"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ | މިހާރު
06 ޖުލައި 2023 - 00:14
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ޖަލްސާ މިރޭ ބާއްވައިފި އެވެ.
މިއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީ އުފެއްދުމަށްޓަކައި ބާއްވަން ޖެހޭ ޖަލްސާއެކެވެ. މި ޖަލްސާގައި 300 މެންބަރުން ތިބެން މަޖުބޫރުވާއިރު ގިޔާސުއްދީން ސްކޫލްގައި މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ 400 އަށްވުރެ ގިނަ މެންބަރުން ބައިވެރިވި އެވެ. މިރޭ ވަނީ އެ ޕާޓީގެ އަސާސީ ގަވައިދާއި ކުލަ އަދި ލޯގޯ ވެސް ފާސްކޮށްފަ އެވެ.
ޕާޓީގެ ކުލައަކީ މަޑު ނޫ ކުލަ އެވެ. އަދި ޕާޓީގެ ލޯގޯގެ ގޮތުގައި ބޭނުން ކުރަނީ 'އެސްޓްރިކް' އެކެވެ. އޭގެން ރަމުޒުކޮށްދެނީ ދިވެހި ރުކާއި މުރަކަ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވި އެވެ.
މީގެ އިތުރުން، ޕާޓީ ހިންގާނެ ފަރާތްތައް ވެސް މިރޭ ފާސްކޮށްފައިވާއިރު، ޑިމޮކްރެޓުންގެ ވަގުތީ ޗެއާޕާސަނަކަށް އިންތިހާބުކޮށްފައިވަނީ ހަސަން ލަތީފެވެ. އަދި މިރޭ އިންތިހާބު ކުރި ތިން ޗެއާޕާސަންގެ ނައިބުންގެ ތެރޭގައި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފް ހިމެނިވަޑައިގަންނަވަ އެވެ.
ޕާޓީ އުފައްދަން ޖަލްސާ ބާއްވައި ގާނޫނުގައި ބަޔާންކުރާ ކަންކަން ފާސްކުރުމާއެކު، އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ އެކަމުގެ ލިޔުމެއް ވެސް ޖަލްސާގެ ތެރެއިން ހަސަން ލަތީފާ ހަވާލުކޮށްފަ އެވެ.
މިރޭގެ ޖަލްސާގައި ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިހާތަނަށް ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައި ނުވި ނަމަވެސް، ނަޝީދު މިރޭ ވިދާޅުވި ގޮތުގައި އެ ޕާޓީއާ އެމަނިކުފާނު ގުޅޭނެ ކަން ޔަގީނެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސްއަކީ އެމްޑީޕީ ދެ ފަޅިވެގެން އުފެދުނު ބޮޑު ފަޅި އެވެ. އެގޮތުން އާ ޕާޓީއަކީ އެމްޑީޕީގެ 80 ޕަސެންޓް ކަމުގައި ވިދާޅުވި އެވެ. މިހާތަނަށް އެ ޕާޓީން ވަނީ އިލެކްޝަން ކޮމިޝަނަށް 3،000 މެންބަރުންގެ ފޯމް ހުށަހަޅާފަ އެވެ.
ޕާޓީ އުފައްދަން ބޭއްވި ޖަލްސާގައި އެހެން ޕާޓީތަކުގެ ބޭފުޅުން ވެސް ބައިވެރިވަޑައިގެންނެވި އެވެ. އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި އެހެން ވެސް އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އޭގެއިތުރުން އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި އެމްއާރްއެމްގެ ނައިބު ރައީސް ނާދިރާ ހަސަން އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާޒު ރަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.
