ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

ގިނަ ކަންކަން އުސޫލުން ބޭރުވުމުން، ފްލެޓު ދޫކުރުމުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގައިފި

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ ފްލެޓުތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މި ސަރުކާރުގެ ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ އަންގައިފި އެވެ.

އެ ކޮމިޝަނުން އެ ގޮތަށް އެންގީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި މިހާރު އިމާރަތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު، އެންމެ ފަހުގެ ނުވަތަ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން މިރޭ އާއްމުކޮށްފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި އޭސީސީން ވަނީ އެ ފްލެޓުތައް ދޫކުރުމާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލަން ހައުސިން މިނިސްޓްރީ އަށް އަންގައިފަ އެވެ. އޭގެ ތެރޭގައި ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ވެސް ހިމެނެ އެވެ. އެ ގޮތަށް އެންގީ އޭސީސީން ކަންކަން ބެލުމަށް ފަހު ވަކި ގޮތެއް ކަނޑައަޅަންދެންނެވެ.

އޭސީސީގެ ތަހުގީގަށް ފާހަވެފައި ވަނީ އެނގިފައިވާ ގޮތުގައި، ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންތަކެއް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އެ މީހުންނަށް ޕޮއިންޓް ދިނުމާއި ފޯމުތައް އިވެލުއޭޓް ކުރިއިރު، އުސޫލާ ހިލާފަށް ބައެއް މީހުންނަށް ޕޮއިންޓް ދިނުމެވެ. އޭގެ އިތުރުން ބައެއް މީހުން ހުށަހެޅި މައުލޫމާތުގެ ސައްހަކަން ޔަގީން ކުރެވެން އޮތް ނަމަވެސް އެކަން ނުކުރާކަން އޭސީސީގެ ތަހުގީގަށް ފާހަގަވި ކަމަށް "މިހާރު" އަށް އެނގިފައި ވެ އެވެ.

ފްލެޓު ދޫކުރުމުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އެންގިއިރު، ލިބޭ ފްލެޓު ކަނޑައެޅުމަށް ހައުސިން މިނިސްޓްރީން އަންނަނީ މިރޭ ގުރުއަތު ނަގަން ފަށައިފަ އެވެ. ދައުލަތުގެ މީޑިއާ ކުންފުނިން ހިންގާ ޔެސް ޓީވީން ގުރުއަތު ނަގާ މަންޒަރު ލައިވް ކުރެ އެވެ.

ފްލެޓު ލިބޭ މީހުންގެ ލިސްޓު މީގެ ކުރިން އާއްމުކުރުމުން ވެސް އޭސީސީއަށް ގިނަ މައްސަލަތަކެއް ހުށަހެޅި އެވެ. އެ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފްލެޓުތައް ހަވާލުކުރުމާ ގުޅުން ހުރި، ހުރިހާ މަސައްކަތްތަކެއް، ޕޮއިންޓް ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދީ، އެ ޝަކުވާތަކަށް ބެލުމަށް ފަހު ނޫނީ ކުރިއަށް ނުގެންދަން އަންގައިފަ އެވެ.

ނަމަވެސް ޝަކުވާ ހުށަހަޅަން ދިން ފަސް ދުވަހުގެ ތެރޭގައި 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅި އެވެ. ދާއިމީ ލިސްޓު އާއްމުކޮށްފައި މި ވަނީ ހަތަރު ދުވަަސް ފަހުންނެވެ.

ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.

ގެދޮރުވެރިޔާ ފްލެޓުތަކުގެ ތިން ކޮޓަރީގެ ފްލެޓެއްގެ އަގަކަށް ކަނޑައަޅާފައިވަނީ މެއިންޓެނަންސް 1000ރ. ގެ ފީއާއެކު 8000ރ. އެވެ. އަދި ދެ ކޮޓަރީގެ އަގަކީ މެއިންޓެނަންސް ފީއާއެކު 6000ރ. އެވެ.

112 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 2%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދޮރުވެރިޔާ

16 November 2023

ނިކަމެތި ރައްޔިތުމީހާ ގެ ނަމުގައި ކޮމެންޓް ކޮށްފައިވާ ފަރާތަށް ދަންނަވަން. އެހެންބަޔަކު ނުބައިކޮށް ކަމެއް ކުރިއޭ ކިޔާފަ ނުޖެހޭ ކޮންމެހެން ގޯސްކޮށް ކަންތައް ކުރާކަށް. ގޯސް ކޮށް ބަޔަކު ކަންތައް ކުރާތީ ރަނގަޅުކުރަން ގެނައިބަޔަކު ދޯ މިހާރު ތިބީ

The name is already taken The name is available. Register?

ރައީސް މުއިއްޒު އަށް ކާމިޔާބަށް އެދުން

16 November 2023

ރައީސް ވި ވައުދުގަ ހިފަހައްޓާނެ ކަމަށް އުއްމީދު ކުރަން، ގޯސްކޮށް ގެންގޮއްސަ އޮއް އެެއްޗެއް ފާހަގަ ނުވާނަމަ އެގޯތިތަށް އަދި ފްލެޓްތަށް ލިބުނު މީހުނަށް ދިނުން.

