ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ.-
27 ޑިސެމްބަރ 2023 - 16:54
މާލޭ މީހުންނަށް ގޯތި ދޭ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި ހިއްކަންޖެހޭ 150 ހެކްޓަރުގެ ތެރެއިން 90 ހެކްޓަރު މިހާތަނަށް ހިއްކާފައިވާ ކަމަށް މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
މުއްތަލިބު، "އެކްސްގައި" ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިތަން ހިއްކުމުގެ މަސައްކަތް ވީ އެންމެ އަވަހަށް ނިންމާނެ ކަމަށެވެ.
"މި މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމައި، އަސާސީ އުމްރާނީ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒު،" މުއްތަލިބު ވިދާޅުވި އެވެ.
ގުޅިފަޅު ހިއްކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށީ ސަރުކާރުން އެތަނުގައި ހަދާ ސަރަހައްދީ ބަނދަރު ނުވަތަ ޕޯޓްގެ މަސައްކަތަށެވެ. އޭގެ އިތުރުން، އެ ތަނުން މާލެ މީހުންނަށް ވެސް ގޯތި ދީފައިވެ އެވެ.
Gulhifalhu Reclamation is ongoing non-stop as per the schedule. 90 hectares out of 150 hectares reclaimed. Government is committed to complete the project as soon as possible and start building basic infrastructures. pic.twitter.com/edTfbIkjdK
— Abdulla Muththalib (@muththo) December 27, 2023
އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާއަށް، 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމައިފަ އެވެ.
ގުޅިފަޅާއި ގިރާވަރު ފަޅުގެ މަސައްކަތް ކުރިއަށްދާއިރު މިހާރުގެ ސަރުކާރުން އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ފުށިދިއްގަރުފަޅު ހިއްކައި "ރަސްމާލެ" ގެ ގޮތުގައި ވަކި ސިޓީއެއް ހެދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެތަނުން ގޯއްޗާއި ފްލެޓް ހިމެނޭ 65،000 ހައުސިން ޔުނިޓް ދޭން ނިންމާފައިވެ އެވެ.
ނަމަވެސް މިނިސްޓަރު "މިހާރު" އަށް މީގެ ކުރިން ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައި އެ ތަންތަން ތަރައްގީކުރުމަށް ވެސް މި ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ޔައިޝް
28 December 2023
ކޮބާ ފެނޭ ތަފާތު. ކުރީ ސަރުކާރުހެން މިސަރުކާރު ނުވާނެ.
ތިހާމް މުހައްމަދު
28 December 2023
އުފާވެރި ހަބަރެއް. އަވަސް ވަރަށް./
ޖީމު
28 December 2023
ސަރުކާރު ގެނައުމަށް ފަންޑު ކުރި މީހުނަށް މަޤާމުތައް ދިނީ ހަޤީގަތުގައި ސަރުކާރު ރަނގަޅަށް ހިންގުމުގެ ނިޔަތެއްގައެއްނޫނެވެ. އެހެންކަމުން މަށަށް ބުރަވެވެނީ މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަން ވޭތުވެދިޔަ ހުރިހާ ސަރުކާރަކަށްވުރެ ބޮޑު ވާނެކަމަށެވެ. ފުށިދިއްގަރު ފަޅު ( ރަސްމާލެ) ޕްރޮޖެކްޓަކީ މީގެ ދިރި ހުރި މިސާލެކެވެ.
ސޭކުސްތާން
28 December 2023
ބުނެދީފާނަންތޯ އަކަފޫޓެއް ހިއްކަން ކުރާޙަރަދު؟ ވިއްކީމަ ދައުލަތައް ލިބޭނެ އާމްދަނީ؟ އިންވެސްޓްމެންޓް އަނބުރާލިބޭނެ މުއްދަތު އަންދާޒާ؟ ފައިސާޙަރަދުކުރި ގޮތުގެ ތަފުސީލު.