ނަޝީދު އިސްކޮށް ހުންނަވައި އުފައްދާ އާ ޕާޓީއަށް އެމަނިކުފާނުގެ ގާތް ހުރިހާ ބޭފުޅުން ވެސް ވަނީ ގުޅިފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އީވާ އަބްދުﷲ އާއި މަޖިލިސް މެންބަރުން ކަމަށްވާ އިމްތިޔާޒު ފަހުމީ އަދި ހަސަން ލަތީފް ހިމެނެ އެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވާއިރު، އެ ޕާޓީން އަންނަނީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތައްޔާރުވަމުންނެވެ. ބެލެވޭ ގޮތުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ނަޝީދެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ ވަކި ފެކްޝަނެއްގެ ގޮތަށް އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ހިންގުމަށްފަހު އެވެ. އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލު ތަފާތުވެފައިވާއިރު، ޕްރައިމަރީގައި ވެސް ރައީސްއާ ވާދަކޮށް ނަޝީދަށް ލިބިވަޑައިގެންނެވީ ނާކާމިޔާބީ އެވެ.
"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: ނިޝާން އަލީ | މިހާރު
މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު އެ ޕާޓީގެ މަޖިލިސް މެންބަރުން ސޮއިކުރައްވައި އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް، މިހާތަނަށް އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ.
އެމްޑީޕީ ތެރެއިން "ފިކުރެއްގެ ދިރުން" އިއުލާންކޮށް ރަސްމީކޮށް ޕާޓީއާ ދެކޮޅަށް ހަރަކާތްތައް ނަޝީދު ފެއްޓެވީ މި އަހަރުގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގަތުމުންނެވެ. ފިކުރެއްގެ ދިރުން ހަރަކާތަށް ގިނަ ބަޔަކު ސޮއިކުރުވުމަށް ފަހު، އެމްޑީޕީގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަހަތަށް އަރައި އެމްޑީޕީ ބަލިކުރަން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ އެވެ. އެކަމަކު ވަކި ހިސާބަކުން އެ މަޝްވަރާ ހުއްޓުނީ ބަރުލަމާނީ ނިޒާމް ގެންނަން ނަޝީދު ހުށަހެޅުއްވުމުން އެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެއްބަސްނުވެވުމުންނެވެ. ނަޝީދު ނޫން އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނު ބޭނުންފުޅު ނުވާނެ ކަމަށް ގާސިމް މި ފަހުން ވިދާޅުވި އިރު ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
އެމްޑީޕީ ތެރެއިން "ފިކުރެއްގެ ދިރުން" އިއުލާންކޮށް ރަސްމީކޮށް ޕާޓީއާ ދެކޮޅަށް ހަރަކާތްތައް ނަޝީދު ފެއްޓެވީ މި އަހަރުގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގަތުމުންނެވެ. ފިކުރެއްގެ ދިރުން ހަރަކާތަށް ގިނަ ބަޔަކު ސޮއިކުރުވުމަށް ފަހު، އެމްޑީޕީގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަހަތަށް އަރައި އެމްޑީޕީ ބަލިކުރަން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ އެވެ. އެކަމަކު ވަކި ހިސާބަކުން އެ މަޝްވަރާ ހުއްޓުނީ ބަރުލަމާނީ ނިޒާމް ގެންނަން ނަޝީދު ހުށަހެޅުއްވުމުން އެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެއްބަސްނުވެވުމުންނެވެ. ނަޝީދު ނޫން އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނު ބޭނުންފުޅު ނުވާނެ ކަމަށް ގާސިމް މި ފަހުން ވިދާޅުވި އިރު ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތާ އެކު އިދިކޮޅު ޕާޓީ، ޕީޕީއެމް/ޕީއެންސީއާ އެކު ވަނީ މަޝްވަރާތައް ފަށާފަ އެވެ. އެ ޕާޓީއާ އެކު މަޝްވަރާ ކުރަމުން ދަނީ ރައީސް ސޯލިހުގެ ވެރިކަން ނިންމުމާ ގުޅޭ ގޮތުން ކަމަށާއި ފުރަތަމަ ބުރުގައި ދެ ޕާޓީން ވެސް ވަކިން ވާދަކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ނަޝީދު މިރޭ ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނު ވެސް އަދި ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އިންތިހާބުގައި ކުރިމަތިނުލެއްވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީވާ
06 July 2023
ތީ އަސްލު ސިޔާސީ ޕާޓީއެއްނޫން! ކަލްޓެއްތިއީ!
