ޖުމްހޫރީ ޕާޓީގެ ގާސިމްއާ އެކު އަމީން އިބްރާހިމް: އޭނާގެ ރަނިން މޭޓަކަށް ހަމަޖެއްސީ އަމީން.
06 އޯގަސްޓް 2023 - 13:57
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިން މޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ހަމަޖައްސައިފި އެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީންއަކީ ގާސިމްގެ ކެމްޕޭންގައި ވެސް އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅާ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސިކަން އިއުލާންކުރަން މިއަދު ދޭއްޖަހާއިރު ޖުމްހޫރީ ޕާޓީގައި ޕްރެސް ކޮންފަރެންސެއް ބާއްވަން ވަނީ ނިންމައިފަ އެވެ.
މި ސަރުކާރު އުފެއްދިއިރު ސިޔާސީ ގޮތުން އިސްކޮށް ޖޭޕީގައި އުޅުއްވި އަމީނަށް އޭރުގެ ސަރުކާރުން ކުރިމަތިވި ކަންކަމާ ގުޅިގެން އަމިއްލައަށް އަރުވާލެއްވިގެން ރާއްޖެއިން ބޭރުގައި ހުންނެވުމަށް މަޖުބޫރުވެވަޑައިގަތެވެ. އެ ދުވަސްވަރު، އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފަހު ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ވަނީ ޕީއެޗްޑީ ހާސިލްކުރައްވައިފަ އެވެ.
އަމީން އިބްރާހިމަކީ ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރެއްވުމުގެ ދާއިރާއިން 2007 ވަނަ އަހަރު އާއްމު ހިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރު ހިންގާ ކޯލިޝަންގައި ދެމިއޮތް ޖުމްހޫރީ ޕާޓީގެ ނިންމުމަކީ ދެ ވަނަ ދައުރަކަށް ކޯލިޝަންގައި ދެމިނުތިބެ އިންތިހާބުގައި ވަކިން ވާދަކުރުމެވެ. އެ ނިންމުމާ އެކު ޖޭޕީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީ ފިޔަވައި ގިނަ ޕާޓީތަކާ އެކު ވަނީ މަޝްވަރާތައް ބާއްވައިފަ އެވެ.
އެއް ކެންޑިޑޭޓަކު ނެރެގެން އެމްޑީޕީ ބަލިކުރަން ވެސް ޖޭޕީން އިސް ނެގި އެވެ. އެކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ އާއި ޑިމޮކްރެޓްސްއާ އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވި އެވެ. އެކަމަކު ވަކި ގޮތެއް ނުނިމި ޕާޓީތައް ރިޔާސީ އިންތިހާބުގައި ވާދަކުރީ ވަކިވަކިންނެވެ.
ޖޭޕީއާ އެކު ކޯލިޝަންގެ ދައުވަތު ޕީޕީއެމަށް ވެސް ދިނެވެ. އެކަމަކު ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން ނިންމީ އެއްވެސް ބައެއްގެ ފަހަތަށް އެ ޕާޓީން ނޭރުމަށެވެ. އެކަމަކު އެ ޕާޓީން ނެރޭ ކެންޑިޑޭޓެއްގެ ފަހަތަށް އަރައި ކޯލިޝަން ހެދުމުގެ ފުރުސަތު އޮތް ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިޔާ
06 August 2023
މަރުހަބާ މަރުހަބާ!! ދިވެހިންގެ މި އެދޭ އެދުންތައް އަޑުއަހާ އަދި ބަދަލު ހޯދައިދެވޭނެ ބޭފުޅުން ކަމުގެ އުންމީދު ވަރަށް ބޮޑަށް އެބައޮތް.. އަޅުގަނޑުގެ ވޯޓު މިފަހަރު ގާސިމް އިބްރާހިމް ދޭން ނިންމައިފިން..
އަޙްމަދުެ
06 August 2023
އޮނަަރަބަލް ގާސިމް އިބްރާހިމަށް މި މެސެޖް ޕާސްކޮއްލަ ދެއްވާ! މި ނިންމުމަކީ އެއްމެ މޮޅޮގޮތެއްނޫން. ވަރަށް އުއްމީދު ތިއްބާ ކިހިނެއް ތި ހެދީ. މި ވާހަކަ ދައްކާ އެއްމެން އެބުނަނީ އަމީން ނޫން މީހެކޭ. ޕޮލީޒް ޗޭންޖް. އަދަވައިސް ނޯ ވޯޓް. ޕްލީޒް
ޚާމިޔާވު
06 August 2023
ވަރަށްފުރިހަމަ ނިންމެވުމެއް. ޢަމީން އަކީ މިވަގުތު ރާއްޖޭގަހުރި އެންމެ ކުލީން އެއް ޕޮލިޓީޝަން. ޤާސިމްގެ ނިންމެވުމަށް ވަރަށް ބޮޑަށް ތައުރީފްކުރަން
ދިވެހި އިނގިރޭސީ
06 August 2023
ޢަމީން އަތްޕުޅުގައި އިނގިރޭސި ޕާސްޕޯޓެއް ޢޮޥޭ! ނައިބުރައީސުގެ ށަރުތު ހަމަވޭބާ ބިދޭސީ ރަައްޔިތުކަން އޮންނަ މީހުންނަށް؟
ޖަލޭބީ
06 August 2023
މިކާ ދެރަކަމެއް. ގާސިމަށް ރާއްޖޭގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވެވޭވެ ގޮތެއް ހޯދަން އެބަޖެހޭ. އަމިއްލަ މުވައްޒަފުންނަށް މުސާރަ ނުދޭ މީހަކު އަހަރުމެންގެ ރައީސް ކަމަށް ކުރިމަތިލާން އުޅުމަކީވެސް ލަދުވެތިކަމެއް.
ޓެގަރިސް
06 August 2023
ޢަމީން އިޒް ނޮޓް އަ ވައިބް!
ހާސަރު
06 August 2023
މަރުހަބާ އަމީން. ޕީޕީއެމުން ތިޔަ ޕާރޓީއަށް ލައްގާފަތިބި ބަޔަކުގެ އަވައިގައި ނުޖެހިއްޖެ ނަމަ ރަގަޅުވާނެ.
ހުސެން ކުރުސީ
06 August 2023
އަމީނަށް ވުރެ ގާސިމަށް ގިނަ ވޯޓް ހޯދައިދެވޭނެ ޗޮއިސް ތަށް އެބަހުރި. ސިޔާސީ ވިސްނުމަކުން ވިސްނާއިރު ޅަ އެއްޗެއް ތި އެޅީ.
ބޮލުގަ
06 August 2023
ކިބުރުވެރި، ބޮޑާ، ފޮނި، މަތިވެރިވެގެން ހުންނަ މާ އަބުއި ބޭފުޅެއް މިއީ
އަސްތާ
06 August 2023
ބަނޑުދިޔައިވެއްޖެ.