ވިލިނގިލީގައި މިރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން: އެއާޕޯޓެއްގެ ވައުދުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
28 އޯގަސްޓް 2023 - 21:47
ގއ. ވިލިނގިލީ ކައިރީގައި އޮންނަ އެކެފަރު ހިމެނޭ ގޮތަށް ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.
ވިލިނގިއްޔާ ދާދި ގާތުގައި އޮތް ކޫއްޑޫގައި އެއާޕޯޓެއް އޮވެ އެވެ. އެ އެއާޕޯޓާއި ވިލިނގިއްޔާ ބްރިޖަކުން ގުޅާލުމަށް މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ. ނަމަވެސް، މުއިއްޒުގެ ތަސައްވަރު ތަފާތެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ހުވަދު އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގާއިރު އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވެ އެވެ. އެހެންވެ. އެކެފަރު ހިމެނޭ ގޮތަށް ވިލިނގިލީގައި ބައިނަލްއަގްވާމީ އެއާޕޯޓެއް އޭނާގެ ވެރިކަމެއްގައި ހަދައިދޭނެ ކަމަށް ރޭ ވައުދުވެވަޑައިގަތެވެ.
މުއިއްޒު ނިންމަވާފައި ވަނީ ވިލިނގިލި ކައިރީގައި އޮންނަ ކޫއްޑޫ އެއާޕޯޓަކީ ޓްރެއިނިން ތަނަކަށް ހަދާށެވެ.
"ވިލިނގިލީގައި އެއާޕޯޓް އަޅާނަން. އެ އާއެކު ކޫއްޑޫގެ އެއާޕޯޓް ބާކީވެގެން ދަނީއެއް ނޫން. އެ އެއާޕޯޓްގެ ވެސް ބޭނުން ހިފޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގައި މުއިއްޒު ކުރިން އިއުލާން ކުރައްވާފައިވާ ގޮތުގައި ކާޑެއްދޫ އެއާޕޯޓް ވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް އޭނާގެ ވެރިކަމެއްގައި ބަދަލު ކުރައްވާނެ އެވެ.
އެހެންވެ، މުއިއްޒުގެ ވެރިކަމެއްގައި ހުވަދުއަތޮޅުގައި އިންޓަނޭޝަނަލް ދެ އެއާޕޯޓެއް އޮންނާނެ އެވެ.
ގއ. އަތޮޅުގައި ވެރިކަން ކުރާ ރަށް، ވިލިނގިލީގައި އެއާޕޯޓް އަޅާނީ ބިން ހިއްކައިގެން ކަމަށާއި ބިން ހިއްކުމަށް ހިންގާނީ ބޮޑު މަޝްރޫއެއް ކަމަށް މުއިއްޒު އިއުލާން ކުރެއްވި އެވެ. ހިއްކާ ބިމުގައި ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވިލިނގިލީގައި މިރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން: އެއާޕޯޓެއްގެ ވައުދުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
ކޫއްޑޫގެ ކޯލްޑް ސްޓޯރޭޗްގެ ކެޕޭސިޓީ ދެގުނަ ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އަތޮޅުގެ މަސްވެރިން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ އެވެ.
މުއިއްޒު މިއަދު ގއ. އަތޮޅަށް ކުރެއްވި ދަތުރުގައި ދެ ރަށަކުން އެއާޕޯޓް އެޅުމަށް ނުރަސްމީކޮށް އެދިފައިވެ އެވެ. އެއީ، ދާންދު އާއި ނިލަންދޫން އެވެ. އެއީ ވެސް ވިލިނގިލި ކައިރީގައި އޮތް ދެ ރަށެވެ.
މުއިއްޒުގެ ތަސައްވުރަކީ ހުވަދު އަތޮޅު ޓޫރިޒަމްގެ ހަބަކަށް ހެދުމެވެ. އެގޮތުން، 10،000 އެނދު އަތޮޅަށް ގެންނާނެ ކަމަށާއި އެކަން ކުރާނީ ލޯކަލް ޓޫރިޒަމް އާއި އިންޓަގްރޭޓެޑް ޓޫރިޒަމް ވެސް ހިމަނައިގެންނެވެ. އިންޓަގްރޭޓެޑް ޓޫރިޒަމް ހިންގަން ކޮލަމާފުށީ ކައިރީގައި އޮތް ދެ ރަށެއް އޭނާ ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ ރަށާއި ގެމަނަފުށި ކައިރީގައި ވެސް ރިސޯޓް ހަދަން ވައުދުވެވަޑައިގެންނެވި އެވެ.