ސަމަރޭ
06 July 2023
ހަސަންކޯ، މަބުނާނެ މާގިނަ ވާހަކައެއްނެތް، ކޮންމެސް ޕްރައިމަރީއެއް ނުބާއްވަ ނަޝީދަށް ބޭނުން މަގާމެއްދޭތި، އެހެން ނޫނިއްޔާ ފޫކަހާފަގޮސް އަނެއް ޕާޓީ ހަދާނެ. އަސާސީ ގަވައިދުގަ ލިޔަންވާނެ ނަޝީދަކީ ޕާޓީގެ ބާނީ އެވެ. އަދި ރިޔާސީ ކެންޑިޑޭޓޭވެސް.
އަބްޑޫޅް +
06 July 2023
އޭ ތިޔަ ޕާޓީ އަށް ވަންނަ ފޯމެއް ފޮނުވަގަ. މަގޭ އީމޭލު ކަލޭމެންނަށް އެގޭނުން، ދޯ؟
ޒިނަމް
06 July 2023
މުރަކަ އާއި ރުއް ރަމްޒުކުރާ ލޯގޯ ވ ކެޗީ. ހަޖަމް ނުވާނެ ކުދިން އުޅޭނެ
އަޅުގަނޑު ވެސް
06 July 2023
އަސްލު މުރަކައަށް ވުރެ އިޒްރޭލު ދިދައިގެ ކުލައާ އެސްޓެރިކް އެއީ ރާއްޖެ ރަންޒުކޮށްދޭ މުރަކައާ ދިވެހި ރުކޭ ކިޔާފަ ދިރުވާލާ ހަޖަމް ކުރަން އަޅުގަނޑަށް އުނދަގޫ. ނިޔަތް އަރާރުންވީތޯ ނޫނީ ވާނުވާ ނޭންގުނީތޯ ނުވަތަ ފައިނޭންސްއާ ގުޅންހުރި ކަމެއްތޯ އެއެއް ނޭނގެ.
ޖަމަލު
06 July 2023
ޖަމަލުފޮޑި
އަހުމަދު
06 July 2023
ތިހައީ ކުނި އެއްދުވަހު ދެގޮތައް ވާހަކަ ދައްކާ ނަސީދު ޕާޓީއަކައް މޑޕ ދޫކޮއްފަ ފަހުންވެސް ނުދާނަން، އަދި މޑޕ ގެ 5% ވެސް ތިޔައް ނުދާނެކަން ޔަގީން
ޢަލީ ޢަލީ
06 July 2023
ތިޔަ ލޯގޯ އިން ދޭހަވާ އެއްޗެއް ވަރަށް ސާފުކޮށް އެނގޭ ރައްޔިތުންނަށް! - އިޒްރޭލް ދިދައިގެ މެދުގަ އިން ބަޔަށް ކުޑަބަދަލެއް ގެނެސްފަ އަދި ކުލަވެސް ގާތްގަނޑަކަށް އެކައްޗެއްދޯ! - ތިމީހުންގެ ފަރާތުން މިހާތަނަށް ފެނުނު ކަންކަން ރައްޔިތުންނަށް އޮޅިފައެއް ނެއް!
ބޮދު
06 July 2023
ހަމަ ގައިމުވެސް ލޯގޯއަކީ ރެއިންބޯ ގުރޫޕު އަންގައިދޭ އެއްޗެއް
ނާރިންގ
06 July 2023
މ. އ.ގައްޔޫމު އަށް މަލާމަތް ރައްދުކޮށް އެމަގުން ހިނގަމުންދާތަން ފެނުމުން މީހުންގެ ހާލަތު އަންގައިދޭ ނޫންތޯ. ދެނވެސް ކިޔަނީ އިސްލާހޭ، ދެބޯލީގެރިޔޭ.
ކޮބާ
06 July 2023
ކޮންމެސް މީހަކު ބަލާބަލަ އެސްޓެރިސްކް Asterisk ލޯގޯ ގައި ބޭނުންކުރަނީ އެލްޖީބީޓީކިއު މީހުންތޯ. އޭރަށް ދަޑިމޮކްރެޓްސްގެ ހަގީގަތް އެނގޭނެ.