ޚަބަރު / ރިޔާސީ އިންތިޚާބު 2023

މުއިއްޒުގެ ރައްދު: އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެ، ދެރައެއް، އަނިޔާއެއް ދީފައި ނޯންނާނެ

މުއިއްޒު ފުވައްމުލަކު ޖަލްސާގައި ވާހަކަދައްކަވަނީ: އޭނާ ވަނީ އިދިކޮޅުން ދައްކަމުންދާ ވާހަކައަށް ނުސީދާ ރައްދެއް ދެއްވާފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެ، އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ދެރައެއް ދީފައި ނޯންނާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ރައްދު ދެއްވައިފި އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލައް އަދި އައްޑު އަށް ފެއްޓެވި ދަތުރުގައި ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ދެ ވަނަ ބުރާ ހަމައަށް އައިރު ވާދަވެރި ޓީމުން ކުރި ކަންކަން ރައްޔިތުން ބަލައިނުގަނެ، ދޭނޭ ރައްދެއް ނެތުމުން ޒާތީ ގޮތުން ދިމާކޮށްލައި އެންޓި-ކެމްޕެއިން ކުރަމުންދާ ކަމަށެވެ.

މުއިއްޒުގެ ބައްޕަގެ މަރަށް ފަހު، ދޮންމަންމަ ނުހައްގުން ޑީޕޯޓް ކޮށްލި ކަމަށް ބުނެ މީޑިއާގައި ދައްކަމުންދާ ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވަމުން އޭނާ ވިދާޅުވީ، ޒާތީ ގޮތުން ޖައްސާލި ނަމަވެސް ހާސްވާން ޖެހޭ ފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި ޖަވާބު ނުދެވޭނެ އެެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ -- ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާއަކީ މިހާތަނަށް ވެސް ގާނޫނާ ހިލާފަށް ކަމެއް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށާއި އެފަދަ ކަމެއް ނުވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް މީހެއްގެ ހައްގަކަށް އަރައި އެއްވެސް މީހަކަށް ދެރައެއް ދީފައި އަނިޔާ ދީފައި ނޯންނާނެ. އެ ކަހަލަ ވާހަކަ ދައްކަވަން އޮތިއްޔާ ބައްލަވަންވީ ރަސްމީ އިދާރާތަކަށް ހުށަހަޅުއްވައިގެން. ރަސްމީ އިދާރާތަކުން ބައްލަވަން ވާނީ އިންސާފުން، ސިޔާސީ ނުފޫޒުން އެއްކިބާވެގެން. އޭރު އެ ހަދާ ހުރިހާ ދޮގުތަކެއް މާ ބޮޑަށް ފަލީހަތް ވެގެން ދާނެއޭ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ޒާތީ ގޮތުން ޖައްސާލައިގެން އެެކި ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް، މި ސަރުކާރުން ގޯހަށް ކޮށްފައިވާ ކަންކަން ބަދަލު ނުވާނެ ކަމަށެވެ.

"ޒާތީ ވާހަކަ ދެއްކިއްޔަސް އިންޑިއާ ސިފައިން ނެތް ކަމަކަށް ނުވާނެ. ޒާތީ ވާހަކަ ދެއްކިއްޔަސް ކަނޑު ވިއްކާނުލާ ކަމަކަށް ނުވާނެ. ޒާތީ ވާހަކަ ދެއްކިއްޔަސް އިގްތިސޯދު އަނދަވަޅަކަށް ވައްޓާލައި ވަކި ގައުމަކަށް އަޅުވެތި ނުކުރާ ކަމަކަށް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/މިހާރު

އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުން އެ ގެންދަނީ ކެމްޕެއިން ނޫން ކަން ފާހަގަކޮށް، މުއިއްޒު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް ފަހު ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވަން ކަމަށާއި ޕީޕީއެމް/ޕީއެންސީން ގެންދަނީ އެކަން ކުރަމުން ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ގައުމަށް އަދުލުވެރިކަން ގެނެސް، އިންސާފުވެރިކަން ގާއިމްކޮށް، ގައުމަށް ހަމަޖެހުން އޭނާ ގެނެސް ދެއްވާނެ އެވެ. ކުރައްވަން މަސައްކަތް ކުރަނީ ވެސް އެކަން ކަމަށް ވިދާޅުވި އެވެ. އަދި، އޭނާގެ ވެރިކަމެއް ވާނީ އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ނޫނީ އެއްވެސް ކަމެއް ނުހިނގާނެ ވެރިކަމަކަށް ކަމަށް ވިދާޅުވި އެވެ.

