ޚަބަރު

ހައި އެޗީވާސް އަދި ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރު ބޭއްވި އޭލެވެލް ހައި އެޗީވާސް އެވޯޑުގެ ތެރެއިން --

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން ރައީސްގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނީ ރައީސްގެ ސްކޮލަޝިޕްގެ ދަށުން ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީ ފުރިހަމަކުރުމުގެ ހަރަދު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.

މި ސްކޮލަޝިޕް ލިބޭނީ 2023 ވަނަ އަހަރު މަތީ ސާނަވީ ހެދި ދަރިވަރުންގެ ތެރެއިން އިސްލާމާއި ދިވެހި މާއްދާ ހިމެނޭހެން މަދުވެގެން ފަސް މާއްދާއިން އޭ ސްޓާ ހޯދާފައިވާ އަދި އޯލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސި މާއްދާއިން ސީ ފާހަށް ވުރެ މަތީ ފާހެއް ހޯދާފައިވާ ދަރިވަރުންނަށެވެ.

ހައި އެޗީވާސް ސްކޮލަޝިޕްގެ ދަށުން ސްކޮލަޝިޕް ދޫކުރެވޭނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓު"ގައި ހިމެނޭ ދާއިރާތަކުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އެ ސްކޮލަޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ދެވޭނީ ރާއްޖެ، ސާކްގެ އެހެނިހެން ގައުމުތައް، މެލޭޝިއާ، ތައިލޭންޑް، ފިލިޕީންސް، ޗައިނާގެ އިތުރުން އޯއީސީޑީގެ ގައުމުތަކުން ކަމަށެވެ.

މި ސްކޮލަޝިޕް ލިބޭ ދަރިވަރުންގެ ކިޔެވެމުގެ ހަރަދު ސަރުކާރުން ހަމަޖައްސައިދޭނެ އެވެ.

މި ދެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ ޖުލައި މަހުގެ ނިޔަލަށެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 11%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 89%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖހސވސ

18 May 2024

ޓޮޕްޓެންއަށް ދާ ހުރިހަަ ދަރިވަނުންނަށް ތިކިޔާ އިސްކޮލާދީބަލަ. ބާކީވެޔޭ އެބަ 99%.

The name is already taken The name is available. Register?

ހާދަ ލަހުންނޭ!

16 May 2024

ދެ ސްކޮލަރޝިޕަށް ކުރިމަތިލެވޭނެ މުއްދަތު ހަމަވާނީ ޖުލައި މަހުގެ ނިޔަލަށެވެ. މާނައަކީ 2024 ވަނަ އަހަރު އަހަރު ވެސް ދެބައިވާ ފަހުންނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454