްޓްރީންނެވެ.
އެ ގަވާއިދުގެ ދަށުން ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރަން ހުށަހެޅޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށ،ް ބިޒްނަސް އެކްޓިވިޓީ ރެޖިސްޓްރޭޝަންގެ ދަށުންނެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
GanevihkaaDOTcom
27 May 2023
ސުޕާތަކުގައި ބޮޑަށް ހިންގަނީ ވިޔާނުދާކަންކަން، ސުޕާއަށް ދަށްކާފައިސާގެ އިތުރުން މަސާޖުކުރަން ނުވަތަ ހިދުމަތްދޭން ހުންނަމީހާއަށް ފައިސާދިނީމަ އެމީހަކުބުނާކަމެއްކޮށްދޭ، ހިދުމަތްދޭން ތިބަނީ އަންހެނުން، ގިނައީ ބޭރުގެ އަންހެނުން، މާލޭގެ ގިނަ ސުޕާތަކަށް އަޅުގަނޑު ދިޔައިން، ތަޅުލައިގެން ސެކިއުރިޓީކެމެރާ ވަށައިގެން ހަރުކޮށްގެންތިބެ ކުރަނީ ހަމަ ވިޔާނުދާކަންކަން، ސުޕާގެ ނުވަތަ މަސާޖުގެނަމުގައި އެކަހެރިވެވޭގޮތައް ސުޕާހިންގުމުގެ ހުއްދަނުދިނުން ރަނގަޅުވާނެ
ޢަރުތަ
28 May 2023
ފަޅާއެރީނު، ބަލާބަލަހުރި ނުލަފާކަން.
ވައްޓަފަނީ
27 May 2023
މާލޭ ކައުންސިލް އަށް ރަށްރަށަށް ބާރު ފޯރުވޭތަ؟މިހެން މިދެންނެވީ ރަށްރަށް ވެސް ކަނޑައަޅާނީ މާލޭ ކައުންސިލުން ކަމަށް ވާތީ.......
ބޯހަލާކު.
27 May 2023
މޮޔަވީ؟
އެކޮން
27 May 2023
އިކޮނޮމިކް މިނިސްޓރީން މޮނިޓަރ ކުރާ ގޮތަށް ހެދީމަ އެތަނުން ސްޕާއެއްގަ ކަމެއްހިނގައޭ ބުނާއިރަށް މިނިސްޓަރު ބުނާނެ އެކަން އޮތީ ކަރުދާހުގައި ގަވައިދުންނޭ. މިނިސްޓަރު ވަރަށް އަވަހަށް ގޮތްހުސްވާނެ ބިދޭސީންނާޖެހުނީމަ. މައްސަލަ ހައްލުކުރެވޭނެ އެއްވެސް މަގެއް ހޯދާހޯދާވެސް ނުފެންނާނެ އެންމެ ފަހުން ބަލާއިރު. ރަށްރަށުގަ ގެސްޓްހައުސް ވިޔަފާރިވެސް ހައްދުންނައްޓައިގެން ގޮސް އިޖްތިމާއީ ބޮޑު މައްސަލައަކަށްވާއިރު އެއްވެސް ބަޔަކަށް ނުފެނޭ ޖީބަށް ޑޮލަރު ވަންނާތީ
އިހަވަން
27 May 2023
ތަނަކަށް ތަދެއް އަރާއިރަށް މާލެގޮސް އަތްމަތި ހުސްކޮށްލުމަށްވުރެ ސްޕާގެ ހިދުމަތުން ރަށުން ހިދުމަތްލިބެން ހުރުމަކީ ލުއިފަސޭހަ ގޮތަކަށްވާނެ. މި ދައްކަނީ މެޑިކަލް ފަރުވާގެ ވާހަކަ ސްޕާ ނަންލީމަ މީހުންގެ ސިކުނޑުއަށް ހަށިވިއްކާވާހަކަ އަންނަނީ އެނަމުގަ އަށިވިއްކާތަންތަން ހިންގާތީ. އިންޕެކްޓްކޮށް ރަނގަޅުގޮތުގަ ހިންގާނަމަ ސްޕާއަކީ ރަނގަޅުވިޔަފާރިއެއް.
ނާރިނގ
27 May 2023
މިއީ ބަދު އަހުލާގީ އަމަލު ހިންގަން ދަރިންނަށް ޗޮއިސް ދީފީމޭ ބުނުން ކަހަލަ ކަމެއް.