115 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 16%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހަންއިޒް

28 September 2023

މިކަހަލަ ވާހަކަތަކުން ހީވަނީ މިބޭފުޅުންގެ ޗެނަލަށް ހަބަރު ލިޔެދެނީ މިބޭފުޅާހެން. އެޗެނަލުންވެސް ވާހަކަ ދައްކަނީ ހަޤީގަތް އެނގޭ ވާހަކަތަކުގައިވެސް އޮޅުވާލައިގެން ވާހަކަ ބަދަލުކޮށްގެން. އަދި ބައެއް ފަހަރު ވާހަކަ ދައްކާ ގޮތުންހީވަނީ، ހަޤީގަތް އެނގުނަސް ވީ ޑޯންޓް ކެއަރއޭ، ހިތަށްއެރި ގޮތަކަށޭ ވާހަކަ ދައްކާނީ. ތިމަންނަ ދީނާ، ޤާނޫނާ ގަވާއިދަށްވުރެ މަތީގައި އުޅޭހެން ހީވާކަހަލަ ގޮތަކަށް. ގިނަ ދިވެހިން މީނައަށް ވޯޓް ދީ މުޅި ގައުމު އެއްކޮށް ހަލާކުކޮށްލާތި

The name is already taken The name is available. Register?

ކަރާ

28 September 2023

މަތިވަރު ބޯޓުން ގެނެސްދޭ 2 ކަރައަށް ވޯޓުދިން ޒަމާން ހިނގައްޖެ, މަޖިލސް ގޮނޑި ކޮއްކޮއަށް ހޯދައިދޭން އޭރު ވައިހުރިކޮޅަކަށް

The name is already taken The name is available. Register?

ގާމީ

27 September 2023

ޖާބިރަށް މައާފުކޮށްދިން 760 މިލިއަނަކީ ރައީސްގެ އަމިއްލަ ފައިސާތަ؟ ދިވެހިރައްޔިތުންނަށް ލިބެންއޮންނަ މިކަހަލަ އެތައް ފައިސާއެއް މިއަނިޔާވެރި ވެރިމީހާ އޭނާގެ ކެމްޕޭންގެ ބައެއްގެ ގޮތުގައި އެދަނީ މައާދުކޮށްދެމުންކަމަށް ކަނޑައަޅަމުން. މިފަދަ ޖަރީމާތައް ހިންގާނެތަ ދިވެހި ރައްޔިތުނަށް އިހްލާސްތެރި ވެރިއަކު؟

The name is already taken The name is available. Register?

ހިސާމް

27 September 2023

ޕީޕީއެމްގަ ތިބެނީ އިލްމީގޮތުން މޑޕއަށްވުރެ މާކުރީގަ އުޅޭ މީހުންނަށްވީމަބާ މިތާނގަ ޑރ މުއިއްޒުގެ އަބުރަށް މިހާވަރަށް އަރައިގަނެފަ ހުރިއިރުވެސް މިހާރުެ ރައީސްގެ އަބުރަށް އަރައި ނުގަންނަނީ؟ ތަހުޒީބާ ނާތަހުޒީބާ ދީނަށް ލޯބި ކުރާ މީހުނާ އެނޫން މީހުންގެ ތަފާތު ދޯ؟ ތަގްވާވެރިންނަކީ ސިއްރާ ފާޅުގައިވެސް ﷲ އަށް ބިރުވެތިވެ ތިމާގެ ދުލާ އަތްފައިގެ ނުބއިކަމުން އެހެންމީހުންވެސް ސަލާމަތްކުރާ މީހުން.

The name is already taken The name is available. Register?

ޒަމްޒަމް

27 September 2023

ކޮމެންޓުތައް ކިޔައިލީމަ ހީވޭ، އެކްޓިވިސްޓުންނަށް އެންމެ އުނދަގޫވާ ކަމަކީ ޑރ މުއިއްޒުގެ ނިއްކުރީގައި ކަޅު ތަންކޮޅެއް އިނުމާއި ތުނބުޅި ހުރުންކަން. ބިރުން މިއުޅެނީ ކޮންކަމަކާބާއޭ ހިތަށްއަރާ!

The name is already taken The name is available. Register?

ޥެލީ

27 September 2023

ތުބުޅި ހުރީ ދީނުގައި އަންގަވާ ފަ އޮތް ގޮތައްބާ

The name is already taken The name is available. Register?

ފޮރުވި ފްލެޓު އަދުލު

27 September 2023

މުއިއްޒު އަދުލު ނުކިއްޔާ ރަނގަޅުވާނީ. ޢަދުލުބޮޑުކަމުންގޮސް ފްލެޓުދިން މީހިންވެސް ފޮރުވަިގެން އުޅޫނީ އަދުލު މީހަކަށް ފެނިދާނެތީ. ޙެހެހެ

The name is already taken The name is available. Register?

