ކުރުނބާ ލިބުން ދަތިވެ، ބާޒާރުގައި ކުރުނބާގެ އަގު މައްޗަށް އަރައިފި އެވެ.
ލޯކަލް މާރުކޭޓުގައި މިއަދު ކުރުނބާގެ އަގު އުޅެނީ 70ރ. އިން މަތީގަ އެވެ. އަދި 1.5 އެމްއެލްގެ ފެންފުޅިތަކުގައި ވިއްކާ ކުރުނބާ ފެންފުޅީގެ އަގު އުޅެނީ 180ރ. އާއި 230ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ކުރުނބާގެ އަގު އެހާ ބޮޑަށް އުފުލިފައިވަނީ، ރަށްރަށުން މާލެ އަށް ގެންނަން ކުރުނބާ ނުލިބޭތީ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.
ރޯދަ މަސް ފެށުނު އިރު ކުރުނބާއެއްގެ އަގު ހުރީ 35ރ. އާއި 50ރ. އާ ދެމެދުގަ އެވެ.
ކުރުނބާގެ އަގު އުފުލުނު ނަމަވެސް، ބާޒާރުގައި އެހެން ގިނަ ބާވަތްތަކެއްގެ އަގު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.