ދެކުނުގެ ތަރައްގީގެ އަމާޒުގައި ހުވަދު އަތޮޅަށް އެންމެ މަތީ ފެންވަރުގެ ތަރައްގީ އާއި ކުރިއެރުން ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްބެ
08 September 2023
ވިލިނގިލީކައިރީއެއރޕޯޓެއްއޮއްވައިވލިނގިލީގައިއެއަރޕޯޓެއްއަޅާކަށްނުޖެހޭ
ހާމިދު އަބްދުލް ޣަފޫރު
29 August 2023
ވިލިނގިލީ ރައްޔިތުން މިތިބީ ވަރަށް އުފަލުން. މިފަހަރު 4
މުހައްމަދު ޝާން އައްބާސް
29 August 2023
މިފަހަރު ވިލިނގިލީ މުއިއްްޒް އަށް
އިމްރާނު
29 August 2023
ހުވަދު އަތޮޅަށް ބޭނުންތެރި ކަންކަން ކޮއްދޭން ހަމަ އެކަނި ވައުދު މި ވީ މުއިއްޒު. ވޯޓު ދޭނަން
ސަފީގް
29 August 2023
ހުވަދު އަތޮޅު އިންޓެނޭޝަނަލް ކުރުމަކީ ވަރަށް ރަނގަޅު ވިސްނުމެއް. ގައުމު މުއްސަދިވާނެ
ޒާހިލު
29 August 2023
މީ މި ދައްކާ ވާހަކަ. މުއިއްޒު އަށް ވިސްނޭ. ބްރިޖަކަށް ވުރެ މާ ރަނގަޅު ވާނެ ވިލިގިލީ އެއާޕޯޓް
އާރިފާ
29 August 2023
ޔެސް. އޭރުން އަހަރެމެން ގެއިން ހުރި ގޮތަށް އެއާޕޯޓަށް ދެވޭނެ. ވަރަށް ސަޅި
ސަލީމު
29 August 2023
ވިލިގިލީގައި އިންޓެނޭޝަނަލް އެއާޕޯޓެއް އަޅައި ކޫއްޑޫ ޓްރެއިނިން ސެންޓަރެއް އަޅުމަކީ ބުއްދިވެރިގޮތް.
ގފތ
29 August 2023
ގައުމު ދަރާ އޮތް ހެނެއް ހިޔެއް ނުވެ. ދަރައިފިޔޭ ކިޔަނީ ވޯޓް ހޯދުމުގެ ބޭނުމުގާ ކަން ތިޔަވާ ވައުދު ތަކުން ވ ސާފު.
ބްރޯސް
29 August 2023
ކޮންމެ 5 މިނިޓަކުން އިންޓަނޭޝަލް އެއަރޕޯޓް ނެތިގެންބާ ޓޫރިޒަމް ކުރިނާރައިގެން މިއުޅެނީ؟ ބޮޑެތި ކެރިއަރު /އެއަރ ލައިންތައް މީ އައިލެންޑް އޭވިއޭޝަންހެން ނައްޓަ ނައްޓާފައި ޖާއްސާނެ އެއްޗެއްކަމަށްތޯ ތިބަލަނީ؟ އެއަރޕޯޓް ނެތިގެންބާ އައްޑޫ ރިސޯޓްތައް ނުހިނގަނީ. ވޯޓު ހޯދަން ކޮންމެ ރަށެއްގައި ވެސް އެއަރޕޯޓް އެޅިދާނެ. އެކަމަކު ތީކީ އެއަލައިންތަކަށް ފީޒިބަލް ކަމެއް ނޫން. އަޅާފަ ދެން ބަޖެތުން ޚަރަދުކޮށްފަ ތިން މުގޯލި ކުޅެން ބާއްވާ.