ޖޖޖޖ

27 September 2023

އެއީވެސް އެކަކު މީހުނގެ ޒާތީ މައުލޫމާތު ހާމަ ނުކުރަން. ވަރަށް އަޑަށް ބާރުލާފަ ބުނި ފްލެޓް ލިސްޓު ނުކުންނާނީ ހުރިހާ މައުލޫމާތާ ލިބުނު ޕޮއިންޓުވެސް އެނގޭ ގޮތަށޭ. އާޚިރުގަ ކަންވީގޮތަކީ މިހާރު ނިމެމުން އެދާ ޓަވަރުން ގާތް މީހުނށް މިހާރު ދްލެޓްދީ އެއްބަސްވުމުގަ ސޮއިވެސް ކުރުވާފަވާތީ އެކަން ފޮރުވަން ލިސްޓު ނުނެރެ ޕޯޓަލް އަޕްޑޭޓް ކޮށްލީ. ފްލެޓް ލިބެނީ ކޮންތާކުންކަމެއް އެމީހަކު އޮތީ ކިތައްވަނައިގަކން އެމީހަކަށްވެސް ނޭނގެ. ތަފާތު ދެނޭ ދޯ؟

The name is already taken The name is available. Register?

ނަބީލާ 23

27 September 2023

މާތް ﷲ ގެ އޯގާވަންތަކަމާއެކު ޑރ މުއިއްޒުއަށް ދިވެހިންގެ ހިތުގައި އޮތީ ލޯބި. ދިވެހިންގެ ތެރެއިން 1 ލައްކައަށްވުރެ ގިނަ މީހުންގަބޫލުކުރީ ޑރ މުއިއްޒަކީ މިގައުމުގެ ވެރިކަމަށް އެންމެ ގާބިލު މީހާކަމަށް. ދެން ޑރ މުއިއްޒުގެ އަބުރަށް އަރައިގަތުން ހުތުރު ދޯ؟ ފެންވަރު ހުރި ކެންޑިޑޭޓެއް މޑޕ އިން ނެރުނު ނަމަ ގައިމު ރީތި ކެމްޕޭނެއް ކޮށް ކާމިޔާބު ކުރުމުގެ ފުރުޞަތުވެސް އޮތީހެއްނު ދެން ކިތަންމެވަރަކަށް ތިހެންބޭކާރު ކަންކަން ކުރުމކުން މުއިއްޒުގެ ސަޕޯޓުކުޑަވާނެތަ؟

The name is already taken The name is available. Register?

ހާލި 9999

27 September 2023

މޑޕ ގަ ތިބި ނަޝީދުގެ ސަޕޯޓަރުން މޑޕ ގެ ދަފްތަރުން އުނި ނުކޮށް ދެ ކެންޑިޑޭޓުން ފެއަރ ފައިޓެއް ކުރިނަމަ ނަޝީދުއަށް ކާމިޔާބުވުންގާތް. ޑިމޮކްރަސީއެއް މޑޕ އަކު ނެތް. ވަރަށް އަނިޔާވެރިކަމާއެކު އަންނިއަށް ބޮނޑިއެއްދިނީ. 2018 ގައި ރައީސްއަށް ފުރުސަތު ލިބުނީ ނަޝީދު ޖަލުގައި ހުރުމުން. އެކަމަކު މިފަހަރު ނަޝީދު ކަޓުވާލީ މަކަރާ ހީލަތުން. ނަޝީދަކީ މުއިއްޒުއާ ފައިޓެއް ދެވޭފަދަ އިލްމުވެސް ހުރި ގާބިލު މީހެއް.

The name is already taken The name is available. Register?

ޏަބްސް

28 September 2023

ކޮރަޕްޓްވާން ކެތްމަފުވެފަ ނަބީލާ މިއިނީ. އޯލްދަ ބެސްޓް. ކާލާތި ދެން ގައުމު އެކަމުން ރިކަވަރ ނުވާނެ ވަރަށް.

The name is already taken The name is available. Register?

ކކކކކ

27 September 2023

އިސްލާމް ދީނުގައި ދޮން ދަރިއަކަށް ދޮންމައެއް ބަލަން ޖެހޭގޮތަށް އޮންނަކަމަށް ވަކާލާތު މިކުރަނީ ހަމައެކަނި މޑޕ ގެ އެކްޓިވިސްޓުން.

The name is already taken The name is available. Register?

