ސީއެސްސީގެ މެމްބަރުކަމުގެ ހުވާ ޝަހީގު ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
20 ފެބުރުއަރީ 2017 - 11:04
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް ބ. ގޮއިދޫ، ސޯސަންގޭ، އިބްރާހިމް ޝަހީގު ރައީސް އަބްދުﷲ ޔާމީން، މިއަދު އައްޔަންކުރައްވައިފި އެވެ.
އެ މަގާމަށް އޭނާ އައްޔަންކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސީއެސްސީން މަގާމެއް ހުސްވީ، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޖަމީލާ އަލީ ހާލިދު، ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް އައްޔަންކުރެއްވުމުންނެވެ.
ސީއެސްސީ އެކުލެވެނީ ފަސް މެމްބަރުންގެ މައްޗަށެވެ. މިހާރު އެ ކޮމިޝަންގައި ތިއްބެވީ ޑރ. އަލީ ޝަމީމާއި ފާތުމަތު ރީނީ އަބްދުއްސައްތާރާއި ޒަކަރިއްޔާ ހަސަން އަދި ޝަހީދު މުހައްމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޓޭ
20 February 2017
ތި ކޮމިޝަން ޓީޗަރުންނާއި ޕުރިންސިޕްލުން އައްޔަން ކުރާތީ ސިވިލް ސަރވިސް ހިނގަމުންގަނީ ސްކޫލްތައް ހިނގާ ސިސްޓަމަށް.
ދަރިވަރެއް
20 February 2017
މަރުޙަބާ ޝަޙީޤު. ޝަޙީގަކީ ތަޢުލީމީ ދާއިރާގައި ވަރަށް ގިނަދުވަސްވަންދެން މަސައްކަތް ކުރެއްވި، ވަރަށް ތަޢުލީމީ، ޤާބިލް ބޭފުޅެއް. އެއްވެސް ޙާލެއްގައި ސިޔާސީ އެކްޓިވިސްޓެއް ނޫން. ދަރުމަވަންތަ ސްކޫލުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު، 2010 ވަނަ އަހަރު އެމެރިކާއިން އެމަނިކުފާނު ވަނީ މާސްޓާރސް ޑިގްރީ ހާސިލް ކުރައްވާފައި. ފަހުން މަސައްކަތް ކުރެއްވީ ބިލަބޮންގް ހައި ގެ ވައިސް ޕްރިންސިޕަލަކަށް. ޝަހީގަކީ ފަސްބައިގައި ކިލަނބުކަމެއް ނެތް، މޮޅު ބޭފުޅެއް. އެތައް ޤާބިލް ދަރިންނެއް މި ގައުމަށް އުފައްދައިދެއްވި މޭސްތިރިއެއް. ކޮމެންޓް ކުރައްވާއިރު އެއީ ކިހާވަރެއްގެ ކޮންބޭފުޅެއްކަން ނޭގެންޏާ ކޮމެންޓް ނުކުރެއްވުން ބުއްދިވެރި.
ޔަކީން
20 February 2017
ކިތަންމެ ވަރަކަށް ސިޔާސީ މަގާމުތަކަށް މީހުން ލިޔަސް އަދި ކިތަންމެ ގިނަ ބޮންދުން ޖަލްސާއަށް ގެންދިޔަސް ދެންނެތް ހޮވޭކަށް. ތަކެތީގެ އަގުބޮޑުކޮށް ކަރަންޓް ބިލް ބޮޑުކޮށް ނުވިތާކަށް ވާނުވާ ޓެކްސްތަކެއް ނަގަމުން މިއަދު ތިހެން އުޅެވިދާނެ.
އަދުރޭ
20 February 2017
އެކްޓިވިސްޓުންނަށް ލިބޭ ހަދިޔާ