ހެނބަދޫ: މި ރަށުގައި އަސާސީ ގިނަ މަޝްރޫއުތަކެއް ވަނީ ހިންގާފައި
13 އޯގަސްޓް 2023 - 07:17
"މި ސަރުކާރު އައިއިރު ތިބީ މި ފަސްގަނޑުން ފައިބައިގެން ދާން ޖެހިދާނެ ކަމުގެ ބިރު ހީވެފައި. ރަށް ފަޅުވެދާނެ ކަމުގެ ބިރު ހީވެފައި. އެކަމަކު އެއީ އަޅުގަނޑުމެން އެދޭ ގޮތެއް ނޫން. މިއަދު އެ މަންޒަރު ބަދަލުވެއްޖެ،" މި ރަށަށް އުފަން އަހުމަދު ޝިޔާމް ބުންޏެވެ.
ނ. އަތޮޅުގައި އޮތް ގާމަތީ ރަށް, ހެނބަދުއަކީ ވަރަށް ބޮޑަށް އެއް ފަރާތްވެފައި އޮތް ރަށެެކެވެ. މާ ބޮޑު ތަރައްގީގެ މަޝްރޫއުތަކެއް ނެތްއިރު ޗަމްޕާ ކުންފުނިން އަޅައިދިން ނަރުދަމާގެ ނޫނީ އަސާސީ ހިދުމަތެއް ނެތެވެ. ބަނދަރެއް، ފެނުގެ ނިޒާމެއް، ރަނގަޅު ގޮތުގައި ކަރަންޓެއް ނުލިބެ އެވެ.
އެކަމަކު، ލަފާފުރުމުގައި އެތައް ދަތިތަކާ އެކު އުޅެމުންދިޔަ ހެނބަދުއަށް މިއަދު އެރީ ރަނގަޅު ފެންވަރަކަށް ހަދާފައިވާ ބަނދަރަކުންނެވެ. ރަށަށް ފެނުގެ ނިޒާމް ގުޅައި، ކޮންމެ ގެއަކަށް ފިލްޓާ ބެހުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ. ދެ ދަންފަޅި އަށް ބަހައިގެން ކިޔަވައިދެމުން ދިޔަ ސްކޫލްގައި މިހާރު ވަނީ ހަތަރު ބުރިއަށް ނަގާފައިވާ އާ އިމާރާތެއް ބިނާކޮށްފަ އެވެ. ގިރާ ސަރަހައްދު ހިމާޔަތްކޮށް އިންޖީނުގެ ވަނީ ރަށުގެ އެއް ފަރާތަށް ބަދަލުކޮށްފަ އެވެ.
ފުޓްސަލް ދަނޑާއި އޭޓީއެމް އާއި އައުޓްޑޯ ޖިމްގެ މަސައްކަތް ދަނީ ކުރިއަށެވެ. ހެނބަދޫގައި ޖުމްލަ 11 މަޝްރޫއެއް ހިންގާފައިވާއިރު މި އަހަރުގެ ބަޖެޓްގައި ރަށަށް ހަ މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އެހެން ސިޔާސީ ކުލައެއް ފެންނަން ނެތް މި ރަށަށް އިއްޔެ އެންމެ މެންދުރު ގަޑީގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވަޑައިގެންނެވިއިރު، އެ ރަށުގެ ކުދި ބޮޑު އެތައް ބަޔަކު ރައީސާ ސަލާމް ކުރަން ބަނދަރު މައްޗަށް ޖަމާވެ ތިއްބެވެ. ރައީސް މި ރަށަށް ވަޑައިގެންނެވި މިއީ ތިން ވަނަ ފަހަރު ކަމަށްވާއިރު، އެހެން ރައީސަކު މިވަރަށް މި ރަށަށް ވަޑައިގެންފައެއް ވެސް ނުވެ އެވެ.
ރައީސް ހެނބަދު އަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ
ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރިޔާސީ ކެމްޕެއިންގައި އެންމެ ފުރަތަަމަ މި ރަށަށް ވަޑައިގެންނެވިއިރު، މިއީ މީހުން އުޅޭ ރަށެއްކަން ސަރުކާރުތަކަށް އެނގޭބާވައޭ ހިތްޕުޅަށް އެރި ކަމަށެވެ.
"އަސާސީ އެއްވެސް ހިދުމަތެއް އޭރު މި ރަށަކު ނެތް، ލަފާފުރުން އެހާ ދަތި ރަށެއް، ނަރުދަމާއެއް ނެތް، ފެނެއް ނެތް، ކަރަންޓެއް ނެތް، މި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ވައުދާ އެކު އަޅުގަނޑުމެން އައީ. އެންމެ އަސާސީ ކަންކަން މި ދައުރު ނިންމާފައި މި އޮތީ،" ރައީސް ވިދާޅުވި އެވެ.