ޑފގހޖފދހޖ

27 September 2023

އިސްލާމް ދީނުގައި އިންސާނުންނަށް އެންމެކުޑަމިނުން އޯގާތެރިވުން އޮވޭ. އެވަރުނުވާ މީހަކު ވަލިއްޔުލްއަމުރަކަށް ފައިނެގީމައި މައްސަލައަކީ.

The name is already taken The name is available. Register?

ގހގހގ

27 September 2023

އޯގާތެރިކަމުންތާ ބައްޕަގެ މުދަލުގެ ބޮޑުބައެއް ދޮންމަންމައަށްދިނީ. ދީނުގައި އޮންނަނީ 8 ބައިކުޅަ އެއްބައިދޭން. އެކަމަު ލަންކާއިން 3 ގެއާ ބޭންކުގަ ހުރި ފައިސާއިން ބޮޑުބައެއް ދިނުމުން އޯގާތެރިކަން ސާބިތުވޭ.

The name is already taken The name is available. Register?

ނަހޫ

27 September 2023

އަސްލުވާގޮތަކީ ގްރޭޑް 9 އިން ފާސްނުވެގެން ކަނޑާލާފަ ހުރި މީހަކާ ކިޔަވައިގެން ހުރި ނަތީޖާ ނެރެދީފަ ހުރި މީހަކާ ޖެހުނީމަ ދެން ކުރެވެން އޮންނާނެ ހަމައެކަނި ކަމަކީ މޮޅު މީހާގެ އަބުރަށް ހިރަފުސް އެރުވުމަށް މަސައްކަތް ކުރުން. އެއީ މިހާރު މޑޕ އިން ދިވެހި ގައުމުގ މިއިންދާ ޝައިޠާނީ ގޮތްގަނޑަކީ.

The name is already taken The name is available. Register?

ހަނޫ

27 September 2023

ތިބުނާ މޮޅުމީހާއަކީ ރާއްޖޭގެ ރައްޔިތުންނަށް އާމީހެއްނޫން. އޭނަގެ މޮޅުކަމުން އޭނައަށް ޚާއްސަ ހަރުބަހެއްވެސް އުފެދިއްޖެ.

The name is already taken The name is available. Register?

ގގގގގގ

27 September 2023

ގޮތްކުޑަ މުޑުދާރު އިބިލީހުގެ އަމަލުކުރާ މުނާފިގު ގޮތްގަނޑު ހުންނަ ބަޔަކު ބިރެއް ނުގަންނާނެ ދޮގު ހަބަރު ފަތުރަން. ހުތުރުހާ ބަހެއްވެސް ގޮވާފާނެ. ހިސާބށްވުރެ ޑެސްޕޜޭޓް ވީމަވެސް ވާނީ އެހެން. ޥެެިކަން ގެއްލިއްޖެނަމަ ސިކު ލީޑަރަށް ހެދިގޮތް ހަދާލާފާނެ. އެފަދަ ނުބއިބައެއްގެ އަތްދަށުވެފަ އެހުރީ.

The name is already taken The name is available. Register?

ލކލކލ

27 September 2023

ޑރ މުއިއްޒުއަށް ލިބިވަޑައިގެން ހުންނެވީ އިސްލާމީ އިލްމާ މިޒަމާނުގެ އިލްމު. މިފަދަ މީހެއްގެ އަބުރު ކަތިލަން މި ނުބައި އެކްޓިވިސްޓުން މިހިންގާ ނުބައި ޖަރީމާ ކުއްވެރިކުރަން. މިފަދަ ބަޔަކަށް ﷲ ތައާލާ ކާމިޔާބީ މިންވަރު ކުރައްވާނެކަމަށް ހީކުރަންވާނެތަ؟ ދޮގުފެތުރުމުގައި ޔަހޫދީން ފަހަތަށް ޖައްސާލާފަވަނީ

The name is already taken The name is available. Register?

އަލީމު

27 September 2023

ކޮންމަދަރުސާއަކުން ކަން އޭނަ އިސްލާމީ އިލްމު ކިޔެވީ، ސާފުކޮށްދީފާނަންތަ؟ ފާޑެއްގެ ތުބުޅިއެއް ލީމަހީކުރަނީ އެއީ މާއިސްލާމީ އިލްމު ހުރިމީހެއްކަމައްތަ؟ ވަރަށް ބޮޑުކުށް ހީއެއް!

The name is already taken The name is available. Register?

ފފދދ

27 September 2023

އޭނާ ކިޔެވީ މިސްރުގެ ގާހިރާ ޔުނިވަރސިޓީން. އޭނާގެ ބައްޕައަކީވެސް އެތަނުން ކިޔަވައިގެން ހުންނެވި ބޭފުޅެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454