ހުޅުމާލެ ސަހަރާގައި ވަޅުކޮނުނުއިރު، ފެންބޮޑުވެފައި.
03 ޖެނުއަރީ 2024 - 11:04
މާލެ އަށް މިދިޔަ ހަފުތާގައި ކުރި ވިއްސާރައާ ގުޅިގެން، ހުޅުމާލެ ސަހަރާގެ ބިމު އަޑިން އަދިވެސް ފެންގަނޑު ނުހިނދޭތީ، އެ ތަނުގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި، މާލޭގެ އާ ސަރަހަރާ އަށް ވަގުތީ ގޮތުން ބަދަލުކޮށްފި އެވެ.
ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވީ މީހުން ވަޅުލުމަށްޓަކައި ތިން ފޫޓަށް ކޮންނަން ޖެހޭ ކަމަށެވެ. ނަމަވެސް، ވިއްސާރަ އަށް ފަހު، އެ ތަނުގައި އެއް ފޫޓަށް ވަޅު ކޮންނައިރަށް ފެން އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ހައްލުވާން އަދި ހަފުތާއެއް ނަގާނެތީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަޅުލަނީ އާ ސަރަހާގައި ކަމަށް ޝަތުފާ ވިދާޅުވި އެވެ. އެކަމަކު، މައްޔިތާގެ މޫނު ދެއްކުން އޮންނާނީ ހުޅުމާލެ ސަހަރާގަ އެވެ.
އާ ސަހަރާގައި މީހުން ވަޅުލުން މިހާތަނަށް ހުއްޓާލާފައި ވަނީ އެ ތަނުގައި އާ އިމާރާތްތަކެއް ހަދަމުން އަންނާތީ އެވެ.
އާ ސަރަހަރާ އަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލައި، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން 4 ގަ އެވެ. ނަމަވެސް، އެއް މަސް ދުވަހަށް ހަވާލުކުރި މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޭޒީ މޯލްޑިވްސް
03 January 2024
ރާއްޖޭގައި އިންވެސްޓްކުރާ ބޭރުމީހުންވެސް ބުނާވާހަކައެއް. ކަމެއް ކުރަން ތާރީޚެއް ދިވެހިންގެ މަސައްކަތްކުރާ ބަޔަކު ދީފިއްޔާ އެބުނާ ދުވަހަކަށް ނުނިމޭނެ، ދެން ބުނާނީ މާދަމާ، ދެން އެމާދަމާ ދެމިގެން ދާނެ އިތުރު އެއް މަހަކަށް. ތަނެއް މަރާމާތު ކުރަން ބުންޏަސް، ސީލިންގ ކުރަން ބުންޏަސް ފިހާރައިގެ ނަންބޯޑެއް ހަަދަން ބުންޏަސް މީހާލަކީ. ހަގީގަތުގައި އަޅުގަޑުމެން ދިވެހިންނަކީ ކަމަށް ކަމޭނުހިތާ ވަރަށް ފަރުވާކުޑަ ބައެއް، ވާ އެއްބަސްވުން އޮނާރ ނުކުރާ ބައެއް.
ހީނާ
03 January 2024
ވަރަށް ބޮޑު ތެދުފުޅެއް
ހޭލާ
03 January 2024
ސުވާލަކީ އާ ސަހަރާގަ ތިވަރުގެ ތަނެއް ހަދާއިރު އެތަނުގައި މީހުން ވަޅުލުމުގެ ޖާގަ ކިހާވަރަކަށް އެބަހުރިތޯ ނުވަތަ އަދި ކިތައް އަހަރު އެތަނުގަ މީހުން ވަޅުލެވޭނެތޯ. މިކަންކަންކަމަށް ބަލާފަނޫނީ އެތަނުގަ މިހާރު ކުރަމުންދާ މަސައްކަތް އެ ސްކޭލްގަ ކުރާކަށް ނުފެނެއެވެ. މިސްކިތް ބޮޑު ކުރެވިދާނެއެވެ. އެންމެ ރަގަޅު ގޮތަކީ މިކަހަލަ އެމަޖެންސީ ހާލަތުގަ ބޭނުން ކުރަން އާސަހަރާ ބޭއްވުމެވެ.
ސަކަރާތް
03 January 2024
މައްޔިތާގެ މޫނު ދެއްކުން އޮންނާނީ ހުޅުމާލެ ސަހަރާގަ އެކަމަކު ވަޅުލުން މާލޭގެ އާސަހަރާގަ، ވަޓް އަ ލޮޖިސްޓިކަލް ނައިޓްމެރ!
އާސަރުކާރު
03 January 2024
މާލޭ އާސަހަރާގަ މީހުން ވަޅުލެވޭދޯ ވަޅުލީމަ