ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތައް: ކުރިން ފްލެޓް ލިބިފައި ތިބި ދެމަފިރިންނަށް ވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ކަމަށް ސަރުކާރުން ބުނޭ --- ފޮޓޯ/މިހާރު
12 އޮކްޓޯބަރ 2025 - 21:14
މީގެ ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އަނބިމީހާ ނުވަތަ ފިރިމީހާ އަށް ފްލެޓް ލިބިފައިވާ 976 މީހަކު ކުރީގެ ސަރުކާރުން އިއުލާނުކުރި ލިސްޓުގައި ހިމެނޭ ކަމަށެވެ.
އޭގެ ތެރޭގައި 76 މާކްސް ލިބިފައިވާ 645 މީހުން ހިމެނޭ ކަމަށާއި އެ މީހުންނަށް ފްލެޓް ނުލިބޭ ގޮތް ހަދަން މަސައްކަތްކުރި ނަމަވެސް ފިރިމީހާ ނުވަތަ އަނބިމީހާގެ ފްލެޓެއް އޮތުމުން އިތުރު ފްލެޓެއް ނުދެވޭނެ ކަމަށް ބުނާ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނެތް ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"އަޅުގަނޑު އަމިއްލަ ނަފްސަށް ގަބޫލެއް ނުކުރަން އެއް އާއިލާ އަށް ދެ ތަން ދޭން ޖެހޭނެ ކަމަކަށް. އެހެންވެ، އަޅުގަނޑުމެން މަސައްކަތް ކުރީ ގާނޫނީ ގޮތުން ނުދީ ވާނެ ގޮތެއް ވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިއުމަން ރައިޓްސް ކޮމިޝަނާ ވެސް ބައްދަލުކޮށް ވާހަކަ ދެއްކިން. އެ ބޭފުޅުން [އެޗްއާރްސީއެމް] އޭންގަލަކުން މިކަން ހުއްޓުވިދާނެތޯ ނޫންތޯ. ނަމަވެސް އަޅުގަނޑުމެންނާ އެއްކޮށް ކުރި މަސައްކަތުން އެންމެ ފަހުން ނިންމަން ޖެހުނީ ގާނޫނީ ގޮތުން ނުދީ ނިންމާނެ އެއްވެސް ގޮތެއް ނެތް ކަމަށް."
ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން މިހާތަނަށް ހަވާލުކުރި ބައެއް ފްލެޓްތައް މިހާރު ވަނީ ކުއްޔަށް ދޭން އިއުލާނު ވެސް ކޮށްފަ އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންނާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާ ކަމެކެވެ. އަދި އެއީ، ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުމުގައިވެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތައް ބަލަހައްޓާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވެސް އިއްޔެ ވަނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ދޫކުރާ އެފަދަ ފްލެޓްތައް އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދޭނަމަ ފްލެޓުތައް އަތުލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަރީޒް
14 October 2025
އެންމެފަހުން ދޭންފެށި 4000ފްލެޓް ދޭނެ މީހުން ކަނޑައެޅުމުގައި މާލެއަށް ދިރިއުޅުން ބަދަލުކޮށް މާލޭގައި ދިރިއުޅޭތާ 15 އަހަރު އަހަރު ހަމަނުވާ މީހުންނަށް ފްލެޓް ލިބުން ޝަރުޠު ހަމަނުވާ ކަމަށް ބުނެ އުޅުނު. އެކަމަކު އެމުއްދަތަށް މާލޭގައި ނޫޅޭ މީހުންނަށް ފްލެޓްދީފައި ހުރި ކަމަށްވޭ. މިފަދަ ކަންކަން ކަށަވަރު ނުކޮށް ފްލެޓް ދެވޭނަމަ ފްލެޓްގެ ކަންކަން ރަނގަޅަށް ދާނީ ކިހިނަކުންތޯ؟
މައިމޫ
13 October 2025
ސަރުކާރު މައި ހޮސްޕިޓަލުގެ ވެރިޔާއަށް ދީފައި ހުރި ޗައިނާ ފްލެޓް ލިބުނީއްސުރެ ކުއްޔަށް ދީފައި ހުރީ.
ޛިމްޔާތު
13 October 2025
ޢަޅުގަނޑުމެން ކުއްޔަށް އުޅޭމީހުންނަށް ކުރި ބޮޑު މަލާމާތެއް މީ.
އޮނަރަބްލް އަފީފު ދީދީ
13 October 2025
މިކަންތައް މިހާހިސާބަށް ދިޔައީ "މާލޭސަރުކާރު ސިޔާސަތުކަޑައަޅާ ތަންފީޒުކުރާންތިބޭ އެރަށު ބިންވެރިން އެމީހުންގެ ރަށަށް ދައުލަތުގެ ހުރިހާ މުދަލަކާއި ވަސީލަތް ޖަމާކޮށް ވޭތުވެދިޔަ 60 އަހަރު އެމީހުން ކަޑައެޅި އެއްރަށްދައުލަތް ސިޔާސަތުގެ ސަބަބުންކަން" އެންމެނަށް އިގޭ. އަދި ފުލެޓްލިބުނު މާލޭމީހުން އެތަންތަނަށް ދައްކާންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 1.5 ނުދައްކާ ހުރުމުން ޗައިނާގެ ލޯނުވެސް ނުދެއްކޭތީ، އިތުރަށް ލޯނު ނުލިބި ފުލެޓް އެޅޭނެ ގޮތެއް ނެތިގެން.