އުނބުށޭމު
28 December 2023
މާލޭގައި ދިރިއުޅޭނެ ތަނެއް ލިބިފައިވާ މީހުންނަށް ގޯތިދިނީމާ ހުޅުމާލޭންވެސް ގޯއްޗާއި ފްލެޓް ހޯދައިގެން މުޅިގޯތި އެކުގައި އަދި ފްލެޓް އެކުގައި ކުއްޔަށް ދީގެން ފެށުނީއްސުރެ އުޅޭ މީހުން މަދެއް ނޫނެވެ. އެހެންކަމުން ގާނޫނަކުން މުޅި ގޯތި އަދި މުޅި ފްލެޓް އެކުގައި ކުއްޔަށް ދިނުން ކުށެއްކަމަށް ކަނޑައަޅައި އެކަމަށް އަދަބު ކަނޑައަޅައި ކުލި ނުދައްކާ މީހުންނާމެދުވެސް އެޅޭނެ ފިޔަވަޅުތައް ކަނޑައަޅައިގެން ނޫނީ ދައުލަތުން ޚަރަދުކޮށްފައި ގޯއްޗާއި ފްލެޓް ދެމެހެއްޓެ
ބަޑިތަކުރު
28 December 2023
ފަޅުތައް ހިއްކާފައި ގޯތިދީ ހުސްކޮށްލީމާ ކުރިޔަށް އޮތްތާނގައި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ކުރިމަތިވާނެ މައްސަލަތައް މިއަދަށްވުރެވެސް ގިނަވާނެއެވެ. އޭގެ ބަދަލުގައި ރާއްޖެއަކީ ހިކިފަސްތަން ކުޑަ ގައުމަށްވުމާއެކު ހުރިހާ ރަށަކުންވެސް ގޯތި ދިނުން ހުއްޓާލާފައި ފްލެޓް އަޅާފައި ދޭނަމަ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ދިގު މުއްދަތަކަށް ފޯރުކޮށްދެވޭނެއެވެ. ގޯތިދިނީމާ ތިޔަތަންތަން ވާނީ ވަކި ބަޔަކު އާމްދަނީ ހޯދާ ވަޞީލަތަކަށެވެ. ހުރިހާ ޚަރަދެއް ކުރީ ދައުލަތ
އޮނަރަބްލް އަފީފު ދީދީ
28 December 2023
ތިޔަ އަމާޒަށް ވާސިލް ވުމަށް ކުރަމުންދާ މަސައްކަތާއި އެކުއެކީގައި ހަނިމާދުއާއި ގޭން އެއަރޕޯޓްގައި އަޅުވާފައިވާ "މަރުގެ ތަޅަށް ބާރުކޮށް" އައްޑޫފަދަ ތަންތަނުގައި ހުރި ސްކޫލްތަކުގެ ހާލަތު ދަށަށް ވައްޓާލުމާއި އަދި އިކްއިޓޯރިއަލް ހޮސްޕިޓަލާއި ޑރ ސަމަދު މެމޯރިއަލް ހޮސްޕިޓަލް ކުޅުދުއްފުށި ހޮސްޕިޓަލް ފަދަ އާބާދީ ބޮޑެތި ސަރަޙައްދު ތަކުގެ ހޮސްޕިޓަލް ހިދުމަތް ދަށް ކޮށްލުންވެސް ވަރަށް މުހިންމު. ތިކަން ކާމިޔާބުވަނީ މިގޮތަށް މަސައްކަތް ކޮށްގެން އިގޭތޯ!
އައްޑު
28 December 2023
އައްޑުއަތޮޅު މީހާ އައްޑުއަށް ނުދަނީ ކީއްވެ؟ އައްޑުއަތޮޅު މީހާ އައްޑޫގައި އުޅޭނަމަ އައްޑޫ ތަރައްޤީވެދާނެ. އައްޑުއަތޮޅު މީހާ އައްޑޫ ރިޒޯޓަކަށް ނުގޮސް މާލޭ ކައިރި ރިޒޯޓުގައި އުޅޭހައި ދުވަހަކު އައްޑޫ އޮންނާނީ ތިހެން.
ހާލިދު.
28 December 2023
އައްޑޫ މީހާ އެބައުޅޭ އިޤިރޭސިވިލާތުގައިވެސް ސިންގަޕޫރުގައިވެސް . ދެން ތިޔަ ބުނާ ގޮތުން ނަމަ އައްޑޫ ތަރައްޤީ ނުކޮށް ބާއްވަންވީތަ އެމީހުން ގޮސްގެން ތަރައްޤީ ކުރަން. ދިވެހި ދައުލަތުގެ ހަޒާނާ އާއި ދައުލަތް ދަރަނިކޮށް ލޯނު ނަގައިގެން ނޫންތަ ރަންނަމާރި އެރިރަށް ތަރައްޤީކޮށްފަ ތިއޮތީ ؟
ޒަކީ އަމާ
27 December 2023
އެހެންދޯ
މުސާރި
27 December 2023
ވަރަށް ފޮނި ބޮޑާ ކިބުރުވެރިކަމުން ވާނެ ކަމެއް ނޯންނާނެ. ފޮނި ނުކަނޑާ ކޮށްފަ ދައްކަބަލަ. ކަޓުނެގުން ހުއްޓާލާ
3
27 December 2023
އަމާޒަކީ ލާހޫރުންކަމުގާވެގެންނުވާނެ.