ލަންޑަން (މާޗް 27) – ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އާސެނަލްއާ ދެކޮޅަށް އެ ކްލަބްގެ ދަނޑުގައި ކުޅޭ މެޗަށް ބެޔާން މިޔުނިކްގެ ސަޕޯޓަރުން ވަނަނުން މަނާކޮށްފި އެވެ.
އަންނަ މަހު ނުވަވަނަ ދުވަހުގެ ރޭ ކުޅޭ މެޗުގެ ޓިކެޓް ގަނެގެން ނުވާނެ ކަމަށް ވެސް އާސެނަލުން ވަނީ ބަޔާނަށް އަންގައިފަ އެވެ.
ބެޔާންގެ ސަޕޯޓަރުން ދަނޑަށް ވަނުން، އާސެނަލުން މަނާ ކުރީ ޔޫއެފާގެ ގަވާއިދާ ހިލާފަށް މީގެ ކުރިން ބެޔާނުގެ ސަޕޯޓަރުން އަމަލުކޮށްފައި ވާތީ އޭގެ އަދަބެއްގެ ގޮތުންނެވެ.
ބެޔާނުން ރަށުން ބޭރުގައި ކުޅޭ މެޗު އެ ޓީމުގެ ސަޕޯޓަރުން ނުވައްދާ ކުރިއަށް ގެންދިއުމަށް އަންގަފައި އެވެ.
"ލަންޑަނުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗަށް މިއުނިކް ކްލަބުގެ ސަޕޯޓަރުން ސްޓޭޑިއަމްގެ ދޮރުމައްޗަށް އަޔަސް އަނބުރާ ފޮނުވާލާނެކަން ވަނީ އަންގާފަ. އެހެންކަމުން ނަސޭހަތްތެރިވަނީ މި މެޗުގެ ޓިކެޓް ނުގަތުމަށް،" ބެޔާނުން ނެރުނު ބަޔާނުގައި ވެއެވެ.
ބެޔާނުގެ އެހެން ޑެލިގޭޓުންނަށް ދަނޑަށް ވަނުމަށް ބޭނުންވާ ޓިކެޓް އާސެނަލުން ފޯރުކޮށްދޭނެ އެވެ.