މިދިޔަ އަހަރު އޮކްޓޫބަރު/ނޮވެމްބަރުގައި ބޭއްވި އޭލެވެލް އިމްތިހާނުގައި ހުޅުމާލެ ސީއެޗްއެސްއީގެ ތިން ދަރިވަރަކަށް ރައީސްގެ ސްކޮލާޝިޕް އަދި އިތުރު 25 ދަރިވަރަކަށް ހައި އެޗީވާސް ސްކޮލާޝިޕް ލިބިއްޖެ އެވެ.

އެ ސްކޫލުން އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 97 ދަރިވަރުން ގައުމީ ގަދަ 10 ގައި ހިމެނިފައިވެ އެވެ.

އަދި 25 ދަރިވަރުންނަށް ހައި އެޗީވާސް ސްކޮލަރޝިޕް ލިބެ އެވެ. އެއީ ދެވަނައިގައި ހިމެނުނު ހަ ދަރިވަރުންނާއި ތިން ވަނައިގައި ހިމެނުނު ހަތަރު ދަރިވަރުންނާއި ހަތަރު ވަނައިގައި ހިމެނުނު ނުވަ ކުދިންނާއި ފަސް ވަނައިގައި ހިމެނުނު ހަތަރު ކުދިންނާއި ހަ ވަނައިގައި ހިމެނުނު ދެ ކުދިންނެވެ.

ދިވެއްސާއި އިސްލާމް މާއްދާ ހިމަނައިގެން ފަސް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ރައީސް ދެއްވާ ސްކޮލާޝިޕް ލިބުނު ތިން ދަރިވަރުން:

  • އައިޝަތު ނަބީހާ އަމީން
  • ލީން އަހުމަދު ތޯރިގް
  • ޔަޝާ ޝަފީ ޝަފީގު

ހަޔާ އެޑިޔުކޭޝަނުން މިދިޔަ ހޯމަ ދުވަހު، ރައީސްގެ ސްކޮލާޝިޕްގައި ކިޔެވޭނީ ވަކި ދާއިރާތަތަކުން ކަމަށް ނިންމާ އުސޫލު ބަދަލު ކުރި އެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އެ އުސޫލު ކުރިން އޮންނަ ގޮތުން ވެސް، ރައީސްގެ ސްކޮލަޝިޕްގައި އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ކިޔެވޭނެ ގޮތަށް މިހާރު ވަނީ ބަދަލު ކޮށްފަ އެވެ.