އިއްޔެ ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލިހުގެ ޖަލްސާގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްޑީއޭ
13 ޖުލައި 2023 - 17:34
ޕީޕީއެމްގެ ސަރުކާރުގައި ކޯލިޝަނާ ދުރުނުވި އެއް ސަބަބަކީ ކޯލިޝަނުން ވަކިވާ ހިސާބުން އެމްޑީއޭގެ އިސްވެރިން ޖަލަށް ލާފާނެތީ ކަމަށް، އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ނައިބު ރައީސް، އަލީ މައުރޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ކ. ގުރައިދޫގައި މިއަދު ބޭއްވި ކެމްޕެއިން ހަރަކާތުގައި، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މައުރޫފު ވިދާޅުވީ، ކުރީ ސަރުކާރުގެ ކޯލިޝަނާ ގުޅުމުން ވަރަށް ހިތި ތަޖުރިބާތަކެއް ކުރަން ޖެހުނު ކަމަށެވެ. އޭނާ ވިދާޅުވީ، ކޯލިޝަނާ ދުރުނުވި އެއް ސަބަބަކީ ސަރުކާރެއް ވެއްޓުމުން ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ވިސްނާފައި ކަމަށެވެ.
"އަނެއް ސަބަބަކީ އަޅުގަނޑުމެންގެ ޕާޓީގެ ވެރިން ހުރަގެއަށް ލާފާނެތީ. މި ދެ ސަބަބަށްޓަކައި އަޅުގަނޑުމެން ކޯލިޝަން ދެމެހެއްޓީ،" އޭނާ ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ، މި ސަރުކާރާ ގުޅުނީ ސަރުކާރުން ކަންކަން ކުރާ ގޮތް ވަރަށް ރަނގަޅަށް ބެލުމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކަންކަން ކުރަމުން ގެންދިޔައީ އިގްތިސާދު ބިނާކޮށް ސިޔާސީ މީހުން ޖަލަށް ނުލައި ކަމަށެވެ.
ގުރައިދޫ ދާއިރާގެ ރަށްތަކަށް ރައީސް ކުރެއްވި ދަތުރުގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމު ވެސް ބައިވެރިވެޑައިގެން-- ފޮޓޯ:އެމްޑީޕީ
މައުރޫފް ވިދާޅުވީ، ކުރީ ސަރުކާރުން އެމްޑީއޭގެ ފިކުރާ ނުގުޅޭ ގިނަ ކަންތައްތަކެއް ކުރި ކަމަށެވެ. އޭނާ ވިދާޅުވީ، އދ. އާއި ޔޫރަޕިއަން ޔޫނިއަން ގުޅުން ކަނޑާލުމަކީ ބޭނުންވި ކަމެއް ނޫން ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީ އަދި އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކުރިއަށް ދާން ނިންމިކަން އެމްޑީއޭ އިން އިއުލާން ކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރި އިރު އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީއޭއާ އެކު ކޯލިޝަން ހަދަން ބޭނުންވާތީ ޕީޕީއެމުން ވެސް މަޝްވަރާ ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމައެހެން
14 July 2023
މިހާރު ކޯލިޝަނަކަށް ވަނީވެސް ހަމަ ޖަލަށްދާން ޖެހިދާނެތީ
ާސާންތި
14 July 2023
އަޖައިބެއް ނުވާނެތަ؟. ތީ ހުސް އަމިއްލަ އެދުމަށް އުޅޭ ބައެއް. އޮޅިފައެއް ނެތް.
އުދުވާން
14 July 2023
ދަރަންޏަށް ވިޔަފާރި ކުރާ މީހެއްގެ އަޅަކަށްވެފައި އެމީހާ ދޭލާރިން މާލޭގެ އެޕާޓްމަންޓެއްގައި ބޮޑުކުލިދައްކައިގެން އުޅެންޖެހޭތީ ތިފާޑުގެ ވާހަކަ ދައްކާނެ ދެރަކަމަކީ ބޭރުފުށުން ދީނޭ ކިޔައިގެން ތިދައްކާ ދެއްކުން ހަމައެކަނި އެގެނީ ދޮގުހެދުމާއި މަކަރާއި ހީލަތުން ދުނިޔެމަތީގައި ޝަރަފެއްލިބޭތޯ އުޅޭ އުޅުން
ނޫނު ހުއްތު
14 July 2023
ދޮގުތަކެއް ހަދާނެ ކަމެއްނެތް ތިޔައީ ތިޔަޕާޓީގެ ވެރިޔާގެ ވިޔަފާރި އާއި ދަރާފައިވާ ދަރަނިތަކުން ނުފޫޒުފޯރުވައިގެން ހިލްޓަން ކުންފުންޏަށް ދައްކަން ޖެހޭ ޑޮލަރުބޮޑިން ސަލާމަތް ވާނަމޭ ހިތާ ދައްކާ ވާހަކަ ﷲގެ ރަހުމަތުން މިފަހު ހަމަ ޖެހޭނީ ވެލިކާން
ސާޅީސް
14 July 2023
މީނާއަށް ސާޅީސް ވެއްޖެތޯ؟ އަލީ ވަހީދެކޭ ތަފާތެއްނެތް.
ާމުއުތަބަރު
14 July 2023
މިހާރު އިބޫ ކައިރިއަށް ގޮސް ތިއުޅެނީވެސް ޖަލައްލާފާނެތީ ތަ؟
ނަށީދު
14 July 2023
ޖަލަށް ދާވަރުގެ ކަންކަން ކޮށް ސަރުކާރުގެ ހިޔަނީގަ ރައްޔިތުންގެ އަދުލު އިންސާފުން ރެކިގެން ހުރިވާހަކަ ތޯ ތިބުނަނީ؟
ޢެމެރިކާ
13 July 2023
މިހާރުވެސް ކޯޓުގަ ބަސްސަލަ. ޢެހެންވެ ތިތިބީ ފިތިފަ
ޝޮކްތެރަޕީ
13 July 2023
ހަގީގަތަ ވާހަކަ ދައްކަބަލަ. ތިމާމެންގެ އަމިލްލަ އެދުން ފުއްދަން އެމްޑީޕީޔާވެސް ތިގުޅުނީ.
ީއިހްސާސް
13 July 2023
ކޮންވާހަކައެއް ދައްކާކަށް ލިބޭކޮޅަކަށް ތިޔަ ދުވަނީ. އަނެއްކާ މާދަމާވެސް އިއްވާ ހުކުމަކޮން ފަސޭހައިން ސަލާމަތްވާން އޮތީ އިބޫ ކޮޅަށް އަރައިގެންވީމަ ތިއުޅެނީ.