އެކަމަކު އެ ދުވަހު މި ރަށުގެ ބޮޑު ބަޔަކަށް އެ ވާހަކަ ގަބޫލު ނުކުރެވުންކަން ރައީސް ފާހަގަކުރެއްވީ 2018 ގެ އިންތިހާބުގައި އެމަނިކުފާނަށް ހެނބަދޫން 48 ޕަސެންޓް ވޯޓު ލިބުމުންނެވެ. ރައީސް މިހާރު ޖައްސަވާ ހިސާބު ވަރަށް މައްޗަށެވެ.
"ހެނބަދޫ މިއޮތީ ބަދަލުވެފައި. މި ފަހަރު 70 އިން މައްޗަށް ތާއިދު އަޅުގަނޑަށް މި ރަށުން ލިބޭނެ. ޓެސްޓް ކުރެވި ވައުދުވެ ވައުދު ފުއްދާ ސަރުކާރެއް މިއީ. އެއީ އަޅުގަނޑުމެން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވާ ގޮތުގައި، އެންމެ އަސާސީ ހިދުމަތްތައް ލިބުމަކީ ކޮންމެ ދިވެއްސަކަށް ވީތީ ލިބެންޖެހޭނެ ހިދުމަތްތަކެވެ. ވަކި ރަށެއް، ވަކި ސިޔާސީ ފިކުރެއް އެއީ ކަންކަން ކުރުމުގައި ބަލާނެ ކަމެއް ނޫން ކަމަށެވެ. ކުޑަ ރަށެއް ބޮޑު ރަށެއް، އާބާދީ ގިނަ ރަށެއް ބޮޑު ރަށެއް އެއީ އަސާސީ ހިދުމަތް ދިނުމުގައި ބަލާނެ ކަމެއް ވެސް ނޫން ކަމަށެވެ.
ހެނބަދޫ: މި ރަށުގައި އަސާސީ ގިނަ މަޝްރޫއުތަކެއް ވަނީ ހިންގާފައި
- ބިން ހިއްކައި ބޯހިޔާވަހިކަން ހައްލުކުރުން.
- ހުކުރު މިސްކިތެއް ބިނާކުރުން
- މަގުތައް ތާރު އަޅާ ތަރައްގީކުރުން
- ކައުންސިލް އިދާރާ އާއި ކޯޓު ހިމެނޭ އޮފީސް ކޮމްޕްލެކްސް އިމާރާތެއް.
- ސިއްހީ މަރުކަޒު 24 ގަޑިއިރަށް
- ފުޓްބޯޅަ ދަނޑެއް
ކުރިއަށް ހުރި މަޝްރޫއުތަކަށް ބަލާއިރު ވެސް، މި ސަރުކާރަށް ނޫން އެހެން ބަޔަކަށް ހެނބަދޫން ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ކައުންސިލްގެ ރައީސް ހުސެއިން އަބޫބަކުރު ވިދާޅުވި އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރަށަށް އެންމެ ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ވެސް އެހެން ސަރުކާރެއް އައިސްފިނަަމަ، ހުއްޓާލާނެ ކަމުގެ ބިރު އެބަ އޮތެވެ.
އޭނާ އެހެން ވިދާޅުވަނީ މާޒީގައި ކަން ހިނގާފައިވާ ގޮތުންނެވެ.
ކައުންސިލްގެ ރައީސް--
"އެހެންވެ މި ދަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި އެހެން ބޭފުޅަކަށް ވޯޓު ލާންވީ ސަބަބެއް ހެނބަދޫ ރައްޔިތުންނަށް ނެތް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ބަނދަރުމަތީ ރައީސަށް މަރުހަބާ ދަންނަވަން ނުކުމެ ހުރި 56 އަހަރުގެ އިސްމާއިލް އަބްދުﷲ އަށް ވެސް ވެރިކަންތަކެއް ތަޖުރިބާ ކުރެވިއްޖެ އެވެ. އެކަމަކު، އޭނާ ބުނާ ގޮތުން ހެނބަދުއަށް ހެވެއް އެދެނު ވެރިއެއް ރައީސް ނޫނީ ނެތެވެ.
