ފަހިދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ތަރައްގީކުރަމުން އަންނަ 4000 ފްލެޓު --
09 ނޮވެމްބަރ 2023 - 14:50
ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތަށް ދިން މުއްދަތު އިތުރުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓު ކޮމިޓީގެ ޗެއާ އަކްރަމް ކަމާލުއްދީން ވިދާޅުވީ، މުއްދަތު އިތުރުކުރަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މާދަމާގެ ނިޔަލަށެވެ.
މިނިސްޓްރީން ނެރުނު ދާއިމީ ލިސްޓުގެ މައްސަލަ ބޮޑުވެ އެ ލިސްޓަށް ވެސް ޝަކުވާ އަށް ހުޅުވާލި އިރު އެއްވެސް މީހަކަށް ޕޮއިންޓް ދިން ގޮތުގެ ތަފްސީލެއް އެ މިނިސްޓްރީ އިން ހާމައެއް ނުކުރެ އެވެ.
އެކަމާ ގުޅިގެން ޝަކުވާ ބޮޑުވެ، ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލް އިއްޔެއިން ފެށިގެން ވަނީ އާންމުކޮށްފަ އެވެ. މައުލޫމާތު އާންމު ކުރުމާއެކު ގިނަ ބަޔަކު ޕޯޓަލް އަށް ވަނުމުން ގެދޮރުވެރިޔާ ޕޯޓަލް ޑައުންވުމުގެ މައްސަލަތަކެއް ވެސް އިއްޔެ ކުރިމަތިވެފައިވެ އެވެ.
މާދަމާ އަށް މުއްދަތު ހަމަވާއިރު ފްލެޓު ލިސްޓުގައި 20،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އެ މީހުންނަށް ވެސް ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލްތައް އަޅާފައި ވަނީ ޕޯޓަލް އަށެވެ. މިނިސްޓްރީން ބުނެފައިވަނީ 24 ގަޑިއިރު ތެރޭގައި ހުރިހާ ޝަކުވާތަކަށް ޖަވާބު ދޭނެ ކަމަށެވެ.
ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، މި ސަރުކާރުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ 4،000 ފްލެޓް ދެނީ ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބބބވބ
11 November 2023
ޝަކުވާގެ މުއްދަތު ހަމަވިއިރު ކިތައްހާސް ޝަކުވާ ލިބުނުތޯ ބަލާދީބަލަ
ގެދޮރުވެރިޔާ
11 November 2023
މުހިއްމު ކަމަކީ ޢާންމުން ކުރި ޝަކުވާތައް ބަލާ ހެދިފަ ނޫނީ ހަދާފަ ހުރި ގޯސްތައް ރަނގަޅު ކުރުން. ނުވުން އެންމެ ގާތްކަމަކީ އެއީ. ލިސްޓަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތޭ ބުނެފަ އެ އޮތްގޮތަށް ލިސްޓު ބާއްވާނީ ކަމަށް ފެންނަނީ.
ގެދޮރު ނެތް މާލޭމީހާ
10 November 2023
ޑޮކްޓަރުން ނަރުހުން ސިވިލް ސާރވަންޓުންނަށް ފްލެޓް ޚާއްޟަ ކުރުމަކީ ބޮޑެތި މައްސަލަތައް. ބޯހިޔާވަހިކަމަށް ޙައްލު ނުލިބިގެން މި އުޅެނީ އެފަދަ ކަންކަމާ ހުރެ. ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ މީހާ އަށް އެކަން ފުއްދައި ނުދޭތީ
ހަގީގަތްގް
11 November 2023
އެއަށް އެންމެ ބޭނުންޖެހިފަވާ މީހާ އަބަދުވެސް ޖެހޭނީ ބޯހިޔާވަހިކަމަށް އާދޭސް ކުރަން. ކުއްޔަށްއުޅޭ އަދި ރާއްޖޭގަ އެއްވެސް ގެދޮރެއްނެތް ރައްޔިތުން ސަރުކާރުގެ ކޮންމެ ސްކީމަކުން ބާކީ ވަނީ ކީއވެކަން އެނގޭތަ؟ ސަބަބަކީ ރެއަލްއެސްޓޭޓް ވިޔަފާރި އެގޮތުގައި ދެމެހެއްޓުން. ވަކިބައެއްގެ ޖީބަށް ގަނަތެޅިގެންވެސް ފައިސާ ވައްދަދޭ މީހުންނަކީ އެމީހުން. ސަރުކާރު ތަކުގެ ސިޔާސަތުތައް ބައްޓަން ވެފައިވަނީ އަހަރެމރންނާ ދެކޮޅަށް ދިވެހި ދެވަނަ ދަރަޖައިގެ ރައްޔިތުން ގޮތުގަ
ހިތްހަލާކު
10 November 2023
ޙިޔާ ފްލެޓް އިނ ސިވިލް ސާރވަންޓް,ޑޮކްޓަރުން, އަދި ސަރުކާރުގެ އެހެން މުވައްސަސާތަކަށް ހާއްސަކޮށް ފްލެޓް ދެވިފައިވޭ. ދެން ކަސްޓމްސް މުވައްޒަފުން ވީމަ މައްސަލަ އަކަށްވަނީ ކީއްވެ.