The name is already taken The name is available. Register?

ކުރުކޮށް

16 November 2023

ލަދުނެތް މީހެއް ސޯސޯލިހަކީ

The name is already taken The name is available. Register?

ލޮއްލަ

16 November 2023

މިއަދުގެ އަރަތް. މާލޭ މީހުންނަށް ހިލޭ ބިން ބަހާއިރު ނިދާނެ. ރާއްޖެތެރޭ މީހަކަށް ފްލެޓް ލިބޭއިރަށް ހޭލާނެ.. ދައުރު ނިމޭން 2 ހަފްތާއަށް ވީމަ ނުނިދާނެ.. މީ ސަރުކާރުގެ ކޮން މުވައްސަސާއެއް؟

The name is already taken The name is available. Register?

ބބވވވ

16 November 2023

ބަލަ ތެދު ހަދައިގެން ފްލެޓް ލިބުނު މީހުން ތިވަރަށް ހޭކުޑަ ނުވެބަލަ. މިއުޅެނީ ފުރަތަމަ ފްކެޓަށް އެޕްލައިކުރާ މެއިން ޝަރުތު ނެތް މާލޭގަ 15 އަހަރު ކީއްކުރަށް އެއްގޮތަކަށް މާލެ ނުވެސް އަރާ މީހުންނަށް އިބުރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފްލެޓް ދީގެންނޭ. މައިތިރި ނާރައިގެން މި ތެޅެނީ އެކަހަލަ .. ކަންނޭނގެ

The name is already taken The name is available. Register?

އެގެން ކުރިއަަށް ދަނީ

16 November 2023

ހުއްޓަން ބުންޏަސް ނުހުއްޓާ އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް ދަނީ. ލިޔުންދޭން ބުނި މީހުންނަށް ލިޔުން ދޭން ހަދާންވެސް ނެތް

The name is already taken The name is available. Register?

ބޯހިޔާވަކިން ނުލިބޭ މީހާ

16 November 2023

މގައުމުގައި އިންސާފެއްނެތް، އިންސާފް ހޯދައިދޭށޭ ކިޔާފައި ކޮށްމެ ސަރުކާރަކުންވެސް ވެރިކަމަށް އާދެވުނީމަ ސަރުކާރުގެ ވެރިންގެ އަރިސް މީހުންނަށާއި ތުންފުހެދޭ މީހުންނަށް ތަރިކަ މުދާ ބަހާހެން ބަހާލަނީ. ފަސް އަހަރުން ފަސްއަހަރުން ގުނބޯ ހައްދަނީ. ފަހަރަކަށްވުރެން ފަހަރެއް ލިބޭ ޕޮއިންޓް މަދުވަނީ

The name is already taken The name is available. Register?

ދީމުގުރާތުސް

16 November 2023

އެއްކަލަ އޭސީސީ އެކްޓިވްވީ ދޯ. 5 އަހަރުން އެއްފަހަރު އެކްޓިވޭޓްވާ ބައެއްތަމިއީ؟

The name is already taken The name is available. Register?

ނިކަމެތި ރައްޔިތު މީހާ

16 November 2023

ކޮން ވެރިކަމެއްގައި ކޮން ބޭފުޅަކުތޯ އުސޫލާއި އެއްގޮތަށް އަމަލު ކުރީ.. ހުސްވެސް އެއް ކަހަލަ މީހުން. ނިކަމެތި ރައްޔިތުން ނިކަމެތި ގޮތުގައި.. މަހުޖަނުން ބާރުގަދަ މީހުންގެ ހައްގުތައް ހުސްވެސް ... އެކަމު ދެރައީ ވޯޓް ހޯދަންވީމަ އެއްކަލަ ނިކަމެތި ރައްޔިތު މީހާ ވެސް އެއީ ހުންނަ މީހެއްކަމަށް ފެންނާތީ.. ކެތްތެރި ވުން އޮތީ . މިއީކީ ނުންތާ ތަނަކީ.. މިއީ ވަގުތީ އުފަލެއް ލިބޭ ވަގުތީ ދިރިއުޅުމެއް އުޅޭ ތަނެއް..

The name is already taken The name is available. Register?

ކަރީނާ

16 November 2023

ބްރާވޯ މުއިއްޒު، ފުލެޓު އަތުލުމުން ތިބޭފުޅާ މިބުރު ހެޓްރިކް ހައްދަވާނެ. ގާކޮށި ފުލެޓު، ޗައިނާ ފުލެޓު، ވީ ފޫއްސެއްގެ ސަބަބުން ހިޔާ އަށް އެޕްލައި ވެސް ނުކުރަން. ދެން ތި އުޅެނީ އަނެއްކާ މި ފުލެޓު ގަނޑުވެސް ލިބުނަ ނުދޭނތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454