އިސްމާއިލް އަބްދުﷲ: އޭނާ ބުނާ ގޮތުން މިވަރުގެ ސަރުކާރެއް ނުދެކޭ
"އަޅުގަނޑަށް ފަސް ވެރިކަން ފެނިއްޖެ، މިފަދަ ހިދުމަތެއް އަޅުގަނޑުމެންނަށް ދިން ވެރިއަކު ނެތް އިބްރާހިމް މުހައްމަދު ސޯލިހު ނޫނިއްޔާ. އެހެންވެ ތާއިދު ކުރަނީ. އެހެންވެ މި ތަނުގައި މި ހުރީ،" ރީނދޫ ޓީޝާޓެއް ލައިގެން ބަނދަރު މަތީ ރައީސްގެ އިސްތިގުބާލުގައި ހުރެ، އިސްމާއިލް ބުންޏެވެ.
ކުރިން ވާހަކަ ދެއްކި އަހުމަދު ޝިޔާމް ބުނީ ހެނބަދޫއަށް ރައީސަަށް ތަފާތު ބޮޑު ނަތީޖާއެއް ނެރެދޭނެ ކަމަށެވެ. އެކަން ކުރަނީ އޭނާ ބުނި ގޮތުގައި، ދިރިއުޅެން އެންމެ ފަހި ކަމަށް އެމީހުން ގަބޫލުކުރާ ހެނބަދޫ ފަޅުވެ ދިޔަ ނުދިނުމަށްޓަކަ އެވެ. ތަރައްގީގެ ސަފުގައި ހެނބަދޫ ވެސް ހިމަނާފައި ބޭއްވުމަށްޓަކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެޔޮޅުބެ111
15 August 2023
ކަންކަންވާނީ ރަނގަޅު ޕްލޭނެއް އޮވެގެން...!
އިލުމާ
13 August 2023
ދެންހޮވޭ ދައުރެއްގަ ފަޅުރައްރަށުގަވެސް ތާރު އަޅޭނެ މިސަރުކާރުން
ބޮޑުމީހާ
13 August 2023
މަދު ވޯޓެއްގެ ބޭނުމުގައި މުޅި ދިވެހި ގައުމު އިދަޖައްސަނީ. ހެނބަދޫ ރައްޔިތުންނަކީވެސް ދިވެހި ރައްޔިތުން، އެމީހުންނަށް ރަގަޅު ގޮތެެއް ހޯދަދޭންޖެހޭނީ އެއްފަސްކުުރުމުގެ ނިޒާމުގެ ތެރެއިން. ކިތަންމެ ޕްރޮޖެކްޓެއް ހިންގިޔަސް ތިހިރަ ކުދި އާބާދީތަކުން މީހުން ފައިބާ، ތި ހިންގާ ޕްރޮޖެކްޓްތައް ދެކޮޅު ނުޖެހިގެން ދާކަން މިހާރު އެތައް ރަށަކުން އެބަފެނޭ. ފުޓްސަލް ދަނޑު އަޅާފައިވާ ރަށްތަކުން ހަވީރު ކުޅެލެން ދާނެ ބަޔަކު ނުވޭ އާބާދީ މަދުކަމުން!
މުކޭ ޕެޓީކޭސް
13 August 2023
ދޮލަގައް ސިމެންތި އަޅާގެްން ތަރައްގީ ގެންނަް ންހެދީމަ އެހާ ސުލޯެއީ
ސޭކުބެ
13 August 2023
ފަޅުވެދާނޭ ހީވެފައޮތްގޮތަށް ހަމަ ތިރަށް ފަޅުވެގެންދާނެ. ތިރަށުގަ އިތުރަށް މީހުން އުޅެންޏާ ދެން ބަންނަންވީ ކަނދުފަތި. ތީ ކުޑަކުޑަ ރަށެއް. ފަޅެއްވެސް އޮތް ރަށެއްނޫން.