ުވހޔޔޔޔތތ
10 November 2023
ދެމަފިރިން އެއްތަނެއްގަ އުޅޭއިރު ދެމަފިރިންގެ ޕޮއިންޓް ވަރަށް ތަފާތު . އެކަކަށް 70 އަނެކަކަށް 80 . މިހެން މިވީ ކިހިނެތް؟
ހުސޭނުބޭ
10 November 2023
ބަލަ ދެމަފިރިންނަށް ފްލެޓަށް ލިބެންޖެހޭތަ؟ އެހެން މީހަަކަށް ހައްޤު އެއްޗެއް ނުހައްގުން ފޭރިގަނެގެން އެ ފްލެޓުގައި ބަގުޑި ބައްދައިގެން ދެވޭނީ ސުވަރުގެތަ؟
އަލިމަނިކުބެ
11 November 2023
ހުސޭނާ އޭނަ އެބުނީ ދެމަފިރިންނަށް ލިބެންޖެހެއެކޭނޫން. އެއްތަނެއްގަ އެއްހާލަތެއްގަ އުޅޭ ދެމަފިރިންގެ ހާލަތު އެއްގޮތްވާނެ އަލަތުކައިވެނޖ ވިއްޔާ. އެހެންވީއިރު ދެމީހުންނަށް ދެއަދަދެއް އައުމަކީ ހަމް މަކަރު. ހުސޭނު ތަންކޮޅެއް ރުޅިމަޑުކޮށްގެން ތި ދިޔަހިކިފަހުރި ސިކުނޑިއަށްއެއްޗެއް ވަންނާނީވެސް
ގެދޮރު ނެތް މާލޭމީހާ
10 November 2023
އޮއްޓަރު ހުރި ހަމަ ބަލަން ޖެހޭ ކަހަލަ ޝަކުވާ ކޮށްފަ ހުންނާނެ މީހުން. އެކަމަކު އަޅުގަނޑުގެ ހިތެއް ނުބުނޭ ދާއިމީ ލިސްޓަށް އެއްވެސް ބަދަލެއް ގެންނާނެއެކޭ. އެއީ ސަރުކާރު ބަދަލުވެގެން ދާއިރު އެމީހުންގެ މީހުންނަށް "ހަދިޔާ" ކުރި ތަންތަން އެއީ. ނޫސް ކޮންފަރެންސް ތައް ބާއްވާފަ މޮޅު ވާހަކަ ދެއްކީމަ އެ ނިމުނީތާ. ސޯޝަލް ހައުސިންގ ސްކީމުން ކަސްޓަމްސް މުވައްޒަފުންނަށް 100 ފްލެޓް ޚާއްޞަ ކުރަން ވައުދުވީ މި ދެން ކިހާ ތާކުން ތާކު ނުޖެހޭ ކަމެއް? ވަކި ތަނެއްގަ ވަޒީފާ އަދާކުރާތީ ޚާއްޞަ ވީ.
ދެރަ
10 November 2023
ހެޔޮ ނުވާނެ، ދެން ތިކަން ހުއްޓާލާ، އަންނަ ސަރުކާރާ ހަވާލުކުރަން، ޝަކުވާލިޔަސް ނުލިޔަސް ބަދަލެއް ނުވާނެ،
އަލިބެއްޔާގެ ދަރި
09 November 2023
އަނބިމީހާ/ފިރިމީހާގެ ފްލެޓް/ގޯތި އޮތަސް 4000 ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އޮތުމުން އެނގެނީ މިއީ އުފެދުމުގައިވެސް ބާތިލު އެޕްލިކޭޝަންތަކެއް ކަން
ޓިނު
09 November 2023
މުއްދަތު އިތުރުކުރާކަށްނޫވީ. ފުލެޓް ލިބުނު މީހުންދީފާ ހުރީ ތެދު މައުލޫމާތުތޯ ފުރަތަމަ ބަލަންވީނު.
ޓިނު
09 November 2023
ސަރުކާރުގެ ޒިންމާއެއްދޯ އެ ފޯމުގައި ހުރި މައުލޫމާތަކީ ތެދުކަން ކަށަވަރުކުރުމަކީ އެންމެކުޑަވެގެން 15 އަހަރު މާލޭގައި އުޅުނުކަމަށް ލިޔުންދިން މީހާގާތު އެއީ އެމީހާދިން ލިޔުމެއްތޯވެސް