ޑަންޑަނާސް
27 May 2023
ސްޕާއަކީ ސިއްހީ ފަރުވާއެއް. ރާއްޖޭގައި ސްޕާގެ ނަމުގައި ނާސިގެ ހިންގަނީ. އެކަމާހެދި ސްޕާއަކީ ނާސިގެކަމަށް ދިވެހިން ދެކެނީ. އެއީ ތަފާތު ދެކަމެއް.
ހުދާން
27 May 2023
ދިވެހި ރާއްޖޭގެ ގާނޫނު އަސާސީން ހުއްދަވާ ވިޔަފާރި ކުރަން ވަކި ރަށެއްގެ ކައުންސިލުން ބޭނުންވާ ގޮތަށް ހުއްދަ ދޭން ވެސް ގާނޫނު ތަންދޭތަ؟ ކޮން ވައްތަރު ގާނޫނު އަސާސީ ؟
އަބްޑޫޅް
27 May 2023
މައް ބީރަށްޓެހިންނަށް ތިޔަކަހަލަ ބާރު ދޭކަށް ނުވާނެ. މިހާރުވެސް އެއް ރަށެއްގެ ކައުންސިލުން ބަޖެޓު ކާލައިގެން މި އުޅެނީ. އަނެއްކާވެސް އެޓޮޅްޝު މިޝްޓީ އުފައްދަންވީ. ކަތީބުން، މުދިމުން، ނައިބުކަލޭގެއިންނާ އަތޮޅުވެރިން ބައިތިއްބައިގެން ނޫނީ މި ބީރަށްޓެހިންގަނޑު ހަންމަތައެއް ނުކުރެވޭނެ.
GanevihkaaDOTcom
27 May 2023
@އަބްޑޫޅް، ކާކު ބީރައްޓެއްސަކީ؟ މާމަމެން ބުނެއުޅޭ އޮޓޯމެޝިނަށްވުރެން ކުރީގެ މެނުއަލް ދޮންނަމެޝިން މާރަނގަޅޭ!! އޭގެކުރިން ކާބަފައިން ބުނެއުޅޭ ދޯނީގައި އިންޖީނުއެޅީމާ މަސްއައިން ބިރުން ދުރަށްދެއޭ!! ތިޔަދަށްކަނީ އެކަހަލަ ވާހަކަތަކެއް، ބަދަލުތައްއަންނައިރު އެކިކަހަލަ ދަތިތައް ދިމާވާނެ! އެއީ ފަހަތަށް ހުރީގަތިބި މުސްކުޅިގޮތައް އަނބުރާ ދާންޖެހޭ ސަބަބެއްނޫން!!
ޢިހްސާސް..
27 May 2023
ސްޕާ ނުހިންގިއްޔާ ހަމަ ލާރި ލިބޭކަމަށް ނުވަނީތަ؟
ޑރ.ޒަކީ
27 May 2023
ސްޕާ ރަޖިސްޓްރީ ކުރަން އިކޮނޮމިކް މިނިސްޓަރީ އަށް ހުށަހަޅަންޖެހޭ ލިޔުމެއް. މާލޭ ސިޓީ ކައުންސިލް އިން ބުނަނީ އެބުނާ ހުއްދައެއް ސިޓީ ކައުންސިލުން ދޭންޖެހޭކަމެއް މާލޭ ސިޓީ ކައުންސިލަށް އެގިފައި ނެތްކަމަށް. އެހެންވީމާ ދެން އެލިޔުން ހޯދަން ހަދަންވިގޮތެއް ނޭގުނު. މީ ވަރަށްބޮޑު އަރަތެއް.
ސުޕާ
26 May 2023
އެހެންވީމާ ކައުންސިލްގެ ރައީސަށް ބަޔެއް އެޅީމާ ހުއްދަލިބޭނެ.. ކައުންސިލް މެމްބަރުންނަށް ހިލޭ މަސާޖްކުރެވޭ ގޮތަށް އޮތިއްޔާ ލިބޭނެ..
ޢަރުތަ
27 May 2023
އަނެއްކާވެސް ރަށުގަ ވަރީގެ ރިކޯޑު އުތުރިގެން އަރާނެ ކަމަކާ ތިދިމާވަނީ، ކައުންސިލުން ތިކަމުގަ ހާދަ ފޯރިއެއް ނަގާނޭ ހިތައް އަރަނީ.