ސިއްހަތަށް ފައިދާ ހުރި ކެއުންތަކަށް ހިތްވަރު ދޭ ޝިފާނާ ވަޖީހުއާ އެކު މި ރޯދަ މަހު "މިހާރު"ން ގެނެސްދޭ "ބަދިގެ" ރެސިޕީތަކުގައި މިއަދު އޮތީ އެންމެންގެ ދިވެހިންނާ ގުޅޭ މަހުގެ ބާވަތަކުން އެއްޗެއް ތައްޔާރު ކޮށްލުމެވެ. ފިޓްނަސް ދާއިރާގައި ގިނަ ބައެއްގެ މަގްބޫލް ޝިފާނާ މިއަދު ކިޔައިދިނީ ކުރުމަސް ބޭނުންކޮށްގެން "ތަވާމަތީ ކުރުމަސް" ތައްޔާރުކުރާނެ ގޮތެވެ.

ކޮންމެ އެޕިސޯޑެއްގައި ސިއްހަތަށް ފައިދާ ހުރި ކާއެއްޗެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ފައިދާ ހުރި ޓިޕްސްތައް ވެސް، 21 އަހަރު ފިޓްނަސް ދާއިރާގައި ހޭދަކުރި ޝިފާނާ ކިޔައިދޭނެ އެވެ.

ކުރުމަހުން ހަށިގަނޑަށް ވަރަށް ފައިދާ ހުރި ވަރަށް ރަނގަޅު ޕްރޮޓީން ހިމެނޭ މަހެކެވެ. މި މަހަކީ ސެޗުރޭޓެޑް ފެޓް އާއި ސޯޑިއަމް ލެވެލް ވެސް ވަރަށް މަދު މަހެކެވެ.އޭގެ އިތުރުން ވަރަށް ގިނަ ވިޓަމިންސް އައި މިނިރަލްސް ވެސް މި މަހުގައި ހިމެނެ އެވެ.

ބޭނުންވާ ތަކެތި:

ކުރުމަސް ބުރިއެއް (ހަން ނަގާ ސާފު ކޮށްފަ)

ލޮނު/ މުގުރި އަސޭމިރުސް (މަސްކޮޅު މެރިނޭޓް ކޮށްލުމަށް)

2 މޭޒުމަތީ ސަމްސާ އޮލިވަ އޮއިލް (ގްރިލް ކޮށްލަން)

1 ބޮނޑި ލޮނުމެދު (ސާފުކޮށް ކުޑަކޮށް ޗަސް ކޮށްލާފަ)

1 ބޮޑު ޓޮމާޓޯ (ބޮޑުކޮށް ކޮށާލާފަ)

1/2 ޖޯޑު ފެހި އޮލިވްސް

1 މޭޒުމަތީ ސަމްސާ އަސޭމިރުސް އޮށް

1/2 ޖޯޑު ޗިކަން ބްރޮތް

1 ލުނބޯގެ ހުތް

ތައްޔާރުކުރާނެ ގޮތް:

ލޮނާއި އަސޭމިރުސްކޮޅު އަޅައި މަސްކޮޅު މެރިނޭޓް ކޮށްލާށެވެ. އެއަށްފަހު ތަވާއަކަށް އޮލިވް އޮއިލްކޮޅު އަޅައި ރޯފިލުވާލާށެވެ.

މަސްކޮޅު ނަގައި އެ ތަވާގައި ހުރި ތެޔޮކޮޅުގެ ތެރެއަށް ލޮނުމެދާއި ޓޮމާޓޯ އަދި އަސޭމިރުހާއި އޮލިވްސް އަޅައި މީރުކޮށްލަށެވެ. ރަނގަޅަށް މީރުވުމުން އެއަށް ޗިކަން ބްރޮތް އަޅައި ލުނބޯ ފެލާށެވެ.

ކުރިން ރައްޔާރުކުރި މަސްކޮޅު އޭގެ ތެރެއަށްލާ މަޑުގިނީގައި ބަހައްޓައިގެން ރަހަތައް މަސްކޮޅުގެ ތެރެއަށް ވަންނަންދެން ބަހައްޓާލާށެވެ. އެއަށްފަހު ސާވްކުރަންވީ އެވެ.