ދޮހޮއްތު
13 August 2023
ކުދިރަށުން ވޯޓުހޯދާ އެއްބުރުން އެންމެ ބޮޑުރައް ބޭނުމެއްނޫން
ނަސޫހު
13 August 2023
ފައިސަލު ނަސީމުއައް ހެދިހެން ދެވަނަ ދައުރެއްގަ ތިރަށުމީހުްނނައް ހަދާނީ
އެދުރުބޭބެ
13 August 2023
ފައިސަލް ނަސީމަށް ލަނޑު ދިނީ ގާސިމް. ފައިސަލް އަކީ ޖޭޕީ މެންބަރެއް. ޖޭޕީ އިން އެމްޑީޕީ އާއި ކޯލިޝަން ހަދަން އެދުމުން އެކަން ނުކުރީ. އެހެނަސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޖޭޕީ އިން އަންނާނެކަމުގެ އިންތިޒާރުގައި އިބޫ އާއި ފައިސަލް މަޑުކޮށްގެން ތިބީ. ނައިމާ ދެން އެމްޑީޕީ މީހަކަށް ރަނިންމޭޓުކަން ދިނީ. ވިސްނާ. އެމްޑީޕީ/އަދާލަތު/އެމްޑީއެން ގެ ކޯލިޝަނެއްގައި ކިހިނެއްތަ ޖޭޕީ މެންބަރަކަށް ރަނިންމޭޓުކަން ދޭނީ. ދެން ފައިސަލް ޕާޓީން ނުކުޑުނީކީއްވެބާ؟
ހުސޫނަ
13 August 2023
ބަލަގަ! ފައިސަލް ގެނައީ ޖޭޕީގެ ހައިސިއްޔަތުން، އެއީ 5 އަހައަރަށް، ފަސްއަހަރު އެހައި ޒިންމާދާރު ނައިބު ރައިސެއް ނެތް، އެއީ ރައީސް ފުރުސަތު ދެއްވުމުން، ޔާމީނު ހެދީ ކިހިނެތް؟ ކިތައް ނައިބު ރައީސް، އަދި އެންމެ ފަހު ނައިބު ރައީސުވެސް ޔާމީނުގެ ފަހަތުގައި ނެތް؟ ތަފާތު ފެނޭބާ؟ މިހާރު ޖޭޕީއެއް ނެތް؟ އެކަކު އަދި ވެސް ފައިސަލް ހުންނާނީ އިބޫއާއެކު އެއީ ފައިސަލްގެ ރަގަޅުކަން، އިބޫގެ ރަނގަޅުކަން
މާހު ބޫ
13 August 2023
ތިރައްތަކުގެ މީހުންނަައް އަޑިނޭގޭ އެއްބަސް ވުންތައް ދަައްކާލަބަލަ އޭރުން އިންގޭނީ... ވީ ވައުދުގެ %90 ނުފުއްދާ ކޮބާ މިރަށުގަ އަޅަން ބުނި ކުލާސްރޫމުތައް
ހެނބަދޫ މީހެއް
13 August 2023
މިހާރު ނިމެނީ.
ހޯދޭނެއޭ
13 August 2023
އެއްގޮތަކަށް ވެސް އާބާދީގައި 5 ހާސް ހަމަނުވާނަމަ ދައުލަތުގެ ބަޖެޓުން ކެޕެކްސް ޚަރަދު ކޮށްގެން ނުވާނެއޭ ބަދަލުގަައި އެ ހުރިހާ ރަށްރަށުގެ މީހުންނަށް މާލެ ސަަރަހައްދުން ގޯތި ދީ އެމެން އެތަން ތަނަށް ބަދަލު ކުރި ނަމަވެސް ދައުލަތަށް ފައިދާ ވާނެއޭ ސަރުކާރުގެ ފައިސާ އަކީ އެއީ އެއްގޮތަކަށް ވެސް ރައީސް އިބޫގެ މައިންބަފައިންގެ ތަރިކަ މުދަލެއް ނޫނޭ ދަރަންޏަށް ޒިންމާ ނުވާ ގޮތަށް ޚަރަދުކުރާނަމަ ޖަލަށް ލާން ޖެހޭނީ އަދި އޭނާގެ ގެދޮރު ވިއްކައިގެން ފައިސާ
މާލެނޫންބގޮތެއް
13 August 2023
މާލެނޫން ގޮތެއް ރާއްޖެތެރޭ މީހުންނަށް ހައްޤު. މާލެ ގެންގޮސްގެން ރާއްޖެތެރޭ މީހުން ގަނަ ތެޅުވުމުގެ ބޭނުމެއްނެތް.
ސަލީމު އިދުރީސް
13 August 2023
ކަލެއައް އެގޭތަ 5000 ހަމަވާ ކިތައް ރައްކަން އޮތީ ތިކަހަލަ މީހުންނައް ނޭގޭނެ އެފަދަ ބޮޑެތި ކަންތައް ކުރަން ވާގޮތެއް!
އުބަދޫރޭ
13 August 2023
ހެބަދޫ ރއްޔިތުންނޭ...ރަށުގެ ބަދަރަކާ ކުޑަ ދެތިން މަޝްރޫއަކަށް ވުރެ ބޮޑަށް ވިސްނުން އިސްކުރަންޖެހޭ...އެއީ ތިޔަބޭފުޅުންގެ ޓެކްސް ބޮޑުކޮށް ގައުމު ދަރުވާ ބޮޑެތި ލޯނުތަށް ނަގައިގެން އެއިން ކުރެވުނު ވަރަށް މަދުކަމެއް..ތިޔަބޭފުޅުންނަށް ހައްގުވަނީ އެވަރެއްނޫން....ރަށްވެސް ދެމިއޮންނާނީ މިގަުމުގެ ދީނާ ގައުމިއްޔަތު ބޭރުގެ ބާރުތަކުން ސަލާމަތް ކުރެވިގެން....