އޮނަރަބްލް އަފީފު ދީދީ
13 October 2025
މިކަންތައް މިހާހިސާބަށް ދިޔައީ "މާލޭސަރުކާރު ސިޔާސަތުކަޑައަޅާ ތަންފީޒުކުރާންތިބޭ އެރަށު ބިންވެރިން އެމީހުންގެ ރަށަށް ދައުލަތުގެ ހުރިހާ މުދަލަކާއި ވަސީލަތް ޖަމާކޮށް ވޭތުވެދިޔަ 60 އަހަރު އެމީހުން ކަޑައެޅި އެއްރަށްދައުލަތް ސިޔާސަތުގެ ސަބަބުންކަން" އެންމެނަށް އިގޭ. އަދި ފުލެޓްލިބުނު މާލޭމީހުން އެތަންތަނަށް ދައްކާންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 1.5 ނުދައްކާ ހުރުމުން ޗައިނާގެ ލޯނުވެސް ނުދެއްކޭތީ، އިތުރަށް ލޯނު ނުލިބި ފުލެޓް އެޅޭނެ ގޮތެއް ނެތިގެން.
ޢަހަރެން
13 October 2025
ތީގެންވެސް ތިއިނގެނީ ފްލެޓްގެ ހައްގުވެރިންނަކީ ކޮބާތޯ ބަލަންވާވަރަށް ނުބަލާކަން ޝަރުތު ހަމަވާމީހުން އަބަދުވެސް އުޅެންމިޖެހެނީ ބޮޑު ކުލީގަ.
ސޭޑް
13 October 2025
މިދެދުވަހު ހަމަ މިހުންނަނީ ކޮމެންޓް ނުކުރަން ނިންމައިގެން. ޢެކަމު ދުލުގަ ހިފާ ދަމަންޔާ ބުނަން ބޭނުން ނޫން އެއްޗެހި ވެސް ބުނެވޭނެ. ސަރުކާރަކަށް ދެ އަހަރު ވާން ކައިރިމިވަނީ. ޢެކަމު ބަޔަކު މީހުންނަށް 4000 ފުލެޓް އަށް ހަދާނެ ގޮތެއް ނޭންގުން. ކޮންމެ ދުވަހަކު އާ އާޓިކަލް. ކޮންކަމެއް ކަމެއް ނޭންގެ ސާބިތުކޮށްދެން މިއުޅެނީ. މާ އިންސާފުން ކަންތައް ވާނެ ބަޔަކު ކަމަށްތަ. އަދި މިރާއްޖެ އަކު ނާދޭ އިންސާފުން ކަންތައް ކުރާނެ ވެރިކަމެއް.
ސައިމާ
13 October 2025
އެހެންވީމާ ތީގެ މާނައަކީ މާލެ ސަރަހައްދުގައި ބިން ގިނަވެގެން މުޅި ގައުމުގެ ކޮންމެ ބޮލަކަށް އެޕާޓްމަންޓް ދީފަވެސް ބާކީ ވާވަރަށް ފުލެޓް ހަދާނެ ބިން އޮތްކަމަށްތާ! ދެން ކީއްވެބާ ފުލެޓް ކުއްޔަށް ނުދެވޭނެ އޭތިކިޔަނީ ދެމަފިރިންނަށް ފުލެޓް ދިނީނަ ދހެ ފުލެޓްގަ ދެމަފިރިން އުޅެން އެބަ މަޖުބޫރުކުރޭ އަނެއްކޮޅުން ތިކިޔަނީ އާބާދީ މަދޭ ކުދިންހޯދާށޭ ދެކޮޅެއް ނުޖެހޭދޯ ތި ދައްކާ ވާކަހައެއް. މުއްތަލިބު ނޫސް ކޮންފަރެންސް ދޭންވާ އިރަށް ތާކު އިދެގެން ލިޔެން ދައްކަބަލަ
ވަގުންގެރާއްޖެ
13 October 2025
ދެން ނެރޭ ލިސްޓުންވެސް ގޯތި ލިބޭނީ އެމީހުންގެ ދަރިންނަށް. އެހެން ބަޔަކަށް މިތާގަ ބަހާނެ އެއްޗެއް ނެތް
ފަރަންޖީ
13 October 2025
ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު ކިޔަކިޔާ އޮއްވަ ތިއޮއް ދައުރު ނިމެނީ. ވެރިކަމާ، ގާނޫނު ހަދާ މަޖިލީހުގެ ސުޕަ މެޖޯރިޓީއާ ނުވިތާކަށް ޖުޑިޝަރީވެސް ތިއޮތީ ވަކިފަރާތަކަށް ފުރޮޅާލާފަ. ދެން ކޮންހާ ބަހަނާއެއްތޯ ތިދައްކަނީ. ގާނޫން ފާސްކުރަންވީމަ މިރޭ ދަންވަރުވެސް އެކަންކޮށްފަ އޮފީސް ނުހުޅުވަނީސް ރައީށް ސޮއިކުރާހާ ބާރު ދީފަ ތިއޮތީ. ބަހނާ ދައްކަނީ ކަންކަން ރަނގަޅުނުކުރާންވެގެން.