ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިނު ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ނޮވެމްބަރ 2023 - 21:31
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދެ ޕާޓީން ވާދަކުރަން ނިންމައި ކެންޑިޑޭޓުން ނެރޭނީ އެއް ކޯލިޝަނަކުން ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ޑިސެންބަރު މަހުގެ 20-31 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ދާއިރާތަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ގިނަ ބަޔަކު ވަނީ ފާޅުކޮށްފަ އެވެ. ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކޮށް ބައެއް ކެންޑިޑޭޓުން މިހާރު ވެސް ގެންދަނީ ކެމްޕެއިނު ވެސް ކުރަމުންނެވެ.
ކުރިއަށް އޮތް ހުރިހާ އިންތިހާބެއްގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގުޅިގެން ވާދަކުރަން ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގައި ހެދި އެއްބަސްވުމުގައިވާ ކަމަށް އެމްއެންޕީން ވަނީ ބުނެފަ އެވެ. ނަމަވެސް، އެމްއެންޕީއާ ގުޅިގެން ވާދަކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަން އެ ޕާޓީގެ ލީޑާޝިޕުން ވަނީ ދެކޮޅު ހަދައިފަ އެވެ. މިރޭގެ ބަޔާނުގައި ވެސް އެފަދަ ވާހަކައެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންނާޑި.
02 November 2023
ޕީޕީއެމް ޕީއެންސީ ޕްރަިމަރީގައި ދާއިރާތަކަށް ދާއިރާގެ ރަށްވެހިން ނޫން މީސްމީހުނަށް ކުރިމަތި ނުލެވޭ ގޮތަށް ޕާޓީގެ ޤަވާއިދު ބަދަލެއް ނުކުރަންތަ ؟ ދައިރާ ތަކުގެ ގޮނޑިތައް ޕާޓީއަށް ގެއްލެނީ ދާއިރާ މީހުން ނުވެސް ދަންނަ މީސްމީހުނަށް ވޯޓު ދޭން ޕާޓީ ތަކުން ބުނާތީ.
ބުމަރު
02 November 2023
ޔާމީނަށް ހަމަ ނޭވާލެވިގެން އުޅެވެން ވާއިރަށް މުއިއްޒު ބޭނުންވާ މީހުންނަށް އަވަހަށް ޓިކެޓް ބަހާލަނީއެވެ. ހިޔެއް ނުވާ ޔާމީނު ތިގޮތަށް ދޫދޭނެހެނެއް. ޔާމީނަށް ވަފާތެރިންގެ މެޖޯރެޓީ ނުލިބޭގޮތަކަށް ޓިކެޓްތައް ދުލެއް ނުކުރާނެއެވެ.
ބުމަރާ
02 November 2023
ބުމަރާ! މިހާރު ޔާމީނޭ ކިޔާނޭ މީހަކު ނޫޅޭނެ. ޔާމީނުގެ ބާރު އެދިޔައީ. ޔާމީނުގެ ފޮޓޯ އާއި ހުސް ގޮނޑި ބަހައްޓައިގެން ކުޅުނު ކުޅިވަރު ހުއްޓިއްޖެ. ދެން އެކަމެއް ތަކުރާރެއްނުވާނެ. މައުމޫނުގެ ފޮޓޯއާ އަންނިގެ ފޮޓޯ ބޭނުނުންކޮށްގެންވެސް ބަޔަކު ޑްރާމާތަކެއްކުޅުނު. މިހާރު އެހުރިހާ ޑްރާމާއެއްގައި ''ދަ އެންޑ'' ޖަހާ ނިމިއްޖެ.
ދުވާފަރު ދާއިރާ
02 November 2023
އަސްލު! ތިފަދަ މަޤާމްތަކަށް ރަނގަޅުވަނީ ޤާނޫނީގޮތުން ތަސަރައްފު ފުދިފައި ތިބޭ ބޭފުޅުން. ފާއިތުވެ ތިޔަ މާޒީގައި ކަންހިނގައިދިޔަ އުސްލޫބުން ކަންކަން ތަރުތީބުވާނެ ކަމުގެ ތަސައްވުރެއް އާއްމު މިހާގެ ސިކުނޑީގައި ކުރެހޭ ފަދަ ގޮތަކަށް މިކަން ނިމިގެން ނުވާނެއެވެ. މެންބަރުގެ މެންޑޭޓާއި އެއް ޒިންމާ އުފުލި އެކަމަށް ޖަވާބުދާރީ ކުރުވޭނެ އަދި ވެވޭނެ އިންތިޒާމެއް އޮތުން ރަނގަޅު. އެނޫނީ ޤައުމު ހިންގުމާއި އާރާސްތުކުރުމުގައި އަޅުގަނޑުމެންނަށް މިޖެހެވެނީ ފަހަތަށް!
ސިލްމާ ޒާހިރު
02 November 2023
ޕޮއިންޓް ދީގެން ޕީޕީއެމް އިން ތިކަން ކުރާތާ ކިތައް އަހަރު؟ ޕްރައިމަރީ އަކީ އެއީތޯ؟
އަފްރާސިޔާބު
02 November 2023
ފަސްކުޅަނދު މަދު ބައިގަނޑުގެ ތަހްޒީބުނުވާ ވޯޓުން ހޮވޭބަޔަކު މަޖުލިހުގެ ތިބުމުގެ ބަދަލުގަ ހަމައެކަނި މާލޭއިން ހޮވޭ ބަޔަކުތިބެގެން ކުރުން މޮޅުގޮތަކީ.
ޓިނޭ
01 November 2023
ތަޅާލުންގަޑު ފެށެނީ. ފިސާރި ފޯރި ގަދަވާނެ.